Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެދޮރުވެރިޔާ ފްލެޓް

ފްލެޓް ދިނުމުގެ މަސައްކަތް ކުރިއަށް ނުގެންދެވުމުގެ ހުއްޖަތަކަށް ހައިދަރު ދެއްކެވީ އޭސީސީގެ ތަހުގީގު - "އަޅުގަނޑުމެންގެ އަތް ވަނީ ބަނދެވިފައި"

އެ މައްސަލަ ބެލުމުގެ ފުރަތަމަ މަރުހަލާއަށް 20 ދުވަސް ހޭދަވާނެ ކަމަށް އޭސީސީން ހައުސިންގ މިނިސްޓްރީއަށް އެންގި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 ނޮވެމްބަރު 2023 | ހޯމަ 11:18
ގެދޮރުވެރިކަމާއި، ބިމާއި، އުމްރާނީ ތަރައްގީއާބެހޭ ވަޒީރު، ޑރ. އަލީ ހައިދަރު

ގެދޮރުވެރިކަމާއި، ބިމާއި، އުމްރާނީ ތަރައްގީއާބެހޭ ވަޒީރު، ޑރ. އަލީ ހައިދަރު

ނިިމިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން، ގެދޮރުވެރިޔާ ފްލެޓް ސްކީމްގެ ދަށުން ދޫކުރުމަށް ނިންމި ފްލެޓްތައް ދިނުމުގެ މަސައްކަތް ކުރިއަށް ނުގެންދެވި އޮތީ އޭސީސީގެ ތަހުގީގު ކުރިއަށްދާތީ ކަމަށް، ގެދޮރުވެރިކަމާއި، ބިމާއި، އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެވެ.

ހޯމަ ދުވަހު ހައުސިންގ މިނިސްޓްރީގެ ބޭފުޅުން، މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރުކޮށްފައި ވަނީ، ނިމިދިޔަ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކާ ގުޅިގެން މި ސަރުކާރުން ނިންމާފައިވާ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށެވެ. ގެދޮރުވެރިޔާ ފްލެޓް ދިނުމުގެ މަސައްކަތް ކުރިއަށްދަނިކޮށް އެ މަސައްކަތް މެދުކަނޑާލީ އޭސީސީން އަންގައިގެން، ނިމިދިޔަ ސަރުކާރުގައެވެ. މަޖިލީހުގެ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ހައިދަރު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމަށް 7000 ޝަކުވާ ލިބިފައިވާކަމަށާއި، އެ މައްސަލަ ބެލުމުގެ ފުރަތަމަ މަރުހަލާއަށް 20 ދުވަސް ހޭދަވާނެކަމަށް އޭސީސީން ހައުސިން މިނިސްޓްރީއަށް އަންގާފައިވާކަަމަށެވެ.

Advertisement - newsAdvertisement

ފްލެޓް ދޫކުރުމުގެ މަސައްކަތް އަލުން މަަސައްކަތް ފެށޭނެ ގޮތެއް ހޯދުމަށް އެންޓިކޮރަޕްޝަން ކޮމިޝަނާ ބައްދަލުކޮށްފައި ވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ފްލެޓް ދިނުމުގެ މަރުހަލާއާ ގުޅުންހުރި ހުރިހާ ލިޔެކިޔުންތައް ފެންނަގޮތަށް އެކްސެސް ދިނުމަށް އޭސީސީން އެދިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ފްލެޓް ދިނުމުގެ މަސައްކަތް ކުރި ފަރާތާއި ތާރީޚު، އަދި ވަގުތުގެ ތަފްސީލް އެނގޭގޮތަށް މައުލޫމާތު ހޯދުމަށް އޭސީސީން އެދިފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ދައުލަތުގެ އެހެން އިދާރާތަކަށްވެސް މައުލޫމާތު ލިބޭނެ މަގު ހޯދައިދިނުމަށް އެދިފައިވާކަމަށް ހައިދަރު ވިދާޅުވިއެވެ.

ހައިދަރު އިތުރަށް ވިދާޅުވީ، އޭސީސީއަށް މައުލޫމާތުތަކަށް އެކްސެސް ލިބުނުނަމަވެސް، އެއްވެސް މައުލޫމާތަކަށް އުނިއިތުރު ގެނައުމުގެ ބާރު އެކޮމިޝަނަށް ނުލިބޭނެ ކަަމަށެވެ. އޭސީސީގެ ތަހުގީގާއި ގުޅޭގޮތުން ހައިދަރު ވިދާޅުވީ އޭސީސީގެ ތަހުގީގު ނިމުމުން އޭސީސީން އަންގާ ގޮތަކަށް ހައުސިން މިނިސްޓްރީން އަމަލުކުރާނެ ކަަމަށެވެ. ހައިދަރު ވަނީ ފްލެޓްތަކާއި ގޯތި އަތުލުމުގެ ވިސްނުންފުޅެއް ނެތްކަަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އޭސީސީން މައްސަލަ ތަހުގީގުކުރާއިރު، ޝަރުތު ހަމަވާ މީހުންނަށް ބަދަލު އަންނާނެތޯ ނޫންތޯ ވިދާޅުވަން ނޭނގޭ ކަމަށްވެސް ހައިދަރު ވަނީ ވިދާޅުވެފައެވެ.

އޭސީސީއާ މަޝްވަރާކުރިއިރު، ތަހުގީގުގެ ފުރަތަމަ މަރުހަލާ 20 ދުވަހުގެތެރޭގައި ނިމެނޭކަން ފާހަގަކޮށްފައި ވާކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިނިސްޓަރު ވަނީ، ފުރަތަމަ ސްޓޭޖަށްފަހު ޖިނާއީ ތަހުގީގެއް ހިންގާކަމަށްވެސް ވިދާޅުވެފައެވެ. އަދި އެ ތަހުގީގަކީ ޖިނާއީ ތަހުގީގެއް ކަމަށް ވާތީ، އޭސީސީން މައްސަލަ ތަހުގީގުކުރާއިރު އޭސީސީއަށް ދީފައިވާ އެކްސެސް ފިޔަވައި އެހެން މީހުންގެ އެކްސެސް ކަނޑާލަން އެދިފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ޖިނާއީ ތަހުގީގަށް ނަގާ ދުވަސް އޭސީސީގެ ކިބައިން ސާފުކުރާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވުމުން، ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ ވަނީ އޭސީސީއަށް ޖިނާއީ ތަހުގީގެއް ކުރިއަށް ނުގެންދެވޭނެކަން ފާހަގަކުރައްވާފައެވެ. އެއީ އޭސީސީއަށް ލިބިގެންވާ ބާރެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޔޫނުސްގެ އެ ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، މެމްބަރުން އެހެން ވިދާޅުވާނަމަ އޭސީސީއަށް ޖިނާއީ ތަހުގީގެއް ނުކުރެވޭނެތޯ ސާފުކުރައްވާނެކަމަށެވެ. އެކަމާގުޅިގެން މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވަން ފެށުމުން، ފަހުން ވަޒީރުގެ ވާހަކަފުޅުތައް ބަދަލުކުރެއްވިއެވެ. ފަހުން ވަޒީރު ވިދާޅުވީ، ޖިނާއީ މައްސަލައެއް އުޅޭކަން އެނގޭނީ ފުރަތަމަ މަރުހަލާ ނިމޭހިސާބުން ކަމަށެވެ. އެ ހިސާބުން ފުލުހުން މެދުވެރިކޮށް ބެލޭނެ ގޮތެއް ހަމަޖެއްސޭތޯ ބައްލަވާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވަނީ، ގިރާވަރުފަޅާއި ގުޅީފަޅުގެ ލޭންޑްޔޫޒް ޕްލޭން އޮތީ ހެދިފައިކަމަށް ވިދާޅުވެފައެވެ. އަދި ފްލެޓަށް ޕޮއިންޓް ދީފައިވާ ގޮތް ހާމަކުރެެއްވިދާނެ ކަމަށާއި، އެއީ ބޭނުންތެރިކަމެއް ކަަމަށްވެސް ވިދާޅުވިއެވެ. އެ ކޮމިޓީގައި، ކޮމިޓީގެ ޗެއަރ އަދި އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވަނީ، 9 ސެޕްޓެމްބަރުގެ ފަހުން، ނިމިދިޔަ ސަރުކާރުން ނިންމާފައިވާ ކަންތައްތަކަށް އިހުތިރާމް ނުކުރައްވާނެކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވާފައި ވާނެތޯ މިނިސްޓަރު އަރިހުން އައްސަވާފައެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ފްލެޓް ދިނުމުގެ މަސައްކަތް ކުރިއަށްނުގެންގޮސް މެދުކަނޑާލުމަށް، އިންތިޚާބީ ރައީސެއްގެ ގޮތުގައި ހުންނެވިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަތް ކަމަށެވެ. އެކަމަށް އޭރުގެ ސަރުކާރުން އަމަލު ނުކުރައްވާ ކަމަށާއި، 9 ސެޕްޓެމްބަރުގެ ފަހުން، ނިމިދިޔަ ސަރުކާރުން ނިންމާފައިވާ ކަންތައްތަކަށް އޮނަރ ނުކުރައްވާނެކަަމަށް ވިދާޅުވެ ވާހަކަދެއްކެވީ އެ މޭރުމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު