Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމެރިކާގެ އެހީތެރިކަން

ކުރިއެކޭ އެއްގޮތަށް މިހާރުވެސް އެހީތެރިކަން ދެމުންދާނަން - އެމެރިކާ

ދެޤައުމު ގުޅިގެން މިހާރު ކުރިއަށްގެންދާ ޕްރޮގްރާމުތައް އެއަށްވުރެ ފުރިހަމައަށް ގެންދެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2023 | އާދީއްތަ 07:46
ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ވަފުދާއިއެކު މެންދުރުގެ ފަރިއްކޮޅުގައި

ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ވަފުދާއިއެކު މެންދުރުގެ ފަރިއްކޮޅުގައި

ކުރިއެކޭ އެއްގޮތަށް މިހާރުވެސް އެހީތެރިކަން ދެމުންދާނެކަމުގެ ޔަގީންކަން އެމެރިކާއިން ރާއްޖެއަށް ދީފިއެވެ.

އެމެރިކާއިން މިފަދައިން ބުނެފައިވަނީ އެމެރިކާއިން ރާއްޖެއަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއެކު ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭއްބެވި ފަރިއްކޮޅުގެ ތެރެއިންނެވެ.

އެމެރިކާގެ މި ވަފުދުގެ އިސްވެރިއެއްގެ ގޮތުން ހިމެނިވަޑައިގަންނަވަނީ އެމެރިކާގެ އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް)ގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ދިވެހި ސަރުކާރުގެ އިސްބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފުދެއްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކުރެވުނު މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ ދެޤައުމު ގުޅިގެން މިހާރު ކުރިއަށްގެންދާ ޕްރޮގްރާމުތައް އެއަށްވުރެ ފުރިހަމައަށް ގެންދެވޭނެ ގޮތްތަކާއި، ކުރިމަގުގައި ކުރިއަށްގެންދާނެ ޕްރޮގްރާމުތައް ބައްޓަންކުރާނެ ގޮތްތަކަށާއި، އަދި ދެ ޤައުމުން އިސްކަންދޭ ދޭދޭ އަދި ބައިނަލްއަޤްވާމީ މައްސަލަތަކަށެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހި ސަރުކާރުގެ ވަފުދުގެ ފަރާތުން ވަނީ، މި ސަރުކާރުގެ މުހިންމު ސިޔާސަތުތަކާއި ކުރިއަށް ރޭވިފައިވާ ޕްލޭންތަކާ ގުޅޭގޮތުން އެމެރިކާގެ ވަފުދުގެ ބޭފުޅުންނާ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ކާރިސާތަކުން ރައްކާތެރިވުމާއި، ދުރާލާ އިންޒާރުދޭ ނިޒާމުތައް ހަރުދަނާ ކުރުމަކީވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު މުހިންމު ކަންކަމެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ބޭރުގެ މާކެޓްތަކުގައި ނަގާ ފީ ކުޑަކުރުމުގެ މުހިންމުކަމާއި، ކާނާގެ ރައްކާތެރިކަން އިތުރުކުރުމަށް ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމާއި، އަދި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ ފަންޑު ހަމަޖެއްސުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމާއި، އިޤްތިޞާދު އާރާސްތުކުރުމާއި، ނޭޗަރ ޕާކްތައް ރައްކާތެރިކޮށް ދެމެހެއްޓުން ފަދަ ކަންކަމަކީ އެހީތެރިކަމާ އެއްބާރުލުން ބޭނުންވާ މުހިންމު ދާއިރާތައްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އެމެރިކާގެ ވަފުދުގެ ފަރާތުން ވަނީ ރާއްޖެއާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމުގައި ދެމުން އަންނަ އެއްބާރުލުމާއި އެހީތެރިކަން މިހާރެކޭވެސް އެއްގޮތަށް ކުރިއަށް އޮތްތަނުގައިވެސް ލިބެމުންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތ. އެލާއަށް މިހާރުވެސް ވާނީ 4.6 މިލިއަން ޑޮލަރު ދައްކާފަ: ޤާސިމް

ތ. އެލާއަށް މިހާރުވެސް ވާނީ 4.6 މިލިއަން ޑޮލަރު ދައްކާފަ: ޤާސިމް

04 އެޕްރީލު 2017
އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ

އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ

25 މާރިޗު 2017
ފާރިސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހައްގުގައި، ރައީސް މައުމޫނުގެ އިރުޝާދާ އެއްގޮތަށް: މައުމޫނު ފެކްޝަން

ފާރިސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހައްގުގައި، ރައީސް މައުމޫނުގެ އިރުޝާދާ އެއްގޮތަށް: މައުމޫނު ފެކްޝަން

24 މާރިޗު 2017
ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ

ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ

28 ފެބުރުއަރީ 2017
ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

27 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު