Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
4000 ފްލެޓުގެ މައްސަލަ

4000 ފްލެޓާ ބެހޭ ގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދިން ލަފާ ހާމަ ކުރެވޭ ކަށްނެތް: ހައުސިންގ މިނިސްޓްރީ

އޮޑިޓަރ ޖެނެރަލް އޮފީހުން ގާނޫނީ ލަފާ ލިބިފައިވާ ކަމަށް ވަނީ ބުނެފައި

ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2024 | ބުދަ 09:48
ހައުސިންގ މިނިސްޓަރ އަލީ ހައިދަރު - 4000 ފްލެޓުގެ މައްސަލައިގައި އެކިފަހަރު އެކި ގޮތައް ގެންދަވަނީ ވާހަކަ ދައްކަވަމުން

ހައުސިންގ މިނިސްޓަރ އަލީ ހައިދަރު - 4000 ފްލެޓުގެ މައްސަލައިގައި އެކިފަހަރު އެކި ގޮތައް ގެންދަވަނީ ވާހަކަ ދައްކަވަމުން

ގެދޮރުވެރިޔާ ސްކީމްގެ 4000 ފްލެޓާ ގުޅިގެން ހައުސިންގ މިނިސްޓްރީ އަށް އޮޑިޓަރ ޖެނެރަލް އޮފީހުން ދިން ގާނޫނީ ލަފާ ހާމަ ކުރެވެން ނެތް ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ފަހި ޔޫނިއަން އިން މަހޯލި ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ރިކުއެސްޓަށް ޑިސެމްބަރު 11 ގައި ހައުސިން މިނިސްޓްރީން ދިން ޖަވާބުގައި، 4000 ފްލެޓާ ބެހޭ ގޮތުން އޮޑިޓަރ ޖެނެރަލް އޮފީހުން ގާނޫނީ ލަފައެއް ހޯދާފައިވާ ކަމަށާއި ނަމަވެސް އެ މައުލޫމާތުތަކަކީ "އެ ގާނޫނުގެ 31 ވަނަ މާއްދާގެ (ހ)ގެ (2) ގެ ދަށުން މިވަގުތު ދެވެން ނެތް މައުލޫމާތުތަކެއް ކަމުގައި؛" ވަނީ ބުނެފައެވެ.

17 ނޮވެމްބަރު 2024 ގައި ފަހި ޔޫނިއަން އިން ހައުސިންގ މިނިސްޓްރީގައި އެދިފައިވަނީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާނު ކުރި 4000 ފްލެޓް އެންޓިކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވި ފަހުން އޮޑިޓަރ ޖެނެރަލް އޮފީހުން މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓަށް އެއްވެސް ގާނޫނީ ލަފައެއް ދީފައިވާނެތޯ އާއި އަދި އެގޮތުން ލަފައެއް ދީފައިވާނަމަ އެ ލަފަޔަކީ ކޮބައި ކަމުގެ މައުލޫމާތު ހޯދުމަށެވެ.

4000 ފްލެޓު ލިބުނު މީހުންނަށް ފްލެޓުތައް ހަވާލު ކުރުން އިންތިހާ އަށް ލަސްވުމާ ގުޅިގެން ފްލެޓުތައް ލިބުނު މީހުންގެ ޝަކުވާ ދައުލަތުގެ އެކި އިދާރާތަކަށް ހުށަހަޅަމުން ދިޔަ ނަމަވެސް މިހާތަނަށް އެއްވެސް އަލިމަގެއް އެކަމުގައި ފެނިފައި ނުވާކަން ފާހަގަ ކުރެވެއެވެ. އެއާއެކު ރިޔާސީ ކެމްޕޭނުގައި މިހާރުގެ ރައީސް ވިދާޅުވެފައިވަނީ "ރައްޔިތަކަށް ދޭން ބުނި އެއްޗެއް އަތުލުމެއް ނޯންނާނެ" ކަމަށެވެ. "އެއީ ގޯތި ވިޔަސް ފްލެޓް ވިޔަސް" އަތުނުލައްވާނެ ކަމަށެވެ.

ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި އެއްވެސް އެއްޗެއް ސިއްރު ނުކުރައްވާނެ ކަމަށާއި، އެމަނިކުފާނުގެ ސަރުކާރެއްގައި ފޮރުވާނެ އެއްޗެއް ނޯންނާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ގެދޮރުވެރިކަމާއި، ބިމާއި، ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު، ޑރ. ޢަލީ ޙައިދަރު އަޙުމަދުގެދޮރުވެރިޔާ ސްކީމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

27 ނޮވެމްބަރު 2025
ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު

ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު

26 ނޮވެމްބަރު 2025
މުއިއްޒު ސަރުކާރުން ފްލެޓް އަތުލަނީ މާލޭގައި 15 އަހަރު އުޅުނުކަން ސާބިތު ނުވާ ކަމަށް ބުނެ، އެކަމަކު ފުލެޓް ލިސްޓު ވެރިފައި ކުރި އިރު އެކަން ނުބަލާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި!

މުއިއްޒު ސަރުކާރުން ފްލެޓް އަތުލަނީ މާލޭގައި 15 އަހަރު އުޅުނުކަން ސާބިތު ނުވާ ކަމަށް ބުނެ، އެކަމަކު ފުލެޓް ލިސްޓު ވެރިފައި ކުރި އިރު އެކަން ނުބަލާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި!

14 ނޮވެމްބަރު 2025
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެޕޯލޯއާއި ހަވާލުކުރި ސޯޝަލް ހައުސިންގެ މަސައްކަތް ސަރުކާރު ބަދަލުވި ފަހުން އޮތީ ހުއްޓާލާފައި: އަކްރަމް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެޕޯލޯއާއި ހަވާލުކުރި ސޯޝަލް ހައުސިންގެ މަސައްކަތް ސަރުކާރު ބަދަލުވި ފަހުން އޮތީ ހުއްޓާލާފައި: އަކްރަމް

16 އޮކްޓޯބަރު 2025
ގޯއްޗާއި، ފްލެޓު ދޫކުރުމުގައި މި ސަރުކާރުން މިހާތަނަށް 16 ފަހަރަށް ސްޓޭންޑް ބަދަލުކޮށްފައިވޭ: ނިޝާން

ގޯއްޗާއި، ފްލެޓު ދޫކުރުމުގައި މި ސަރުކާރުން މިހާތަނަށް 16 ފަހަރަށް ސްޓޭންޑް ބަދަލުކޮށްފައިވޭ: ނިޝާން

16 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު