Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިދިކޮޅު ޕާޓީތައް

އިދިކޮޅު ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނާ ދޭތެރޭ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި

އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަންޖެހޭނީ ނުފޫޒުން އެއްކިބާނުވެކަަމަށް ޕާޓީތަކުން ބުނި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 25 ޖޫން 2023 | އާދީއްތަ 13:12
އާދިއްތަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ޕާޓީތަކުގެ މެމްބަރުން

އާދިއްތަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ޕާޓީތަކުގެ މެމްބަރުން

ސަރުކާރާ އިދިކޮޅުގައި މިވަގުތު އޮތް ޕާޓީތައް ގުޅިގެން އިލެކްޝަންސް ކޮމިޝަނާ ދޭތެރޭގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފިއެވެ.

އިދިކޮޅުގައި ހިމެނޭ ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އެމްއެންޕީ، އެމްއާރްއެމް އަދި ދަ ޑިމޮކްރެޓްސް ގުޅިގެން އާދިއްތަ ދުވަހުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންމެ ޕާޓީއަކުންވެސް ވަނީ އެ ޕާޓީގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. މިގޮތުން އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުންދާ ގޮތާއި ގުޅޭގޮތުން ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިގޮތުން އިލެކްޝަންސް ކޮމިޝަނަކީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތަށް ވާއިރު ޕާޓީއެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އަޅަމުންދާކަމަށް ޕާޓީތަކުން ވަނީ ބުނެފައެވެ. އަދި ގާނޫނު ތަމްފީޒުކުރަންޖެހޭ އިދާރާއެއްގެ ހައިސިއްޔަތުން އިންތިޚާބާ ދިމާކޮށް އުސޫލުތަކަ ޚިލާފު އެތައް ކަމެއް ފެންނަމުންދާކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އިލެކްޝަންސް ކޮމިޝަން އޮތީ ވަރަށް ބޮޑަށް ސަރުކާރުގެ ނުފޫޒުގެ ތެރޭގައި ކަމަށާއި، އިލެކްޝަންސް ކޮމިޝަނާ ދޭތެރޭ ރައްޔިތުންގެ އޮތް އިތުބާރު މިއަދު ގެއްލިފައިވާކަމަށް ޕާޓީތަކުން ބުނެފައިވެއެވެ. އިލެކްޝަންސް ކޮމިޝަނަކީ މިއަދު މިނިވަން މުސްތަގިއްލު ކޮމިޝަނެކޭ ބުނެވޭނެ ޖާގަ މިއަދު ނެތްކަމަށްވެސް ޕާޓީތަކުން ބުނެފައިވެއެވެ.

އެމްޑީޕީން ވަކިވި މެމްބަރުން އުފެއްދުމަށް މަސައްކަތްކުރަމުންދާ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ އަދި ނުދޭން މިދިޔަ ހަފްތާގައި އީސީން ނިންމާފައިވެއެވެ. މި ނިންމުމާއެކު އިސީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށް އަދިއްތަ ދުވަހު އެ ކޮމިޝަނުން ވަނީ އީދުބަންދަށް ފަހު ހުޅުވޭ ދުވަސް ކަމަށްވާ އަންނަ މަހުގެ ދޭއްވާ އާދީއްތަ ދުވަހު "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ހުއްދަ ދޭން ނިންމާފައިވާކަމަށް ބުނެފައެވެ. މިކަމާ ގުޅިގެން "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ހުށަހެޅުއްވި މެމްބަރު ހަސަން ލަތީފް ވަނީ އެހުއްދަ މިއަދު ނުދޭންވީ ކޮންސަބަބަކާ ހެދިތޯ ސުވާލުކުރައްވާފައެވެ.

ދަ ޑިމޮކްރެޓްސްއެމްއެންޕީޕީޕީއެމްޖޭޕީމޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
17 ނޮވެމްބަރު 2025

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު