Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހުގައި މެންބަރުން ތަމްސީލްކުރާ ގޮތް

މަޖިލީހުގައި ޕާޓީ ތަމްސީލްކުރުމުގެ ހައިސިއްޔަތު އެމްއެންޕީއަށް ގެއްލިއްޖެ

ސިޔާސީ ޕާޓީއެއްގެ ގޮތުގައި މަޖިލީހުގައި މެންބަރުން ތަމްސީލްކުރުމުގެ ފުރުސަތު އެމްއެންޕީއަށް ގެއްލުނުކަން ރިޔާސަތުން ވަނީ އަންގާރަ ދުވަހު އިޢުލާންކުރައްވާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 21 ނޮވެމްބަރު 2023 | އަންގާރަ 04:48
ދަނގެތީ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް

ދަނގެތީ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް

މަޖިލީހުގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ތަމްސީލްކުރުމުގެ ހައިސިއްޔަތު އެމްއެންޕީ އަށް ގެއްލިއްޖެއެވެ.

އެމްއެންޕީއަށް މަޖިލީހުގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ތަމްސީލުކުރުމުގެ ހައިސިއްޔަތު ގެއްލިފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް މެންބަރުކަމުން އިސްތިޢުފާދެއްވުމާއި ގުޅިގެންނެވެ. އޭނާ މަޤާމުން އިސްތިޢުފާދެއްވާފައި ވަނީ މި ސަރުކާރުގެ ބަންޑާރަނާއިބުގެ މަޤާމަށް އޭނާ އައްޔަންކުރައްވާފައި ވާތީއެވެ.

އުޝާމްގެ އިތުރުން އެމްއެންޕީގެ މެންބަރުންގެ ގޮތުގައި މަޖިލީހުގައި ތިއްބެވީ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ. މޯލޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފައްދާ އެ 3 މެންބަރުން މަޖިލީހުގައި އެ ޕާޓީ ތަމްސީލްކުރައްވާނެކަން މަޖިލީހުގެ ރިޔާސަތުން އިޢުލާންކުރެއްވީ 2021 ވަނަ އަހަރުގެ ތެރޭގައެވެ.

މަޖިލީހުގެ ޤަވާއިދުގެ 33 ވަނަ މާއްދާގެ (ބ)ގައި ބަޔާންކޮށްފައި ވަނީ މަޖިލީހަށް އިންތިޚާބުވުމަށް ފަހު ސިޔާސީ ޕާޓީއެއްގެ ނަމުގައި ތަމްސީލްކުރުމަށް އެދޭ މެންބަރުންގެ ޢަދަދު އެއްވެސް ވަގުތެއްގައި 3 މެންބަރުންނަށް ވުރެ މަދުވެއްޖެ ނަމަ އެ ޕާޓީއެއް މަޖިލީހުގައި ތަމްސީލްކުރުމަށް އެ މާއްދާގެ (ނ)ގެ ދަށުން ލިބޭ ހައިސިއްޔަތު އެ ޕާޓީއަކަށް ގެއްލިގެންދާނެ ކަމަށެވެ.

އެހެންކަމުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި މަޖިލީހުގައި މެންބަރުން ތަމްސީލްކުރުމުގެ ފުރުސަތު އެމްއެންޕީއަށް ގެއްލުނުކަން ރިޔާސަތުން ވަނީ އަންގާރަ ދުވަހު އިޢުލާންކުރައްވާފައެވެ. ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މިހާރު މަޖިލީހުގައި ތަމްސީލްކުރައްވާނީ މިނިވަން މެންބަރުންގެ ގޮތުގައެވެ.

އެމްއެންޕީ

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2025

މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް ފިޔަވަޅު އަޅާނަން - މަޖިލިސް

04 ސެޕްޓެމްބަރު 2025
މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް ފިޔަވަޅު އަޅާނަން - މަޖިލިސް
04 އޮކްޓޯބަރު 2023

ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު

04 އޮކްޓޯބަރު 2023
ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު
06 އޯގަސްޓު 2023

ނާޒިމްގެ ކެންޑިޑެސީ ފޯމް ހުށަހަޅުއްވައިފި

06 އޯގަސްޓު 2023
ނާޒިމްގެ ކެންޑިޑެސީ ފޯމް ހުށަހަޅުއްވައިފި
20 ޖުލައި 2023

އެއް ކެންޑިޑޭޓަކު ނެރެވިދާނެތަ؟

20 ޖުލައި 2023
އެއް ކެންޑިޑޭޓަކު ނެރެވިދާނެތަ؟
25 ޖޫން 2023

އިދިކޮޅު ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނާ ދޭތެރޭ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި

25 ޖޫން 2023
އިދިކޮޅު ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނާ ދޭތެރޭ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި
03 ޖޫން 2023

އިދިކޮޅުން ކުރިޔަށްގެންދިޔަ ޖަލްސާގައި "އިންޑިޔާ އައުޓް" ބެނާ ދަމައިފި

03 ޖޫން 2023
އިދިކޮޅުން ކުރިޔަށްގެންދިޔަ ޖަލްސާގައި "އިންޑިޔާ އައުޓް" ބެނާ ދަމައިފި
04 އެޕްރީލު 2023

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްއެންޕީން އެއްވެސް ޕާޓީއެއްގެ ފަހަތަށް ނޭރުމަށް ނިންމައިފި

04 އެޕްރީލު 2023
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްއެންޕީން އެއްވެސް ޕާޓީއެއްގެ ފަހަތަށް ނޭރުމަށް ނިންމައިފި
25 މާރިޗު 2023

ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަތައް އަވަސްކުރަން ގޮވާލައި އެމްއެންޕީން ރައީސް އަށް ސިޓީއެއް

25 މާރިޗު 2023
ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަތައް އަވަސްކުރަން ގޮވާލައި އެމްއެންޕީން ރައީސް އަށް ސިޓީއެއް
06 ފެބުރުއަރީ 2023

ތިލަފުށިން ބޭރުގެ ފަރާތްތަކަށް ބިން ވިއްކާތީ އެމްއެންޕީއިން ކަންބޮޑުވުން ފާޅުކޮށްފި

06 ފެބުރުއަރީ 2023
ތިލަފުށިން ބޭރުގެ ފަރާތްތަކަށް ބިން ވިއްކާތީ އެމްއެންޕީއިން ކަންބޮޑުވުން ފާޅުކޮށްފި
15 ޑިސެމްބަރު 2022

ޕްރައިމަރީގައި ވާދަވެރިކަމެއް ނެތި ނާޒިމަށް އެމްއެންޕީގެ ރިޔާސީ ޓިކެޓް

15 ޑިސެމްބަރު 2022
ޕްރައިމަރީގައި ވާދަވެރިކަމެއް ނެތި ނާޒިމަށް އެމްއެންޕީގެ ރިޔާސީ ޓިކެޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު