Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެދޮރުވެރިޔާ ސްކީމް

މިނިސްޓަރ ހައިދަރު އަށް 32 ސިޓީ، ބައްދަލު ކުރަން އެދި 53 ރިކުއެސްޓް، އެއްފަހަރު ވެސް އަޅައެއް ނުލެއްވި

މުއްތަލިބު ވެސް ވިދާޅުވީ ބައްދަލު ނުކުރައްވާނޭ ކަމަށް

ރާއްޖެ އެމްވީ | 18 ޖެނުއަރީ 2025 | ހޮނިހިރު 18:18
ކުރީގެ ހައުސިންގ މިނިސްޓަރ ޑރ އަލީ ހައިދަރު އަދި މިހާރުގެ މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބު - ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކުރާ 4000 ފްލެޓްގެ މައްސަލަ ބޮޑުވެ، އަދިވެސް ލިސްޓު އާއްމު ކުރެވ

ކުރީގެ ހައުސިންގ މިނިސްޓަރ ޑރ އަލީ ހައިދަރު އަދި މިހާރުގެ މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބު - ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކުރާ 4000 ފްލެޓްގެ މައްސަލަ ބޮޑުވެ، އަދިވެސް ލިސްޓު އާއްމު ކުރެވ

ކުރީ ސަރުކާރުން ފެށި ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުންދާ 4000 ސޯޝަލް ހައުސިންގ ޔުނިޓާ ބެހޭ ގޮތުން އުފެދިފައިވާ މައްސަލަތަކުގައި ކުރީގެ ހައުސިންގ މިނިސްޓަރު އަލީ ހައިދަރު އަށް 32 ސިޓީ ފޮނުވި ކަމަށާއި އެމަނިކުފާނާ ބައްދަލު ކުރަން 53 އެޕޮއިންޓްމަންޓް ރިކުއެސްޓް ފޮނުވި ކަމަށާއި އެހެން ނަމަވެސް އެއް ފަހަރުވެސް ބައްދަލު ނުކުރެއްވި ކަމަށް ފަހި ޔޫނިއަން ޖަމްއިއްޔާ އިން ބުނެފިއެވެ.

މިކަން ހާމަ ކޮށްފައިވަނީ ހައިދަރުގެ ބަދަލުގައި ހައުސިންގ މިނިސްޓަރު ކަމަށް ފަހުން އައްޔަން ކުރެއްވި އަބްދުﷲ މުއްތަލިބް އާ ބައްދަލު ކުރުމަށް އެދި އެ ޖަމްއިއްޔާ އިން ފޮނުވި ސިޓީ އެއް ގައެވެ.

Advertisement - newsAdvertisement

"މުއްތަލިބަކީ ކުރިން ތިއްބެވި ބޭފުޅުންނާ މުޅިން ތަފާތު ޝަހުސިއްޔަތެއްގެ ގޮތުގައި ބެލެވޭތީ، ފަހި ޔޫނިއަންގެ ފަރާތުން ބައްދަލު ކޮށް މަޝްވަރާ ކޮށްލަން ބޭނުންވެއެވެ." އެ ޔޫނިއަންގެ ސިޓީގައި ވެއެވެ.

"މަނިކުފާނުގެ ޒައާމަތުގައި އަމާން އޮމާން ކަމާއެކު ރައްޔިތުންގެ އަޑު އައްސަވާ ރައްޔިތުންނާ ގާތުން ޚިދުމަތް ދެއްވަމުން ގެންދަވާ ވުޒާރާއެއްގެ ގޮތުގައި ފެނިގެން ދިއުމީ މި ޔުނިއަންގެ އެދުމެއް ކަމުގައިވެސް ދަންނަވަމެވެ." 6 ޖެނުއަރީ 2025 ގައި ފޮނުވި ސިޓީގައި ވެއެވެ.

"ވީ އެންމެ އަވަސް ފުރުސަތެއްގައި މިނިސްޓަރާ ބައްދަލު ކޮށްލެވޭނެ ގޮތް" ހަދައިދިނުމަށް އެދި ފޮނުވި ސިޓީގެ ޖަވާބު ޖެނުއަރީ 16 ވަނަ ދުވަހު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ދިން އިރު އެ ޖަވާބުގައި ވަނީ "އެއްވެސް ފަރާތަކާ ބައްދަލު ނުކުރަން ނިންމާފައިވާ ކަމަށެވެ."

ސަބަބެއް ކަމަށް ސިޓީގައި ވަނީ "ވެރިފިކޭޝަން މަރުހަލާގެ އިންސާފުވެރިކާމާއި، ނުފޫޒުން އެއްކިބާވެފައިވާކަން ކަށަވަރު ކުރުމަށްޓަކައި" ކަމަށެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު