Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލާމަރުކަޒީ ނިޒާމް

އަތޮޅު ކައުންސިލްތައް އުވާލައި، އަތޮޅުވެރިންގެ ޒަމާން އަންނަނީ - ބިގޭ

ކައުންސިލްތައް އުވާލުމުގެ ބާރު އެލްޖީއެއަށް ނެންގެވުމާއި، ވަކިވަކި ކައުންސިލަރުން މަގާމުން ދުރުކުރުމާއި، ކައުންސިލްތަކުގެ ބާރު ސަރުކާރަށް ނެގުމާއި، ކައުންސިލްތަކުން ދެމުންދާ ހިދުމަތްތައް ނިގުޅައިގަންނަ ވާހަކަ އިވެމުންދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 އޯގަސްޓު 2025 | ހުކުރު 05:14
އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެމްޑީޕީ ހަރުގެ ޖަލްސާފައި ވާހަކަައްކަވަނީ

އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެމްޑީޕީ ހަރުގެ ޖަލްސާފައި ވާހަކަައްކަވަނީ

އަތޮޅު ކައުންސިލްތައް އުވާލާ މީގެ 30 އެތައް އަހަރު ކުރިން އޮތް އަތޮޅުވެރިންގެ ޒަމާން ގެންނަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، ލޯކަލް ކައުންސިލް އިންތިހާބުގައި މިކަމަށް ނޫނެކޭ ބުނުމަށް އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާފައި ވާހަކަ ދައްކަވަމުން ބިގޭ ވިދާޅުވީ ކައުންސިލް އިންތިހާބު ބޯމަތިވަމުން އަންނަ ކަމަށެވެ. ދޮގާއި މަކަރާއި އޮޅުވާލުމުގެ ތެރެއިން މިހާތަނަށް ވެރިކަން ކުރައްވާފައި ހުރި ބޭފުޅަކު ދެންވެސް ހައްދަވާނީ ދޮގާއި މަކަރާއި އޮޅުވާލުން ކަމަށެވެ. ބިގޭ ވިދާޅުވީ ތިންވަނަ ފަހަރަށް ކަށި ޖަހަން ޖާގަ ނުދިނުމަށްވެސް ގޮވާލައްވާފައެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ މި ސަރުކާރަށް ނޫނެކޭ ބުނަން ރައްޔިތުންނަށް ލިބޭ ފުރަތަމަ ފުރުސަތަކީ ލޯކަލް ކައުންސިލް އިންތިހާބު ކަމަށެވެ. އެ އިންތިހާބުގައި މި ސަރުކާރުން ނެރޭ ކެންޑިޑޭޓުންނަށް ބޮޑުތަނުން ނޫނެކޭ ބުނުން އެއީ ރައްޔިތުންގެ ފަރުދީ ޒިންމާއެއް ކަމަށް ދެކިގެން ގަބޫލުކުރައްވަން ޖެހޭ ކަމަށެވެ ބިގޭ ވިދާޅުވީ މިއީ ދަރިންގެ ދަރީންގެ މުސްތަގުބަލަށްޓަކައި އަދާކުރަންޖެހޭ ފަރުދީ ޒިންމާއެއް ކަމަށެވެ.

ރާއްޖެ ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެއް. އަޅުގަނޑު ތަކުރާރުކޮށް ދަންނަވާލަން ބޭނުން. މިފަދަ ހުދުމުހުތާރު އަނިޔާވެރި ރައްޔިތުންގެ އަތާއި އަނގައާއި ދިމާނުވާގޮތަށް ހުރިހާކަމެއް ތަރުތީބުކޮށްފައި މިއޮތް ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނޭ.
އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ބިގޭ ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހުގެ އިތުރުން ވެސް ބޮޑެތި ބަދަލުތަކެއް ގާނޫނަށް ގެންަނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކައުންސިލްތައް އުވާލުމުގެ ބާރު އެލްޖީއޭއަށް ނެންގެވުމާއި ވަކިވަކި ކައުންސިލަރުން މަގާމުން ދުރުކުރުމުގެ ވާހަކައާއި ކައުންސިކްތަކުގައި އޮތް ބާރު ސަރުކާރުގެ ބާރުގެ ދަށަށް އެތަކެއް ކަމެއް ނެގުމުގެ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

މިހާރު އޮތް ކައުންސިލްގެ ކުޑަމިންވަރުގެ ތެރެއިން ޕްރީ ސްކޫލުގެ ހިދުމަތާއި ސިއްހީ ކަންކަމާއި ކައުންސިލް ފެންވަރުގައި ދެމުންދާ ހިދުމަތްތައް ނިގުޅައިގަންނަމުންދާ ވާހަކަ މި އަޑު އިވެނީ. އަތޮޅުވެރިންގެ ޒަމާން އަންނަނީ. އަތޮޅު ކައުންސިލްތައް އުވިގެންދަނީ. ރައްޔިތުން ވިސްނާ ފިކުރުކުރަންއެޖެހޭ. ރައްޔިތުން ވިސްނަވާ ބައްލަވާ ކޮންފަދަ ބިކަހާލެއްގައިތޯ މިދިޔަ 30 އެތައް އަހަރެއް ފަހަތަށް ވިސްނާލާއިރު ރަށްރަށުގެ ކަންކަމާއި ދޭތެރޭގައި ތަރައްގީއާއި ދޭތެރޭގައި އުފުލަންޖެހިފައި އޮތް ތަކުލީފަކީ. ފާހާނާއެއްގެ ފްލަޝްޓޭންކް ހަލާކުވީމާ އެ އަތްގަނޑު ހޯދަން މާލޭގައި ތިބި އެކަމާއި ގުޅުންހުރި ފަރާތްތަކުގައި ސަލާންޖަހަންޖެހިފައި އޮތީ. އެކަމަކު މިއަދު ރަށްރަށުގައި ތިބެގެން އެކަން ކުރެވެން އޮއްވާ މިދަނީ އެއްކަލާ ނިޒާމުގެ ތެރެއަށް. ލަދެއް ހަޔާތެއްވެސް ނެތް.
އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ރާއްޖޭގެ އެކި ކަންކޮޅު ތަކުން 100 ށް ވުރެ ގިނަ ކައުންސިލުން ދެކޮޅު ހަދަމުން ދަނިކޮށް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބުރާސްފަތި ދުވަހު ވަނީ ތަސްދީޤު ކުރައްވާފައެވެ.

މި ބިލުގައި ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތުގައި ވަކި ޝަރުޠުތަކެއް ފުރިހަމަވާންޖެހޭނެ ކަމުގައި ބަޔާންކޮށް، ޤާނޫނާ ތަޢާރުޟުވާނަމަ، މި އިސްލާޙަށް ޢަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، އެފަދަ ވިޔަފާރީގެ ޙަރަކާތްތައް ހުއްޓާލަންވާނެ ކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.

ހަމަމިއާއެކު، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ ޢިމާރާތްތަކުން، ކައުންސިލްތަކަށް ކުއްޔެއް ނުނެގޭނެ ކަމަށް ބަޔާންކޮށް މާއްދާއެއް އިތުރުކޮށްފައިވެއެވެ.

އަދި ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައްބަޔާންކޮށް މާއްދާއެއް އިތުރުކޮށްފައިވެއެވެ. އެގޮތުން، ލޯކަލް ކައުންސިލްތަކުގެ ޢުމުރު ހަމަވުމާ ދެމެދު އޮތީ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ކައުންސިލްތަކަށް މުވައްޒަފުން ހަމަޖެއްސުމާއި، ކައުންސިލްތަކުގެ އިޙްތިޞާޞްގައި ހިމެނޭ ބިމާއި، ފަޅާއި، ފަރު ސަރަޙައްދު ކުއްޔަށްދިނުމާއި، ކައުންސިލްތަކުގެ ތަރައްޤީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްޤީގެ މަޝްރޫޢުތައް ފެށޭނީ، ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ބަޔާންކޮށްފައިވެއެވެ.

ރައީސް މި ބިލު ތަސްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ބުރާސްފަތި ދުވަހު ޝާއިޢު ކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަތޮޅު ވެހި ފަޅާލައިފި

އަތޮޅު ވެހި ފަޅާލައިފި

18 ފެބުރުއަރީ 2017
ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި

ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު