Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއެއް ކެންޑިޑޭޓެއްގެ މަޝްވަރާ

އެއް ކެންޑިޑޭޓަކު ނެރެވިދާނެތަ؟

20 ޖުލައި 2023 | ބުރާސްފަތި 10:01

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެއް ކެންޑިޑޭޓަކު ނެރުމަށް މަޝްވަރާ ކުރި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ޖުލައި 2023 | ބުރާސްފަތި 10:01
އެއް ކެންޑިޑޭޓަކު ނެރުމަށް ގާސިމާއި ނަޝީދު އަދި ނާޒިމް އެއްބަސްވެވަޑައިގެން، ޕީޕީއެމް އާއި އެމްއާރްއެމްއާ މަޝްވަރާކުރަން ނިންމެވިކަމަށް ވިދާޅުވުން

އެއް ކެންޑިޑޭޓަކު ނެރުމަށް ގާސިމާއި ނަޝީދު އަދި ނާޒިމް އެއްބަސްވެވަޑައިގެން، ޕީޕީއެމް އާއި އެމްއާރްއެމްއާ މަޝްވަރާކުރަން ނިންމެވިކަމަށް ވިދާޅުވުން

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަދި ދަ ޑިމޮކްރެޓްސް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމަށް މިވަނީ އެއްބަސްވެފައެވެ.

މ. ކުނޫޒުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް، ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ބައްދަލުކުރައްވާފައިވާއިރު، މި ބައްދަލުކުރެއްވުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެއް ކެންޑިޑޭޓަކު ނެރެގެން މަސައްކަތް ކުރެވޭނެ ފޯމިއުލާއެއް އޮތްތޯ ބެލުމަށް ބޭއްވި ބައްދަލުކުރެއްވުމެއްކަމަށް އެބޭފުޅުން ވިދާޅުވެއެވެ.

ތިން ބޭފުޅުންވެސް ވަނީ މިހާރު އެންމެ ރަނގަޅު ގޮތަކީ ހުރިހާ ޕާޓީތަކުން އެއްބަސްވެވޭ ކެންޑިޑޭޓަކު ނެރުން ކަމަށާއި އެކަމާ ޕީޕީއެމްއާ މަޝްވަރާ ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެ ވާހަކައަށް މާގިނަ އިރުތަކެއް ނުވެ ޕީޕީއެމްއިން ވަނީ ރައްދު ދީފައެވެ. ޕީޕީއެމްއިން ބުނީ އެ ޕާޓީގެ ސްޓޭންޑަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަކީ ޕާޓީތަކުން އެއްބަސްވާ ކެންޑިޑޭޓްކަމުގައި ހަމަޖެއްސުމަށް އެދޭ ކަމަށެވެ.

ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ޙުކުމާއެކު، މިއީ ވުން ނާދިރު ކަމެކެވެ. ވީއިރު ދެން އުފެދޭ ސުވާލަކީ ޕީޕީއެމްއިން ޔާމީނު ނޫން ފަރާތެއް ވެރިކަމަށް ގެނައުމަށް ބައިއަތު ހިފާނެބާއެވެ؟ ނުހިފާނަމަ، ޕީޕީއެމްއިން ނެރޭނެ ކެނޑިޑޭޓަކީ ކޮބައިބާއެވެ؟

ނުވަތަ ޕީޕީއެމްއިން ނެރޭ ކެންޑިޑޭޓެއްގެ ފަހަތަށް ދެން ތިއްބެވި ބޭފުޅުން އަރާނެބާއެވެ؟

ދެން އޮތީ ޖުމްހޫރީ ޕާޓީގެ ވާހަކައެވެ. ތިން ޕާޓީން ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމާފައިވާއިރު، ގާސިމާއި ނާޒިމަކީވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ދެބޭފުޅުންނެވެ.

ދެބޭފުޅުން ވެސް ގެންދަވަނީ އިންތިޚާބަށް އެކި ފެންވަރުގައި ކެމްޕޭން ކުރައްވަމުންނެވެ.

ނުވިތާކަށް ގާސިމާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު 2008ގައި ހެއްދެވި ކޯލިޝަންވެސް ނިމިގެން ދިޔަގޮތް ރައްޔިތުންނަށް ވަނީ ފެނިފައެވެ. އެ ވެރިކަމުގައާއި ދެން އައި ވެރިކަމުގައިވެސް ކޯލިޝަން ސަރުކާރު ރަނގަޅަށް ނޭވާނުލެވި އުޅެނިކޮށް، ފުރަތަމަ ވެރިކަމާ ދެކޮޅަށް ނުކުންނެވީ ކޮން ބޭފުޅުންނެއްކަން މިއަދު ރައްޔިތުން ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެއެވެ.

ދެން އޮތީ ދި ޑިމޮކްރެޓްސްއެވެ. އެންމެ ފަހުން އިވިގެން މި ދިޔަ ޚަބަރަކީ ރިޔާސީ އިންތިހާބުގައި އެއްބަސްވެވޭ އެއް ކެންޑިޑޭޓަކު ނެރުމަށް ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީއާއެކު އެއްބަސްވުމަށްފަހު ވެސް ޑިމޮކްރަޓުން ވަކިން ކެންޑިޑޭޓަކު ނެރެން ރިޔާސީ ޕްރައިމަރީ ބޭއްވުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ނިންމި ވާހަކައެވެ.

އަދި މި އުޅެނީ އެއް ކެންޑިޑޭޓަކު ނެރުމަށް މަޝްވަރާ ކުރަން ތިއްބެވި ގޮނޑީގެ ހޫނުކަން ނުކެނޑިއެވެ. އެހެންކަމުން މިއީ ވުމަށްވުރެ ނުވުން ގާތް ކަމެއް ކަމުގެ ކޮޅުމަތި މިދަނީ ފެންނަމުންނެވެ.

އެމްޑީޕީޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންޖުމްހޫރީ ޕާޓީދަ ޑިމޮކްރެޓްސްއެމްއެންޕީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
26 ނޮވެމްބަރު 2025

އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު

26 ނޮވެމްބަރު 2025
އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް