Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިޓަލީ ޤައުމީ ފުޓުބޯޅަ ޓީމު

ޕްރެޝަރު ބޮޑު ވަގުތެއްގައި، ޔޫރޯ އަށް ކޮލިފައިވުމުން ސްޕަލެއްޓީ ހިތްހަމަޖެހިފައި

އިޓަލީން ޔޫރޯ އަށް ކޮލޮފައިވީ ނަމަވެސް، އެ ޓީމަށް ކުރިމަތިވި ގޮންޖެހުންތަކަކީ ފަސޭހަ ކަންތައްތަކެއް ނޫން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2023 | ބުދަ 03:05
އިޓަލީގެ ކޯޗު ލޫސިއާނޯ ސްޕަލެއްޓީ

އިޓަލީގެ ކޯޗު ލޫސިއާނޯ ސްޕަލެއްޓީ

ޕްރެޝަރު ބޮޑު، އުނދަގޫ ވަގުތެއްގައި ވެސް، އިޓަލީން ޔޫރޯ ފުޓުބޯޅަ މުބާރާތަށް ކޮލިފައިވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ ކަމަށް އެ ޓީމުގެ ކޯޗު ލޫސިއާނޯ ސްޕަލެއްޓީ ބުނެފި އެވެ.

އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތަށް އިޓަލީ ކޮލިފައިވީ، ކޮލިފިކޭޝަންގެ ފަހު މެޗުގައި ޔޫކްރެއިންނާ އެއްވަރުވެގެންނެވެ. އެ ނަތީޖާ އާއެކު، އިޓަލީ އަށް ލިބުނޫ ގްރޫޕް ސީގެ ދެ ވަނަ އެވެ. އިޓަަލީ އަކީ އެންމެ ފަހުން، 2020 ވަނަ އަހަރު އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރި ޓީމެެވެ.

ޔޫކްރެއިން މެޗަށްފަހު ވާހަކަ ދައްކަމުން ސްޕަލެއްޓީ ބުނީ، އޭނާ އެންމެ ފުރަތަމަ ޓީމާ ހަވާލުވި ދުވަހު ވެސް، ޔޫރޯ އަށް ކޮލިފައިވުމުގެ މުހިންމުކަން އޭނާ އަށް ބުނެދީފައިވާ ކަމަށެވެ. އޭނާ ދެކޭ ގޮތުގައި ޙަގީގަތުގައި ވެސް އެއީ ވަރަށް މުހިންމު ކަމެކެވެ. ޚާއްސަކޮށް، އިޓަލީ އަކީ އެންމެ ފަހުގެ ޗެމްޕިއަނުންނަށް ވެފައި، ދުނިޔޭގެ ފުޓުބޯޅައިގައި އިޓަލީގެ ފެންވަރު ސާބިތުކޮށްދޭން އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ކުރިމަތިވި އެކިއެކި ގޮންޖެހުންތަކާ އެކު ވެސް، އިޓަލީ ޔޫރޯ އަށް ކޮލިފައިވާން ޖެހޭ ކަމަށް އޭނާ ވަނީ ޤަބޫލުކޮށްފަ އެވެ. އިޓަލީން ޔޫރޯ އަށް ކޮލޮފައިވީ ނަމަވެސް، އެ ޓީމަށް ކުރިމަތިވި ގޮންޖެހުންތަކަކީ ފަސޭހަ ކަންތައްތަކެއް ނޫން ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

އިޓަލީގެ ޤައުމީ ޓީމާ ހަވާލުވުމަށްފަހު، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ކަންކަން، އެކި ގޮތްގޮތަށް ބައްޓަން ކުރަން ޖެހުނު ކަމަށް އޭނާ ބުންޏެވެ. އޭގެ ތެރެއިން ބައެއް ކަންކަން އޭނާ އަށް ނަގައިގަނެވުނީ ޓީމާ ހަވާލުވި ފަހުން ކަމަށް ވެސް ސްޕަލެއްޓީ ވަނީ ބުނެފަ އެވެ. އިތުރަށް އޭނާ ބުނީ، އެކަންކަން ޤަބޫލުކޮށް އެންމެ ފުރަތަމަ ދުވަހު ވެސް ޓީމާ ހަވާލުވީ، ޔޫރޯ އަށް ކޮލިފައިކޮށްދިނުމުގެ އަމާޒުގައި ކަމަށެވެ. އެކަން ހާސިލުކުރެވިއްޖެ ކަމަށާއި، އެހެންކަމުން މިވަގުތަށް ހިތްހަމަ ޖެހިގެން ހުރި ކަމަށް ވެސް ސްޕަލެއްޓީ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، އަންނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުރިން އިޓަލީ އަށް ބައެއް ކަހަލަ ބަދަލުތައް ގެންނަން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އެހެންކަމުން، އެ ބަދަލުތައް ގެނައުމަށް ފަހު، ވަރަށް އަވަހަށް ޓީމު އެކަމަށް ހާނުވަން ޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އެއަށްފަހު މުބާރާތަށް ލަނޑުދަނޑިތައް ކަނޑައަޅާނީ، ފަހަރަކު މަރުހަލާއަކުން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އިޓަލީގެ ކޯޗުކަމާ ސްޕަލެއްޓީ ހަވާލުވީ، މިއަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ. އެއީ، އޭނާގެ ކުރިން އެ މަގާމުގައި ހުރި ރޮބާޓޯ މަންޗިނީ އެ މަގާމުން ވަކިވުމުންނެވެ.

އިޓަލީގެ ގައުމީ ޓީމުލޫސިއާނޯ ސްޕަލެޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެސްޓޯނިއާ އަތުން އިޓަލީ އަށް ފަސް ލަނޑުގެ މޮޅެއް

އެސްޓޯނިއާ އަތުން އިޓަލީ އަށް ފަސް ލަނޑުގެ މޮޅެއް

06 ސެޕްޓެމްބަރު 2025
އިޓަލީ ބަލިކޮށް، ފްރާންސް އެއް ވަނަ އަށް

އިޓަލީ ބަލިކޮށް، ފްރާންސް އެއް ވަނަ އަށް

18 ނޮވެމްބަރު 2024
90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ

90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ

18 ސެޕްޓެމްބަރު 2024
ފަހު ވަގުތު ލަނޑު ޖަހައިގެން، ޗެމްޕިއަން އިޓަލީ ގަދަ 16 އަށް

ފަހު ވަގުތު ލަނޑު ޖަހައިގެން، ޗެމްޕިއަން އިޓަލީ ގަދަ 16 އަށް

25 ޖޫން 2024
އިޓަލީން ބޮސްނިއާ ބަލިކޮށްފި

އިޓަލީން ބޮސްނިއާ ބަލިކޮށްފި

10 ޖޫން 2024

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު