Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލީ ވަހީދު ހައްޔަރުކުރި މައްސަލަ

އިނގިރޭސިވިލާތުން އަލީ ވަހީދު ހައްޔަރުކުރީ ގާނޫނާ ޚިލާފަށް، ބަދަލުގެގޮތުގައި 20،000 ޕައުންޑް ދެނީ

އިނގިރޭސި ސަރުކާރުގެ ފަރާތުން އޭނާގެ އަރިހުން މައާފަށް އެދިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 29 ނޮވެމްބަރު 2023 | ބުދަ 12:57
ކުރީގެ ޓޫރިޒަމް މިނިސްޓަރު، އަލީ ވަހީދު

ކުރީގެ ޓޫރިޒަމް މިނިސްޓަރު، އަލީ ވަހީދު

ކުރީގެ ޓޫރިޒަމް މިިނިސްޓަރު އަލީ ވަހީދު އިނގިރޭސި ވިލާތުގައި ހުންނަވަނިކޮށް އެ ގައުމުން އޭނާ ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ބަދަލުގެގޮތުގައި 20،000 ޕައުންޑް ދޭން އެ ގައުމުން ނިންމާފައިވާކަމަށް، އަލީ ވަހީދުގެ ވަކީލުން ބުނެފިއެވެ.

ބުދަ ދުވަހު އަލީ ވަހީދު ވަނީ އޭނާގެ ގާނޫނީ ވަކީލުން ނެރުއްވި ބަޔާނެއް އެކްސްގައި ހިއްސާކުރައްވާފައެވެ.

Advertisement - newsAdvertisement

އަލީ ވަހީދު އިނގިރޭސި ވިލާތުގައި ބޭސްފަރުވާ ކުރައްވަމުންދަނިކޮށް 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އެގައުމުގެ ފުލުހުން ކުއްލި ގޮތަކަށް އަލީ ވަހީދު ހައްޔަރުކުރުމާ ގުޅިގެން އެ ބަޔާނުގައި ބުނެފައިވަނީ އަލީ ވަހީދު، ރާއްޖެ އަދި އިނގިރޭސިވިލާތުގެ އިމިގްރޭޝަން ގާނޫނާ ޚިލާފުނުވާކަމުގެ ޔަގީންކަން, ބަންދުކުރި ފުރަތަމަ ހިސާބުން ފެށިގެންވެސް އޭނާގެ ލޯ ފާމަށް އެކަމުގެ ސާބިތު ހެކިތައް ހިއްސާކޮށްފައި ވާކަމަށެވެ. އަދި ދެ ގައުމުގެ ގާނޫނުތައް ތަންދޭ އެންމެ މަތީ ދަރަޖައެއްގައި އޭނާގެ ހުރިހާ ގާނޫނީ ހައްގުތައް ރައްކާތެރިކޮށް އަދި މަސްލަހަތު ހިމާޔަތްކުރުމުގެ މަސައްކަތް އިނގިރޭސި ވިލާތުގެ ވަކީލުންގެ ޓީމަކާ ގުޅިގެން އޭނާގެ ލޯފާމުން މަސައްކަތް ކުރިކަމަށް ބުނެފައިވެއެވެ.

ބަޔާނުގައި ބުނީ، ވަކީލުންގެ ޓީމުން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އަލީ ވަހީދު ބަންދުން މިނިވަންވެވަޑައިގަތް ކަމަށެވެ. އަދި އޭނާ ބަންދުކުރީވެސް އެއްވެސް ހަގީގަތެއް ނެތް ތުހުމަތެއްގެ މައްޗަށް ބިނާކޮށް، އިނގިރޭސިވިލާތުގެ ގާނޫނާވެސް ޚިލާފަށްކަން ހާމަވާކަމަށެވެ. އަދި ގާނޫނާ ޚިލާފަށް އަލީ ވަހީދު އިނގިރޭސިވިލާތުން ހައްޔަރުކުރި މައްސަލާގައި އެގައުމުގެ ސަރުކާރުގެ މައްޗަށް ދައުވާކުރުމުގެ ކުރިން، ގުޅިފައިވާ ވަކީލުންގެ ޓީމުން އެގައުމުގެ ސަރުކާރާއެކު ކުރި މަޝްވަރާތަކާއެކު، އެ ހައްޔަރަކީ ގާނޫނާ ޚިލާފު ހައްޔަރެއްކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން އެއްބަސްވެފައިވާކަމަށެވެ.

ގާނޫނާ ޚިލާފަށް އެގައުމުގެ ފުލުހުން މެދުވެރިކޮށް އަލީ ވަހީދު ހައްޔަރު ކުރުމުގެ އަމަލަށްޓަކައި އިނގިރޭސި ސަރުކާރުގެ ފަރާތުން އޭނާގެ ކިބައިން މައާފަށް އެދިފައިވާކަމަށާއި، އިތުރަށް ގާނޫނާ ޚިލާފު އެ ހައްޔަރުގެ ސަބަބުން ލިބިގެންދިޔަ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 20000.00 ސްޓަރލިންގ ޕައުންޑް ދިނުމަށްވެސް އިނގިރޭސި ސަރުކާރުން ނިންމާފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއް އަލީ ވަހީދުގެ މައްޗަށް ކޮށްފައިވަނިކޮށް، އަލީ ވަހީދު އިނގިރޭސި ވިލާތަށް ވަޑައިގަތީ ބޭސްފަރުވާއަކަށެވެ. އެއީ 10 ފެބްރުއަރީ 2021ގައެވެ.

މި ދައުވާތައް ކޮށްފައިވަނީ، ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރެއްވިކަމުގެ ތުހުމަތުގައެވެ. އަދި އެ ދައުވާތައް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އަނބުރާ ގެންދިއުމާ ގުޅިގެން، 2 އަހަރު ދުވަހު އިނގިރޭސިވިލާތުގައި އުޅުއްވުމަށްފަހު އޭނާ ރާއްޖެ ވަޑައިގަތީ 11 ޖުލައި 2023ވީ އަންގާރަ ދުވަހުއެވެ. އަލީ ވަހީދު ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ.

އަލީ ވަޙީދު

އިތުރަށް ކިޔާލަން

20 ޖުލައި 2024

ޔޫއެފާ ސީ ލައިސަންސް ބަލަކް އަށް

20 ޖުލައި 2024
ޔޫއެފާ ސީ ލައިސަންސް ބަލަކް އަށް
20 ސެޕްޓެމްބަރު 2023

ގާސިމްގެ އިންތިޚާބީ އެޖެންޓް އަލީ ވަހީދު، ޖޭޕީން ވަކިވެ ވަޑައިގެންފި

20 ސެޕްޓެމްބަރު 2023
ގާސިމްގެ އިންތިޚާބީ އެޖެންޓް އަލީ ވަހީދު، ޖޭޕީން ވަކިވެ ވަޑައިގެންފި
11 މެއި 2023

ސްޕޯޓިން ލަންޑަނާއެކު ޢަލީ ވަޙީދު ފައިނަލްގައި، ބައިނަލްއަޤްވާމީ ކުޅިވަރުގެ ދަނޑުގައި ރާއްޖެއަށް ތާރީޚީ ވަގުތު ކޮޅެއް!

11 މެއި 2023
ސްޕޯޓިން ލަންޑަނާއެކު ޢަލީ ވަޙީދު ފައިނަލްގައި، ބައިނަލްއަޤްވާމީ ކުޅިވަރުގެ ދަނޑުގައި ރާއްޖެއަށް ތާރީޚީ ވަގުތު ކޮޅެއް!
19 ފެބުރުއަރީ 2022

އަޑުބަރޭ އެނބުރި ރާއްޖެ އަތުވެއްޖެ

19 ފެބުރުއަރީ 2022
އަޑުބަރޭ އެނބުރި ރާއްޖެ އަތުވެއްޖެ
22 ނޮވެމްބަރު 2021

ރެޑްނޯޓިސް އޮތަސް އަލީވަހީދު ގެނެވޭނެ ގޮތެއް ނެތް – ސީޕީ

22 ނޮވެމްބަރު 2021
ރެޑްނޯޓިސް އޮތަސް އަލީވަހީދު ގެނެވޭނެ ގޮތެއް ނެތް – ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު