Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނި މެނޭޖްކުރުމުގެ ޤާނޫނު

މާދަމާވެސް މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއް ބާއްވަނީ - ކުނި މެނޭޖްކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމާއި މެދު ގޮތެއް ނިންމާނެ

28 ނޮވެމްބަރު 2023 | އަންގާރަ 08:12

މި ބިލަކީ މެންބަރުން ވަރަށް ބޮޑަށް ދިރާސާކުރައްވާފައިވާ ބިލެއްކަން ވަނީ ފާހަގަކުރައްވާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 28 ނޮވެމްބަރު 2023 | އަންގާރަ 08:12
މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން

މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން

ބުދަ ދުވަހު ވެސް މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއް ބާއްވާ، ކުނި މެނޭޖްކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމާ މެދު ގޮތެއް ނިންމަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އިއުލާންކުރައްވައިފިއެވެ.

އަސްލަމް މިފަދައިން ވިދާޅުވީ އަންގާރަ ދުވަހު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގެ ރިޔާސަތުގައި އިންނަވާ ވާހަކަފުޅު ދައްކަވަމުންނެވެ. 2023 ވަނަ އަހަރުގެ މުޅި މަޖިލީހުގެ 4 ވަނަ ކޮމިޓީ ބައްދަލުވުމުގައި އޮތީ ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ހުށަހަޅުއްވާފައިވާ ކުނި މެނޭޖްކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތެވެ.

Advertisement - newsAdvertisement

މުޅި މަޖިލީހުގެ ކޮމިޓީ އަށް މަޖިލިސް ދިޔައިރު، ކޮމިޓީ ބައްދަލުވުމުގައި ތިއްބެވީ 40 މެންބަރުންނެވެ. މުޅި މަޖިލީހުގެ ކޮމިޓީގެ ކޯރަމް ހަމަވުމަށް ބޭނުންވާ ޤާނޫނީ އަދަދަކީ 29 މެންބަރުންނެވެ.

ކުނި މެނޭޖްކުރުމުގެ ޤާނޫނަށް ގެންނަ އިސްލާހާ މެދު ގޮތެއް ނިންމުމަށް މުޅި މަޖިލީހުގެ ކޮމިޓީ އަށް މި މައްސަލަ ފޮނުވަން ނިންމީ 16 އޮކްޓޯބަރު 2023ގައި ބޭއްވި މަޖިލީހުގެ ބައްދަލުވުމުގައެވެ. މި އިސްލާހު ހުށަހަޅާފައި ވަނީ ކުނި މެނޭޖްކުރުމުގެ ޤާނޫނުގައި ކުނި އެތެރެކުރުމާއި ގުޅޭގޮތުން ބަޔާންކުރާ އުސޫލުތައް ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތް ކުރުމުގެ ގޮތުން، ދިވެހިރާއްޖެ އަށް ކުނި އެތެރެކުރުމަކީ މަނާކަމެއް ކަަމަށް ކަނޑައެޅުމަށް ޤަނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށެވެ. އަދި އެކަމަށް ޓަކައި އިދާރާތަކާއި މުއައްސަސާތަކުން އަދާކުރާ ދައުރު ސާފުކުރުމަށް ވެސް މި އިސްލާހުގައި ހިމަނާފައިވެއެވެ. އެގޮތުން ޖުމްލަ 16 އިސްލާހެއް އެ ޤާނޫނަށް ގެނައުމަށް ވަނީ ހުށަހަޅާފައެވެ.

ކޮމިޓީގައި މި ބިލާއި މެދު ބަހުސް ކުރީ 12:30 އާއި ހަމައަށް ވަގުތު އިތުުރުކޮށްގެންނެވެ. އެގޮތަށް ފާސްކުރީ 32 މެންބަރުންގެ ވޯޓާއި އެކުގައެވެ. ކޮމިޓީގައި ވާހަކަދެއްކެވި މެންބަރުން ވަނީ މި ބިލް ފާސްވުން މުހިންމުކަމަށް ފާހަގަކުރައްވާފައެވެ. އަދި ބައެއް މެންބަރުން ވަނީ މި ބިލް މިހާރު އޮތްގޮތަށް ފާސްކުރަން ފެންނަ ކަމަށް ވަކާލާތުކުރައްވާފައެވެ. ސަބަަބަކީ މި ބިލަކީ މެންބަރުން ވަރަށް ބޮޑަށް ދިރާސާކުރައްވާފައިވާ ބިލަކަށް ވުން ކަމަށް ވެސް ވިދާޅުވިއެވެ. ބައެއް މެންބަރުން ވަނީ މި ސަރުކާރުގެ ފިނޭންސް މިނިސްޓަރާއި އެންވަޔަރަމަންޓް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ކޮމިޓީގައި ވަކި ގޮތަކަށް ނިންމާފައެއް ނުވެއެވެ.

ބުދަ ދުވަހު ވެސް މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއް އޮންނާނެއެވެ. އެގޮތުން މަޖިލީހުގެ ރައީސް އަސްލަމް ވަނީ މުޅި މަޖިލީހުގެ ކޮމިޓީން ބިލުގެ މަސައްކަތް ކުުރުމަށް ސަބް ކޮމިޓީ އެއް އެކުލަވާލެވިދާނެކަން ފާހަގަކުރައްވާފައެވެ.

މަޖިލިސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް
05 ނޮވެމްބަރު 2025

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް
28 އޮކްޓޯބަރު 2025

އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

28 އޮކްޓޯބަރު 2025
އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި
27 އޮކްޓޯބަރު 2025

2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

27 އޮކްޓޯބަރު 2025
2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު
22 އޮކްޓޯބަރު 2025

ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް

22 އޮކްޓޯބަރު 2025
ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް
22 އޮކްޓޯބަރު 2025

ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!

22 އޮކްޓޯބަރު 2025
ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!
21 އޮކްޓޯބަރު 2025

ރާއްޖޭގައި ލޭ ހޯދުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރަން ޕީއެންސީ މެންބަރުން ދެކޮޅު!

21 އޮކްޓޯބަރު 2025
ރާއްޖޭގައި ލޭ ހޯދުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރަން ޕީއެންސީ މެންބަރުން ދެކޮޅު!
13 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

13 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން
07 އޮކްޓޯބަރު 2025

ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓާގުޅިގެން ސުވާލުކުރިތާ 2 މަސްފަހުން އިހުސާންގެ ޖަވާބު އިއްވުން ބުދަ ދުވަހު

07 އޮކްޓޯބަރު 2025
ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓާގުޅިގެން ސުވާލުކުރިތާ 2 މަސްފަހުން އިހުސާންގެ ޖަވާބު އިއްވުން ބުދަ ދުވަހު
06 އޮކްޓޯބަރު 2025

ދިވެހިރާއްޖޭގައި އިންސާފު ނުލިބި، ޕަބްލިކް އޯޑަރ ގާއިމް ނުވާނެ: މެންބަރު މީކާއީލް

06 އޮކްޓޯބަރު 2025
ދިވެހިރާއްޖޭގައި އިންސާފު ނުލިބި، ޕަބްލިކް އޯޑަރ ގާއިމް ނުވާނެ: މެންބަރު މީކާއީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް