Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަލީ ވަހީދުގެ ޝަރީއަތް

އަލީ ވަހީދުގެ މައްސަލައިގެ އަޑުއެހުން ކެންސަލް ކުރީ އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދަން އެދިފައިވާތީ

އަލީ ވަހީދުގެ ފަރާތުން ހުށަހަޅުއްވާފައިވާ އެއްވެސް ލިޔެކިޔުމެއް މިހާތަނަށް ޕީޖީ އޮފީހަށް ލިބިފައެއް ނުވޭ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 10 ޖޫން 2021 | ބުރާސްފަތި 07:48
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންގޮސްދިނުމަށް އެދިފައިވާތީ، ބުރާސްފަތި ދުވަހަށް ތާވަލުކުރި ޝަރީއަތް ކެންސަލްކޮށްފިއެވެ.

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުކުރުމަށްފަހު އަލީ ވަހީދު ބޭސްފަރުވާއަށް ވަޑައިގެންނެވުމަށް ޕާސްޕޯޓު ދޫކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ޖާމިނުވުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހަށް އަޑުއެހުމެއް ތާވަލުކުރިއެވެ.

Advertisement - newsAdvertisement

ޖާމިނުވުމުގެ އެއްބަސްވުމުގައިވާ ހަތަރު މަސްދުވަހުގެ މުއްދަތު ހަމަވުމާއެކު ޝަރީއަތުގެ އަޑުއެހުންތައް އޮންލައިންކޮށް ބާއްވައިދޭން އަލީ ވަހީދު ހުށަހަޅުއްވާފައި ވާކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތުދެއެވެ. އެހެންނަމަވެސް އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށް ގެންދިޔުމާމެދު ކްރިމިނަލް ކޯޓުން ނިންމި ގޮތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު 'ރާއްޖެއެމްވީ' އަށް ވިދާޅުވީ، ބުރާސްފަތި ދުވަހަށް ތާވަލުކުރި އަޑުއެހުން ކެންސަލްކުރީ އޮންލައިންކޮށް ޝަރީއަތް ކުރިޔަށް ގެންދަން އަލީ ވަހީދު ހުށަހަޅުއްވާފައި ވުމުން ކަމަށް ކްރިމިނަލް ކޯޓުން އެ އޮފީހަށް އަންގާފައި ވާކަމަށެވެ. އެހެން ނަމަވެސް އަލީ ވަހީދުގެ ފަރާތުން ހުށަހަޅުއްވާފައިވާ އެއްވެސް ލިޔެކިޔުމެއް މިހާތަނަށް ލިބިފައި ނުވާކަމަށް ޝަފީޢު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ޖިންސީ އަނިޔާކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އާއި ރޭޕްކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދައުވާއެވެ.

އަލީ ވަޙީދުކްރިމިނަލް ކޯޓްޕީޖީ އޮފީސް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު