Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަށު ފަތުރުވެރިކަން

ގެސްޓުންނަކީ އައްޗި ހެދުން ލައިގެން އައްޗި ކޮށް އުޅޭ ބައެއް ކަމުގެ ޝަކުވާ ރައީސް އަށް

21 އޯގަސްޓު 2025 | ބުރާސްފަތި 10:36

ނޯޓު ކޮޅުގައި ލިޔެފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވީ، އެ ކުދިން ވެސް ބީޗަށް ދާން ބޭނުންވާ ކަމަށާއި، އެކަމަކު ގެސްޓުން އުޅެނީ އައްޗިކޮށް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 އޯގަސްޓު 2025 | ބުރާސްފަތި 10:36
އއ އުކުޅަހު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ

އއ އުކުޅަހު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ

ގެސްޓުންނަކީ އައްޗި ހެދުން ލައިގެން އައްޗި ކޮށް އުޅޭ ބައެއް ކަމަށް ބުނެ ހުށަހެޅި ޝަކުވާ އެއް ރައީސް އިއްވަވައިފިއެވެ.

އއ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި، އެ އަތޮޅު އެކުޅަހަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަ ފުޅުގައި ރައީސް އެ މެސެޖު އިއްވައިވައި ދެއްވީ އުކުޅަހު ތުއްތު ކުދިން ތަކެއްގެ ފަރާތުން ލިބިވަޑައިގެންނެވި ނޯޓު ކޮޅެއް ގައި އޮތް އެއްޗެއް ކަމަށް ވިދާޅުވެއެވެ.

Advertisement - newsAdvertisement

އެ މެސެޖު އޮތް ގޮތަށް ކިޔަން ބޭނުންވާ ކަމަށް ވިދާޅުވެ، އެ ނޯޓު ކޮޅު ރައީސް މުޢިއްޒު ވަނީ ކިޔުއްވައިފަ އެވެ.

މިހެން ވިދާޅުވުމާއެކު ރައީސް ވިދާޅުވީ އެ ނޯޓު ކޮޅު އުކުޅަހު ކުޑަކުދިންގެ ފަރާތުން ލިބުނީ "އެ ވާހަކަ ދައްކަން ނިންމައިގެން ހުއްޓާ" ކަމަށެވެ.

އެ ނޯޓު ކޮޅުގައި ލިޔެފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވީ، އެ ކުދިން ވެސް ބީޗަށް ދާން ބޭނުންވާ ކަމަށާއި، އެކަމަކު ގެސްޓުން އުޅެނީ އައްޗިކޮށް ކަމަށެވެ. އެގޮތުން ބީޗުގައި ވެސް، ރެސްޓޯރެންޓުގައި ވެސް އަދި މަގުމަތީގައި ވެސް ގެސްޓުން އައްޗިކޮށް އުޅޭ ކަމަށް ލިޔެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ގެސްޓުން އުޅެނީ އައްޗި ހެދުން ލައިގެން ކަމަށް ލިޔެފައިވާ ކަމަށް ވިދާޅުވެ، ރައީސް މުޢިއްޒު ވިދާޅުވީ އެ ނޯޓު ކޮޅުގައި ވަރަށް ރީތިކޮށް ކުރަހާފައި އޮތް ކަމަށެވެ.

އަޅުގަނޑު ހަމަ ތަން ކޮޅެއް ސިމްޕަލްކޮށް މިކަން ދަންނަވާލަން. މިކަން ވިސްނައިގެން މި ދަތުރުގައި މިދިޔަ ހުރިހާ ރަށެއްގައި މިކަން ފާހަގަވި އަދި އަޅުގަނޑު އެ ވާހަކަ ދައްކަން ވިސްނައިގެން ހުރި މައުޟޫއެއް މިއީ. މި ވާހަކަ ދައްކަން ނިންމައިގެން ހުއްޓައި، މި ރަށުގެ ކުޑަ ކުދިންގެ ފަރާތުން އަޅުގަނޑަށް ލިބުނު މެސެޖެއް އަޅުގަނޑު ކިޔާލާނަން. އަޅުގަނޑު އަތަށް ލިބުނު މެސެޖެއް. ހަމަ އޮތް ގޮތަށް ކިޔާލާނަން. ކޮއްކޮމެން ބޭނުން ބީޗަށް ދާން. އެކަމަކު ގެސްޓުން އުޅެނީ އައްޗިކޮށް. ބީޗުގައި ވެސް، ރެސްޓޯރެންޓުގައި ވެސް، މަގު މަތީގައި ވެސް ގެސްޓުން އުޅެނީ އައްޗި ހެދުން ލައިގެން. ވަރަށް ރީތިކޮށް ކުރަހާފައި އޮތް ކުރެހުމަކާ އެއްކޮށް ކުޑަ ކުދިން އަޅުގަނޑަށް ދިން މެސެޖެއް.
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ އެއީ އެމަނިކުފާނު ވެސް ދައްކަވާ ވާހަކަ ކަމަށެވެ. އަދި އަމިއްލަ ނަފުސަށް، އަމިއްލަ އަށް އޮޅުވާލަނީ ކޮން ކަމެއްތޯ ވިސްނަން ޖެހޭކަން ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، ލޯކަލް ޓުއަރިޒަމް ކުރިއަށް ގެންދާއިރު އިންތަކުގައި ހިފަހައްޓަން ޖެހޭ ކަމަށެވެ.

އަދި އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތުގެ މަތިން މުއްސަނދިކަން ހޯދަން މަސައްކަތް ކުރުމުން، ބަރަކާތް ލައްވާނެ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އެކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވަނީ ލޯކަލް ޓުއަރިޒަމްގެ މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ފާޑު ވިދާޅުވެފަ އެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ސިކުނޑި ތަރައްޤީ ނުވެ އެއްވެސް ތަރަައްޤީއެއް ނުހޯދޭނެ ކަމަށެވެ. ސިކުނޑި ތަރައްްޤީ ނުވެ ކިތަންމެ ބައިވަރު އިމާރާތްތަކެއް އެޅި ނަަމަވެސް، މަގުތަކެއް ހެދި ނަމަވެސް އަދި ސްލިޕްވޭ ތަކެއް އެޅި ނަމަވެސް އެއްވެސް ކަމެއް ޙާސިލު ނުވާނެ ކަމަށް ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއއ. އުކުޅަސްރަށު ފަތުރުވެރިކަން

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
07 ޑިސެމްބަރު 2025

މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް

07 ޑިސެމްބަރު 2025
މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް
06 ޑިސެމްބަރު 2025

އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ

06 ޑިސެމްބަރު 2025
އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް