Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެންޕީގެ ސިޓީއެއް ރައީސަށް

ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަތައް އަވަސްކުރަން ގޮވާލައި އެމްއެންޕީން ރައީސް އަށް ސިޓީއެއް

ރައީސް އަށް ސިޓީ އެއް ފޮނުވީ މިމައްސަލައަކީ ޤާނޫނީ އަދި އިދާރީ ހައްލުތަކެއް ބޭނުންވާ މައްސަލައެއް ކަމަށް ފާހަގަ ކުރެވޭތީކަމަށް އެޕާޓީން ބުނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 25 މާރިޗު 2023 | ހޮނިހިރު 01:33
އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް

ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމުގެ ސަގާފަތެއް ރާއްޖޭގެ ކޯޓުތަކުން ކުރިއަށް ގެންދާތީ އެ ސަގާފަތަށް ނިމުމެއް ގެންނަން ޖެހޭކަން ފާހަގަކޮށް، ޝަރީޢަތް ނިމެންދެން ބަންދުކުރެވޭ ފަރާތްތަކުގެ މައްސަލަތައް އަވަހަށް ނިންމެވުމަށާއި، ބަންދުގައިވާ މީހުންނަށް އިޖުރާއީ އިންސާފު ލިބޭނެ ގޮތް ހަމަޖައްސަވާ ދެއްވުން އެދި މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ)ން ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ފޮނުވައިފިއެވެ.

އެމްއެންޕީން ބުނީ ރައީސް އަށް ފޮނުވި ސިޓީގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައި ކަނޑައަޅާފައިވާ އިޖުރާއަތް ހިންގޭނެ ފަހި އިންތިޒާމްތަކެއް ފަނޑިޔާރުގެއަށް ފަހިކޮށްދެއްވުމަށް ހުށަހަޅާފައިވާކަމަށެވެ.

Advertisement - newsAdvertisement

މިކަން ހުށަހަޅައި އެމްއެންޕީން މި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާއަށް ސިޓީ އެއް ފޮނުވީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާ ކޯޓުތަކުން މަނާކުރައްވާފައިވާ ގޮތަށް ބަލާ، މިމައްސަލައަކީ ޤާނޫނީ އަދި އިދާރީ ހައްލުތަކެއް ބޭނުންވާ މައްސަލައެއް ކަމަށް ފާހަގަ ކުރެވޭތީކަމަށް އެޕާޓީން ބުނެއެވެ. މިމައްސަލާގައި އެމްއެންޕީން ފޮނުވި ސިޓީގައި ކަމާ ގުޅުންހުރި ގިނަ ނުކުތާތަކެއް ފާހަގަކޮށްފައިވާނެކަމަށް އެޕާޓީން ބުނެއެވެ.

އޭގެ ތެރޭގައި ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައި ގާތްގަނޑަކަށް 343 މީހަކު ޖަލުތަކުގެ ހައްޔަރުގައި ތިބިއިރު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގެ ދަށުން އެ ފަރާތްތަކުގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރުމުގެ އަޑުއެހުން ފަނޑިޔާރުގޭގައި ނުހިނގާތީ މިފަރާތްތަކަށް އެވަނީ އިޖުރާއީ އިންސާފު ލިބުމުގެ މަގު ބަންދުވެފަކަމަށް ބުނެފައިވެއެވެ. އަދި، އޭގެ ތެރެއިން ބައެއް މިހުންގެ ޝަރީޢަތް ނުހިނގާ އަހަރުތަކަކަށް ދިގުދެމިގެން ގޮސްފައިވާކަން ފާހަގަ ކޮށްފައިވެއެވެ. ބޮޑު މައްސަލައަކަށް ތުހުމަތުކުރެވުމަކީ އިޖުރާއީ އިންސާފުން މީހުން އެއްފަރާތް ކުރެއްވޭނެ ޤާނޫނީ ހަމައެއް ނޫންކަމަށް އެޕާޓީން ބުނެއެވެ.

މި މައްސަލައާ ގުޅިގެން 7 މާރޗް ގައި ރައްޔިތުންގެ މަޖިލީހުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާ ސުވާލު ކުރެއްވުމުން ވެސް މީގެ އަޞްލު މައްސަލަ ޙައްލު ކުރެއްވުމަށް އެއްވެސް މަސައްކަތެއް ކުރެއްވި ވާހަކައެއް ވިދާޅު ނުވާކަމަށް ސިޓީގައި ބުނެފައިވެއެވެ.

މިފަރާތްތަކުގެ ޙައްޤުތައް ރައްކާތެރި ކޮށްދިނުމުގެ މުހިންމުކަން ރައްޔިތުންގެ މަޖިލީހަށާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ފަދަ ދައުލަތުގެ މުއައްސަސާތަކަށް ފެނިގެން، އެފަރާތްތަކުން މިކަން ޙައްލުކުރުމަށް މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އެހެންނަމަވެސް، ރައްޔިތުންގެ އަސާސީ ޙައްޤުތަކަކާއި ގުޅިފައިވާ މި މައްސަލައަށް އަދިވެސް ޙައްލެއް ގެނެވިފައެއް ނުވާކަމަށް އެމްއެންޕީން ބުނެއެވެ.

އެމްއެންޕީރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް ފިޔަވަޅު އަޅާނަން - މަޖިލިސް

މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް ފިޔަވަޅު އަޅާނަން - މަޖިލިސް

04 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ ފުރަތަމަ ހަމަލާ ދީފައިވަނީ ނޫސްވެރިންނަށް: ރައީސް ސާލިހު

ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ ފުރަތަމަ ހަމަލާ ދީފައިވަނީ ނޫސްވެރިންނަށް: ރައީސް ސާލިހު

10 ޑިސެމްބަރު 2024
އެމްޑީޕީއަށް 19 އަހަރު، ޕާޓީގެ ޙަރަކާތްތައް ޖުލައި މަހުން ފެށިގެން ފެނިގެން ދާނެ

އެމްޑީޕީއަށް 19 އަހަރު، ޕާޓީގެ ޙަރަކާތްތައް ޖުލައި މަހުން ފެށިގެން ފެނިގެން ދާނެ

26 ޖޫން 2024
މަޖިލީހުގައި ޕާޓީ ތަމްސީލްކުރުމުގެ ހައިސިއްޔަތު އެމްއެންޕީއަށް ގެއްލިއްޖެ

މަޖިލީހުގައި ޕާޓީ ތަމްސީލްކުރުމުގެ ހައިސިއްޔަތު އެމްއެންޕީއަށް ގެއްލިއްޖެ

21 ނޮވެމްބަރު 2023
ނަފްސާނީ ބަލީގެ ފަރުވާއަކީ އެންމެންނަށްވެސް ފަސޭހައިން ލިބޭ ފަރުވާއަކަށް ހަދަންޖެހޭ: ރައީސް

ނަފްސާނީ ބަލީގެ ފަރުވާއަކީ އެންމެންނަށްވެސް ފަސޭހައިން ލިބޭ ފަރުވާއަކަށް ހަދަންޖެހޭ: ރައީސް

10 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު