Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުވަޒީރުންނަށް ރުހުން ދިނުން

ކޮމިޓީއަށް ހުށަހެޅި ސީވީގައި އޮތީ "ޑުއަލް ސިޓިޒަން ޝިޕް"، ވިދާޅުވަނީ މިހާރު އެހެން ގައުމެއްގެ ރައްޔިތުކަން ނެތްކަމަށް!

27 ނޮވެމްބަރު 2023 | ހޯމަ 11:39

ހައިދަރަށް ރުހުން ދެއްވަން ފެނިވަޑައިނުގަންނަވާ ކަމަށް އެމްޑީޕީގެ މެމްބަރުން ވަކާލާތު ކުރައްވަމުން ގެންދަވާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 ނޮވެމްބަރު 2023 | ހޯމަ 11:39
ގެދޮރުވެރިކަމާއި، ބިމާއި، އުމްރާނީ ތަރައްގީއާބެހޭ ވަޒީރު، ޑރ. އަލީ ހައިދަރު

ގެދޮރުވެރިކަމާއި، ބިމާއި، އުމްރާނީ ތަރައްގީއާބެހޭ ވަޒީރު، ޑރ. އަލީ ހައިދަރު

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 130 ވަނަ މާއްދާގައި، ވަޒީރެއްގައި ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބަހުއްޓެވެ. ގާނޫނު އަސާސީގެ 130 ވަނަ މާއްދާގެ (ހ)ގެ ދަށުން، ވަޒީރެއްގައި ހުންނަންޖެހޭ 5 ޝަރުތެއް ބަޔާންކޮށްފައިވެއެވެ. އެއީ

1. ދިވެހި ރައްޔިތަކަށްވުން

2. ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން

3. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން

4. އުމުރުން 25 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން

5. ބުއްދި ހަމައަށްހުރި މީހެއް ކަމުގައިވުން

މިއެވެ.

އަދި މި މާއްދާގެ (ށ)ގައި، ވަޒީރަކަށް ވަޒީރުކަމުގައި ނުހުންނެވޭނެ ހާލަތްތައް ބަޔާންކޮށްފައި އެބަހުއްޓެވެ. ބުނަން މިއުޅޭ ވާހަކައަކީ، ގާނޫނު އަސާސީގައި، ވަޒީރަކަށް ހުންނަވާ ބޭފުޅަކަށް އެހެން ގައުމެއްގެ ރައްޔިތެއްގެ ގޮތުގައި ނުހުންނެވޭނެކަން، ސާފުކޮށް ކަޅާއި ހުދުން ލިޔެވިފައިވާކަމުގެ ވާހަކައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލެއްވި އާ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ، ގެދޮރުވެރިކަމާއި، ބިމާއި، އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. އަލީ ހައިދަރުގެ ޑުއަލް ސިޓިޒަންޝިޕް އޮތްކަމަށް، ވަޒީރުންނަށް ރުހުން ހޯދުމަށްޓަކައި ކޮމިޓީ މަރުހަލާއަށް ފޮނުއްވާފައިވާ ސީވީން އެނގެއެވެ. އެމަނިކުފާނަކީ، ރާއްޖޭގެ އިތުރުން އިނގިރޭސިވިލާތުގެ ވެސް ރައްޔިތެއްކަމަށް، ސީވީގައި ހިމަނުއްވާފައިވާ މައުލޫމާތުން އެނގެއެވެ.

އެހެންކަމަށް ވާނަމަ އޭނާގެ ވަޒީރުކަމުގެ ޝަރުތު ހަމަވުމާމެދު ސުވާލު އުފެދެއެވެ. މި ސުވާލު މިގޮތަށް އުފެދިފައި ވަނިކޮށް، މިއަދުގެ، ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި ހައިދަރު ވަނީ، އެމަނިކުފާނަކީ މިހާރު އެހެން ގައުމެއްގެ ރައްޔިތެއް ނޫންކަމަށް ވިދާޅުވެފައެވެ. އެ މައުލޫމާތު ހާމަކުރެއްވީ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވަނީ، އެއީ ޕަރސަނަލް ސުވާލެއް ކަމުގައިވެސް ސިފަކުރައްވާފައެވެ. އެހެންނަމަވެސް، ދިވެހިންގެ ވަޒީރަކަށް ވަޑައިގަންނަވާ ބޭފުޅެއްގެ ޝަރުތާމެދު ސުވާލު ނުއުފެދޭކަން ޔަގީންކުރުމަކީ ދިވެހިންނަށް އެނގެންނުޖެހޭ ވަރުގެ ޕަރސަނަލް ވާހަކައެއް ކަަމަށް ގަބޫލެއް ނުކުރެވެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއަކީ ވެސް ބޭރު ގައުމެއްގެ ޕާސްޕޯޓް އޮތް ބޭފުޅެކެވެ. ރާއްޖޭގެ މީޑިއާއަކަށް މައުލޫމާތު ދެއްވަމުން އެކަމަނާ ވަނީ ނިއުޒިލޭންޑުގެ ޕާސްޕޯޓު ދޫކޮށްލައްވާފައި ވާކަމަށް ވިދާޅުވެފައެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ، ވަޒީރުންނަށް ރުހުން ދިނުމުގެ ކުރިން، އެއްވެސް ވަޒީރެއްގެ އަތްޕުޅުގައި ބޭރު ގައުމެއްގެ ޕާސްޕޯޓު އޮތްތޯ ބެލުމަށް ނިންމަވާފައެވެ. ގާނޫނުއަސާސީގެ 129 މާއްދާގެ (ރ)ގައި ވާގޮތުން ވަޒީރުންގެ މަޖިލީހަށް ރައީސް އައްޔަންކުރައްވާ މީހުންގެ ނަންތައް، އެމީހުން އައްޔަންކުރައްވާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި، މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެ މަޖިލީހަށް ހުށަހަޅުއްވަންޖެހެއެވެ. މިހާރު މަޖިލީހުގެ ކޮމިޓީން ދަނީ ވަޒީރުންގެ ނަންތައް ދިރާސާކުރަމުންނެވެ. ހައިދަރަކީ، ރުހުން ދެއްވަން ފެނިވަޑައިނުގަންނަވާ ކަމަށް އެމްޑީޕީގެ މެމްބަރުން ވަކާލާތު ކުރައްވަމުންދާ ބޭފުޅެކެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

23 މެއި 2018

އެމްޑީޕީގައި އޮތީ އާއްމު މެމްބަރުންގެ ބާރު، ޕީޕީއެމްގައި ހަމައެކަނި ރައީސް ޔާމީން ބާރު!

23 މެއި 2018
އެމްޑީޕީގައި އޮތީ އާއްމު މެމްބަރުންގެ ބާރު، ޕީޕީއެމްގައި ހަމައެކަނި ރައީސް ޔާމީން ބާރު!
19 އެޕްރީލު 2018

ދެން ނަގާ ރާޅު ބޮޑުވާނެ! އަދި ވެސް ބޯޅަ އޮތީ އިދިކޮޅުގައި!

19 އެޕްރީލު 2018
ދެން ނަގާ ރާޅު ބޮޑުވާނެ! އަދި ވެސް ބޯޅަ އޮތީ އިދިކޮޅުގައި!
18 އެޕްރީލު 2018

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

18 އެޕްރީލު 2018
އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
02 ޖެނުއަރީ 2018

ސިވިލް ކޯޓުން އަނެއްކާ ވެސް ރެކޯޑަކާ ދިމާލަށް: ހުށަހެޅި އަދަދަށް ވުރެ ގިނަ އިން ނިންމާނަން!

02 ޖެނުއަރީ 2018
ސިވިލް ކޯޓުން އަނެއްކާ ވެސް ރެކޯޑަކާ ދިމާލަށް: ހުށަހެޅި އަދަދަށް ވުރެ ގިނަ އިން ނިންމާނަން!
30 ޑިސެމްބަރު 2017

ބަޖެޓުން ދެކޮޅު ނުޖެހިގެން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓަށް ހެދީ ކިހިނެއް؟

30 ޑިސެމްބަރު 2017
ބަޖެޓުން ދެކޮޅު ނުޖެހިގެން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓަށް ހެދީ ކިހިނެއް؟
24 ނޮވެމްބަރު 2017

މަތިންދާބޯޓު އެކްސިޑެންޓްތައް: އިންޑަސްޓްރީ އޮތީ ބޮއްސުންލާފައި

24 ނޮވެމްބަރު 2017
މަތިންދާބޯޓު އެކްސިޑެންޓްތައް: އިންޑަސްޓްރީ އޮތީ ބޮއްސުންލާފައި
10 އޮކްޓޯބަރު 2017

ދައުލަތް އޮތީ ގޭންގްތަކުގެ ދަށުވެފައިތަ، ގޭންގު ކުށްތައް ނުހުއްޓުވިގެން އުޅެނީ ކީއްވެ؟

10 އޮކްޓޯބަރު 2017
ދައުލަތް އޮތީ ގޭންގްތަކުގެ ދަށުވެފައިތަ، ގޭންގު ކުށްތައް ނުހުއްޓުވިގެން އުޅެނީ ކީއްވެ؟
01 އޯގަސްޓު 2017

ޔާމީން މަރާލިތާ 100 ދުވަސްވީއިރު މިދިޔަ ހަތް ދުވަސް ތެރޭ ދެ މަރު، ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟

01 އޯގަސްޓު 2017
ޔާމީން މަރާލިތާ 100 ދުވަސްވީއިރު މިދިޔަ ހަތް ދުވަސް ތެރޭ ދެ މަރު، ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟
29 ޖުލައި 2017

މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

29 ޖުލައި 2017
މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!
20 ޖޫން 2017

ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

20 ޖޫން 2017
ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް