Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަޑުބަރޭ ރާއްޖެ އައުން

އަޑުބަރޭ އެނބުރި ރާއްޖެ އަތުވެއްޖެ

އަޑުބަރޭ ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ އަމިއްލައަށް ހަވާލުވެފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2022 | ހޮނިހިރު 16:50
އަޑުބަރޭ ރާއްޖެ އައުން

އަޑުބަރޭ ރާއްޖެ އައުން

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ޖާމިނުވި, ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) އަމިއްލައަށް އެނބުރި ރާއްޖެ އަތުވެއްޖެއެވެ.

އަޑުބަރޭ ރާއްޖެ އައިސްފައިވާކަން ހާމަކުރައްވާފައިވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައެވެ. އަދި އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމް ތަމްފީޒުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ އަމިއްލައަށް ހަވާލުވެފައިވާކަމަށް ސީޕީ ވިދާޅުވިއެވެ. އޭނާ މިހާރު ހުރީ ކަރެކްޝަންސްގެ ބެލުމުގެދަށުގައެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގެ ޗިޓާ ހަވާލުވެ، ކޯޓަށް ހާޒިރުވެފައި ނުވުމާއި، ކޯޓުގެ ހުރުމަތް ކެނޑޭފަދަ އަމަލުތަކެއް އަޑުބަރޭގެ ފަރާތުން ފެނިފައިވާތީ, އޭނާގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2 ފެބްރުއަރީގައެވެ. އޭނާ އެނބުރި ރާއްޖެ ގެނައުމަށް ކަރެކްޝަންސްއިން ވަނީ މީގެ ކުރިން މަސައްކަތްކޮށްފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ވަނީ, އަޑުބަރޭ ޖާމިނުވުމުގެ އިގުރާރާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުމަށް ކޮށްފައިވާ ކަންކަމަށް ރިއާޔަތް ކުރައްވައި، އޭނާ 15 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރައްވާފައެވެ. އަޑުބަރޭގެ ޣައިރު ހާޒިރުގައި އެ ހުކުމް ކުރެއްވިއިރުވެސް އޭނާ ހުރީ ރާއްޖެއިން ބޭރުގައެވެ.

ގާޒީ ހަސަން ސައީދު ކުރެއްވި މިހުކުމުގައިވަނީ އަލީ ވަހީދު އަނބުރާ ރާއްޖެ ގެނައުމަށް އަޑުބަރޭ ކުރި މަސައްކަތެއް ފެންނަން ނެތް ކަމަށެވެ.

އޭގެ ބަދަލުގައި ތަކުރާރުކޮށް އަޑުބަރޭ ބުނަމުން ގެންދިޔައީ އޭނާ ޖާމިނުވީ 4 މަހަށް ކަމަށާއި، އެ މުއްދަތުގައި އޭނާ ހާޒިރު ކުރުމަށް ކޯޓުން އަންގާފައި ނުވާކަމަށްކަން ގާޒީ ފާހަގަކުރެއްވިއެވެ. މިއީ ކޯޓާމެދު ނުބައި ތަސައްވުރެއް އުފެއްދުންކަން ފާހަގަކުރައްވައި ގާޒީ ވަނީ, މި މުޅި މައްސަލާގައި އަޑުބަރޭގެ އިހުމާލު އެބައޮތްކަމަށް ވިދާޅުވެފައެވެ.

އަލީ ވަހީދު އަދިވެސް ހުންނެވީ ފިއްލަވައިގެން ރާއްޖެއިން ބޭރުގައެވެ. އޭނާ ގެނައުމުގެ މަސައްކަތްވެސް އިންޓަރޕޯލް މެދުވެރިކޮށް ފުލުހުން ގެންދަނީ ކުރަމުންނެވެ.

އަސްހަދު އަލީ (އަޑުބަރޭ)އަލީ ވަޙީދުމޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)

ކޮމެންޓް

އިތުރަށް ކިޔާލަން

ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ

ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ

09 އޮކްޓޯބަރު 2024
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ

01 އޮކްޓޯބަރު 2024
ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް

ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް

25 ޖުލައި 2024
ޔޫއެފާ ސީ ލައިސަންސް ބަލަކް އަށް

ޔޫއެފާ ސީ ލައިސަންސް ބަލަކް އަށް

20 ޖުލައި 2024
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

01 އެޕްރީލު 2024

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު