Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޖޭޕީ

ގާސިމްގެ އިންތިޚާބީ އެޖެންޓް އަލީ ވަހީދު، ޖޭޕީން ވަކިވެ ވަޑައިގެންފި

ގާސިމް އަރިހުގައި މަސައްކަތް ކުރައްވަން ލިބިވަޑައިގަތް ފުރުސަތަކީ އަގުހުރި ތަޖުރިބާއެއް ކަމަށް ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2023 | ބުދަ 16:53
ކުރީގެ ޓޫރިޒަމް މިނިސްޓަރު، އަލީ ވަހީދު

ކުރީގެ ޓޫރިޒަމް މިނިސްޓަރު، އަލީ ވަހީދު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ވަކިވެވަޑައިގެންފިއެވެ.

އަލީ ވަހީދު ޖޭޕީން ވަކިވެވަޑައިގަތީ ބުދަ ދުވަހުގެ ވަގުތެއްގައެވެ.

Advertisement - newsAdvertisement

އަލީ ވަހީދު ވިދާޅުވީ، ދިވެހިރާއްޖޭގެ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އޮނަރަބަލް ގާސިމް އިބްރާހީމް އަރިހުގައި މަސައްކަތް ކުރައްވަން ލިބިވަޑައިގަތް ފުރުސަތަކީ ނުހަނު އަގުހުރި ތަޖުރިބާއެއް ކަމަށެވެ. ޖޭޕީން ވަކިވެވަޑައިގަތް ނަމަވެސް، ދިވެހި ގައުމާއި ރައްޔިތުންގެ ސަފުގައި ދެމި ހުންނަވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ޖޭޕީން ވަކިވެވަޑައިގަތްއިރު، ރިޔާސީ އިންތިޚާބުގެ 2023ގެ ފުރަތަމަ ބުރުގައި ގާސިމަށް ލިބިވަޑައިގަތީ އުންމީދުކުރި ވަރަށްވުރެ މާ މަދު ވޯޓެއް ކަމަށް ޖޭޕީންގެ ބައެއް މެންބަރުން ބުނެފައިވެއެވެ. އިންތިޚާބީ އެޖެންޖެޓެއްގެ ގޮތުގައިވެސް އަލީ ވަހީދު ވަނީ މަސައްކަތް ކުރައްވާފައެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް ކެންޕޭން ހަރަކާތްތައް ހިންގަވާފައިވެއެވެ. އަދި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރެއްގެ ގޮތުގައިވެސް ހަމަޖެއްސެވިއެވެ.

ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއް އަލީ ވަހީދުގެ މައްޗަށް ކުރިއެވެ. މި ދައުވާތައް ކޮށްފައިވަނީ، ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރެއްވިކަމުގެ ތުހުމަތުގައެވެ. އަދި އެ ދައުވާތައް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އަނބުރައި ގެންދިއުމާ ގުޅިގެން، 3 އަހަރު ދުވަހު އިނގިރޭސިވިލާތުގައި އުޅުއްވުމަށްފަހު އޭނާ ރާއްޖެ ވަޑައިގަތީ 11 ޖުލައި 2023 ވީ އަންގާރަ ދުވަހުއެވެ. އަލީ ވަހީދު ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ.

އަލީ ވަހީދު ޖޭޕީން ވަކިވެވަޑައިގަތްއިރު، އެ ޕާޓީގެ ކައުންސިލް ގިނަ މެމްބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރައްވަން ނިންމަވާފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އިތުބާރުހުރި މަސްދަރަކުން ޔަގީންވެފައިވާގޮތުގައި އަލީ ވަހީދުގެ އިތުރުން ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު، ޖޭޕީގެ ކުރީގެ ސެކްރެޓަރީ ޖެރަނަލް އަދި ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު އަދި ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) ވަނީ އަންގާރަ ދުވަހުގެ ރޭ ރައީސް ސާލިހާ ބައްދަލު ކުރައްވާފައެވެ.

ޖުމްހޫރީ ޕާޓީއަލީ ވަޙީދު

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
07 އޮކްޓޯބަރު 2025

ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!

07 އޮކްޓޯބަރު 2025
ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!
20 ޖުލައި 2024

ޔޫއެފާ ސީ ލައިސަންސް ބަލަކް އަށް

20 ޖުލައި 2024
ޔޫއެފާ ސީ ލައިސަންސް ބަލަކް އަށް
10 ޑިސެމްބަރު 2023

ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިޚާބު އާދީއްތަ ދުވަހު، ނާއިބު ރައީސްކަމުގެ މަގާމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފި

10 ޑިސެމްބަރު 2023
ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިޚާބު އާދީއްތަ ދުވަހު، ނާއިބު ރައީސްކަމުގެ މަގާމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފި
29 ނޮވެމްބަރު 2023

އިނގިރޭސިވިލާތުން އަލީ ވަހީދު ހައްޔަރުކުރީ ގާނޫނާ ޚިލާފަށް، ބަދަލުގެގޮތުގައި 20،000 ޕައުންޑް ދެނީ

29 ނޮވެމްބަރު 2023
އިނގިރޭސިވިލާތުން އަލީ ވަހީދު ހައްޔަރުކުރީ ގާނޫނާ ޚިލާފަށް، ބަދަލުގެގޮތުގައި 20،000 ޕައުންޑް ދެނީ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު