Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިލަފުށި ބިން ވިއްކާ އުސޫލު

ތިލަފުށިން ބޭރުގެ ފަރާތްތަކަށް ބިން ވިއްކާތީ އެމްއެންޕީއިން ކަންބޮޑުވުން ފާޅުކޮށްފި

ނިންމުން ބަދަލުކުރުމަށް އެމްއެންޕީން ވަނީ ސަރުކާރަށް ގޮވާލައިފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 6 ފެބުރުއަރީ 2023 | ހޯމަ 02:33
އެމްއެންޕީގެ ލީޑަރޝިޕް

އެމްއެންޕީގެ ލީޑަރޝިޕް

ތިލަފުށިން ބިދޭސީންނަށް ދިގު މުއްދަތަކަށް ބިން ވިއްކާގޮތަށް ހަމަޖައްސާފައިވާތީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ބީލަމުގެ އުސޫލުން ތިލަފުށިން ބިން ވިއްކާނެ އުސޫލު އާއްމުކޮށްފައެވެ. އެގޮތުން ދިވެހިންނާއި ބޭރު ފަރާތްތައް ހިމެނޭހެން އަމިއްލަ ފަރުދަކަށް ނުވަތަ ކުންފުންޏަކަށް ވެސް ބީލަން ހުށަހެޅިދާނެ ކަމަށާއި ބީލަން ކާމިޔާބު ކުރާ ފަރާތަކީ ދިވެހި ފަރުދެއް ނުވަތަ ކުންފުންޏެއްނަމަ އެ ފަރާތަކަށް ބިން މިލްކު ކުރެވޭނެ ގޮތަށް އަދި ބޭރުގެ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރާނީ 99 އަހަރަށް ކަމަށް ވަނީ ކަނޑައަޅައިފައެވެ.

މި ނިންމުމާ ގުޅިގެން ހޯމަ ދުވަހު އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނީ މާލެއަކީ ރާއްޖޭގެ ސިނާއީ ހަބް ކަމުގައިވާއިރު، ތިލަފުއްޓަކީ މާލޭގެ ސިނާއީ ތަރައްގީގެ ވަރަށް މުހިންމު ބައެއް ކަމަށެވެ. އަދި މާލެ ސަރަހައްދަކީ ބިމުގެ ގޮތުން ދަތި ސަރަހައްދަކަށްވާއިރު، މާލޭގެ ސިނާއީ ބޭނުންތަކަށް ބިން ކަނޑައަޅާފައިވާ ސަރަހައްދަކުން، ބޭރުގެ ފަރާތްތަކަށް ބިން ވިއްކަން 99 އަހަރަށް ދިނުމަށް ހުޅުވާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވަނީ ބުނެފައެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ބޭރުގެ މީހުންނާއެކު ވާދަކޮށްގެން ބިން ހޯދުމުގެ ވާދަވެރިކަމަކަށް ވަންނަން ޖެހުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުކުރާނޭ ކަމެއްކަމުގައި ދެކޭކަމަށް ވެސް އެމްއެންޕީން ވަނީ ބުނެފައެވެ. އަދި ކޮވިޑްގެ ގެއްލުންތަކުން ވިޔަފާރިތަކަށް މުޅިން އަރައިނުގަނެވިގެން އުޅެނިކޮށް، ދިވެހި ވިޔަފާރިވެރިންނަށް ހުރި ރައްކާތެރިކަމުގެ އުސޫލުތައް ނިގުޅައިގަތުމަކީ ބަލައިގަނެވޭނޭ ކަމެއްނޫން ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.

މީގެ އިތުރުން މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި އަދި އާއިލާތަކުގެ މާލީ ހާލަތަށް ސީދާ ގެއްލުންވާނެ ކަމަށް ވެސް އެމްއެންޕީއިން ބުނެއެވެ.

ތިލަފުށީގެ ސިނާއީ ސަރަޙައްދުން ބޭރުމީހުންނަށް ބިންވިއްކުމަށް ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް އެމްއެންޕީން ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

އެމްއެންޕީހަސަން އަބްދުއްރަހްމާން އެޗްޑީސީ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ނިމިދިޔަ އަހަރު 109 މިލިއަން ރުފިޔާގެ ގެއްލުމުގައި ނިންމާލި، އެޗްޑީސީ ގެ މުވައްޒަފުންނަށް 18600 ރުފިޔާ ގެ އަހަރީ ބޯނަސް

15 ޑިސެމްބަރު 2025
 ނިމިދިޔަ އަހަރު 109 މިލިއަން ރުފިޔާގެ ގެއްލުމުގައި ނިންމާލި، އެޗްޑީސީ ގެ މުވައްޒަފުންނަށް 18600 ރުފިޔާ ގެ އަހަރީ ބޯނަސް
14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
13 ޑިސެމްބަރު 2025

ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

13 ޑިސެމްބަރު 2025
ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
05 ޑިސެމްބަރު 2025

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!
05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު