Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެންޕީން ކޯލިޝަން ނުހެދުމަށް ނިންމުން

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްއެންޕީން އެއްވެސް ޕާޓީއެއްގެ ފަހަތަށް ނޭރުމަށް ނިންމައިފި

ޕާޓީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފެންނަމުންދާ ނަތީޖާއަށް ބަލާ، ޕާޓީއިން ޤަބޫލު ކުރަނީ ރައްޔިތުންގެ ތާއީދާއި އިތުބާރު ޕާޓީއަށް ލިބެމުންދާ ކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 4 އެޕްރީލު 2023 | އަންގާރަ 13:02
އެމްއެންޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އެމްއެންޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ން އެއްވެސް ޕާޓީއެއްގެ ފަހަތަށް ނޭރުމަށް ނިންމައިފިއެވެ.

އެޕާޓީން މިގޮތަށް ނިންމާފައިވާކަން ހާމަކޮށްފައިވަނީ ޖުމްހޫރީ ޕާޓީ(ޖޭޕީ)ން އިސްވެއޮވެ މަސައްކަތްކުރާ ގޮތަށް، އެޕާޓީއިން ސިޔާސީ ޕާޓީތަކަށް ފޮނުވި ދައުވަތަށް ދިން ޖަވާބުގައެވެ. އެމްއެންޕީން ބުނީ އެޕާޓީން މިގޮތަށް ނިންމާފައިވަނީ އަންގާރަ ދުވަހު އޮތް އެޕާޓީގެ އެގްޒެކެޓިވް ކޮމިޓީއިން ގިނަ ކަންކަމަށް ރިއާޔަތް ކުރުމަށްފަހުކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ޖޭޕީން ހުށަހެޅި ފަދައިން އެޕާޓީން އިސްވެއޮވެ އުފައްދާ ކޯލިޝަނެއްގައި އެމްއެންޕީން ބައިވެރިވުމަކީ، ޕާޓީގެ އަސާސީ ޤަވާޢިދުގައި ކަނޑައަޅާފައިވާ ޝަޚްސީ މަޤުޞަދު ގެއްލޭނެ ޢަމަލަކަށްވުމުގެ އިތުރުން، އެދައުވަތު ޤަބޫލުކުރުމަކީ ރިޔާސީ އިންތިޚާބުގައި ޕާޓީގެ ކެންޑިޑޭޓަކު ކުރިމަތިލާނެ ކަމަށް ކެނޑިނޭޅި ރައްޔިތުންނަށް ދެމުންދިޔަ ޔަޤީންކަން ގެއްލިގެންދާނެ ކަމެއްކަމަށް އެޕާޓީން ބުނެފައި ވެއެވެ. މީގެ އިތުރުން، އެހެން ޕާޓީއެއްގެ ފަހަތަށް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެރުމަކީ ޕާޓީގެ އާންމު މެމްބަރުންނާއި ޕާޓީއަށް ތާޢީދުކުރާ ފަރާތްތަކުގެ ވިސްނުމާ ފުށުއަރާނެ ނިންމުމެއްކަމަށްވެސް ބުނެފައިވެއެވެ.

އެމްއެންޕީން ބުނީ ޕާޓީ އުފެއްދުމަށްފަހު މިހާތަނަށް ކުރެވިފައިވާ މަސައްކަތުންނާއި، ރިޔާސީ އިންތިޚާބާ ގުޅިގެން ޕާޓީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފެންނަމުންދާ ނަތީޖާއަށް ބަލާ، ޕާޓީއިން ޤަބޫލު ކުރަނީ ރައްޔިތުންގެ ތާއީދާއި އިތުބާރު ޕާޓީއަށް ލިބެމުންދާ ކަމަށެވެ. އެހެންކަމުން، ރައްޔިތުންނަށް އަރުވާ ޔަޤީންކަމަކީ ތަޞައްވުރެއް އޮތް ކޮންމެ ބަޔަކާއެކުވެސް އެމްއެންޕީން ގުޅިގެން އިސްވެ މަސައްކަތް ކުރާނެކަން، ކަމަށް ބުނެފައި ވެއެވެ.

އެމްއެންޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ އެޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރ މުހައްމަދު ނާޒިމެވެ. އެޕާޓީން އަންނަނީ ކެމްޕެއިންގެ ހަރަކާތްތައްވެސް ހިންގަމުންނެވެ.

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވަނީ އެމްއެންޕީ އާއި ޕީޕީއެމް އަދި ޑރ. މުހައްމަދު މުނައްވަރަށާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ކޯލިޝަން ހެދުމުގެ ދައުވަތު ފޮނުވާފައެވެ. އެ ދައުވަތާ ގުޅިގެން ޕީޕީއެމް އިންވެސް ބުނެފައިވަނީ އެހެން ބަޔަކު އިސްވެ އޮވެ ހަދާ ކޯލިޝަނެއްގައި ބައިވެރިނުވާނެކަމަށާއި އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކު ވާދަކުރާނެކަމަށެވެ.

އެމްއެންޕީޖޭޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް ފިޔަވަޅު އަޅާނަން - މަޖިލިސް

މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް ފިޔަވަޅު އަޅާނަން - މަޖިލިސް

04 ސެޕްޓެމްބަރު 2025
ޑީއެންއާރް ތެރޭގައި ޕާޓީއަށް މީހުން ވައްދަން ޕީއެންސީގެ ފޯމު ފުރާކަން ފަޅާ އަރައިފި!

ޑީއެންއާރް ތެރޭގައި ޕާޓީއަށް މީހުން ވައްދަން ޕީއެންސީގެ ފޯމު ފުރާކަން ފަޅާ އަރައިފި!

27 އޮކްޓޯބަރު 2024
މަޖިލީހުގައި ޕާޓީ ތަމްސީލްކުރުމުގެ ހައިސިއްޔަތު އެމްއެންޕީއަށް ގެއްލިއްޖެ

މަޖިލީހުގައި ޕާޓީ ތަމްސީލްކުރުމުގެ ހައިސިއްޔަތު އެމްއެންޕީއަށް ގެއްލިއްޖެ

21 ނޮވެމްބަރު 2023
ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު

ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު

04 އޮކްޓޯބަރު 2023
ރިޔާޒު ރަޝީދުގެ ތާއީދު ރައީސް ޞާލިހަށް

ރިޔާޒު ރަޝީދުގެ ތާއީދު ރައީސް ޞާލިހަށް

21 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު