Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުން ހަނާކުރުން

ރައްޔިތުން ވަނީ ހަނާ، ނަމަވެސް 200 މިލިއަން އަންދާލުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުން: މެންބަރު މައުރޫފް

21 ޖުލައި 2025 | ހޯމަ 08:39

ޑޮލަރުގެ ރޭޓް އިންތިހާއަށް މައްޗަށްދާއިރު، މިމައްސަލާގައި ގަވަރުނަރު ޖަވާބުދާރީވާންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 21 ޖުލައި 2025 | ހޯމަ 08:39
ރައްޔިތުން މަޖިލީހުގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވާހަކަދައްކަވަނީ

ރައްޔިތުން މަޖިލީހުގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވާހަކަދައްކަވަނީ

ރައްޔިތުން ދަނީ ހަނާވަމުން ކަމަށާއި، ނަމަވެސް ސެލެބްރޭޝަންއަށް 200 މިލިއަން ރުފިޔާ އަންދާލުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ތައްޔާރުވަމުން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ކޭ-ޕާކް ރެސިޑެންސްގެ ނަމުގައި ހުޅުމާލޭގައި ފެށި ހައުސިންގ މަޝްރޫއުއާ ގުޅިގެން ދިމާވި މައްސަލަތައް ހައްލުނުވެ ދިގުލައިގެންދިޔުމާމެދު ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން މެންބަރު މައުރޫފް ވިދާޅުވީ މިގައުމުގައި އިންސާފު ނުލިބޭ ކަމަށާއި، 100 ށްވުރެ ގިނަ މީހުން އިންސާފު ނުލިބި ދޮރުތަކުގައި ޓަކި ޖަހަމުންދާތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ޒިންމާއަކީ މިކަންކަމަށް ހައްލު ހޯދަ ދިނުންކަން ފާހަގަކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ މިސަރުކާރުގައި އިންސާފު ލިބެނީ ރުހޭ މީހަކަށް އެކަނި ކަމަށެވެ. އެމްޑީޕީ އިން މަގުމަތީގައި ބޭއްވި މުޒާހަރާ އެއްގައި މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަ ތަކުން ރައީސް މުއިއްޒު އާއި ސާޖިދާ މުހައްމަދުގެ ދަރިކަލުން އުމެއިރު މުހައްމަދުގެ އަބުރު ގެއްލުނު ކަން ސާބިތުވާ ކަމަށް ބުނެ ސިވިލް ކޯޓުންކުރި ހުކުމަށް އިޝާރާތް ކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ ދެ އަޑު އެހުމާއެކު އެ މައްސަލަ ނިންމާލި ކަމަށާއި، މިގޮތަށް ހުރިހާ މައްސަލައެއް ވެސް ކުރިއަށްދާނަމަ މިފަދަ ގިނަ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށެވެ.

މި މައްސަލައަކީ ގަސްތުގައި ބަޔަކު އޮޅުވާލައިގެން ދިވެހިރައްޔިތުންގެ ތެރެއިން އެތައް ބަޔަކަށް ކޭޕާކުގެ ހިޔާނާތުގެ މައްސަލަ އޮޅުވާލައިގެން ފްލެޓުތައް ވިއްކާލާ އެއްއަށް ފައިސާ ނަގާ އެތައް ބަޔަކަށް އެންމެ ފްލެޓެއް ވިއްކާ އޭގެން ފައިސާ ނަގައި މުއްސަންދިވެ އަދި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް މިމައްސަލަ ހިނގާކަން އެނގިހުރެ އިންސާފުނުލިބި މައްސަލާގައި ހިމެނޭ ފަރާތްތައް ދޫވެ ހަމަ މިނިވަންކަންމަތީގައި އުޅެމުންދާ މައްސަލައެއް. އެފަރާތްތަކުން މިމައްސަލަ އަޅުގަނޑުމެންނާ ހަމައަށް ގެނައީ ހަމަ ހަގީގަތުގައި ވެސް ހުރިހާ ދޮރެއްގައި ޓަކި ޖަހާ އިންސާފު ނުލިބުނީމަ. އަޅުގަނޑުމެންގެ 12 މެންބަރުންނަށް ކުރެވެން އޮތް ކަމަކީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިގެން މިމައްސަލާގައި ބަހުސްކޮށް، މިއަށް ހައްލެއް ހޯދޭނެ ގޮތެއް އޮތްތޯ ބެލުން. އެތައް ބައިވަރު ދިވެހި ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކޮންމެ މަސައްކަތެއް މިކަމުގައި އަޅުގަނޑުމެން ކުރާނަން. މިފުރުސަތުގައި އަޅުގަނޑު ގޮވާލަން ދިވެހިރާއްޖޭގައި ހައްގެއް ގެއްލިފައިވާ ހުރި އެއްވެސް މީހަކު ހުރިއްޔާ އަޅުގަނޑުމެންގެ ގާތަށް އަންނާނޭ. މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ގަރާރެއްގެ ސިފާގައި ހުށަހަޅައިގެން ކުރެވޭތޯ ބަލާނަމޭ. އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ މިތަނުގައި މިވާހަކަ ދެއްކުން. ރައްޔިތުންގެ ސަމާލުކަމަށް މިކަން ގެނައުން.
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

ގައުމުގެ ހާލަތާ ގުޅޭގޮތުން މެންބަރު މައުރޫފް ވިދާޅުވީ ބޮއްސުންނުލާ، ފެއިލްނުވާ އެންމެ ދިމާލެއް ވެސް ނެތް ކަމަށާއި، ޑޮލަރުގެ މައްސަލަ ހައްލުނުވާ ކަމަށެވެ. ޑޮލަރުގެ ރޭޓް އިންތިހާއަށް މައްޗަށްދާއިރު، ގަވަރުނަރު ކަހާތަން ހިރުވާނުލާ ކަމަށާއި، މިމައްސަލާގައި ގަވަރުނަރު ޖަވާބުދާރީވާންޖެހޭ ކަމަށް މެންބަރު މައުރޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު މައުރޫފް ވިދާޅުވީ ރައްޔިތުން ހަނާވެގެންދާއިރު، ސަރުކާރެއް އޮތް ކަމެއް ނޭނގޭ ކަމަށާއި، ތަކެތީގެ އަގުތައް އިންތިހާއަށް މައްޗަށް އުފުލެމުން ދިރިއުޅުން އުދަނގޫވަމުންދާ ކަމަށެވެ.

ނަމަވެސް މިސަރުކާރުން މިހާރު ވެސް މަސައްކަތް ކުރަމުންދަނީ ވޭލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އެރުވުމާއެކު، 200 މިލިއަން ރުފިޔާ އަންދާލައި، ސެލެބްރޭޓް ކުރަން ކަމަށާއި، މިކަމާ ދެކޮޅަށް ރައްޔިތުން ނުކުތުމަށް މެންބަރު މައުރޫފް ގޮވާލެއްވިއެވެ. އަދި ރައީސް މުއިއްޒަށް ދައުލަތް ހިންގަން ނޭނގޭ ކަމަށްވާނަމަ އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލެއްވިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް