Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޑެލްޓާ އެއަރލައިންސް

ވިންޑޯ ނެތި 'ވިންޑޯ ސީޓް' ވިއްކުމާ ގުޅިގެން ޑެލްޓާ އަދި ޔުނައިޓެޑްގެ މައްޗަށް ދަޢުވާ އުފުލައިފި

އެމެރިކާ ދެ އެއަރލައިނަކުން ކުޑަދޮރު ނެތް ގޮނޑިތަކަށް އިތުރު ފައިސާ ނަގާ މައްސަލައިގައި އެތައް މިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ހޯދުމަށް ހުށަހަޅާފައިވާއިރު ބުނެފައިވަނީ ފަސިންޖަރުން ކުޑަދޮރު ގޮނޑިއަށް އިތުރަށް ފައިސާ ދެއްކި ނަމަވެސް، ހަމައެކަނި ހުދު ފާރެއް ހުރި ގޮނޑިތަކެއް ލިބުމުން އެއީ އޮޅުވާލުމެއް ކަމަށެވެ.

ރާއްޖެ އެމްވީ | 21 އޯގަސްޓު 2025 | ބުރާސްފަތި 08:38
ޔުނައިޓެޑް އެއާލައިންސް ބޮއިންގް 787 ޑްރީމްލައިނަރ އެއާކްރާފްޓެއްގެ ތެރެއިން ވިންޑޯ ސީޓެއްގެ މަންޒަރެއް

ޔުނައިޓެޑް އެއާލައިންސް ބޮއިންގް 787 ޑްރީމްލައިނަރ އެއާކްރާފްޓެއްގެ ތެރެއިން ވިންޑޯ ސީޓެއްގެ މަންޒަރެއް

ކުޑަދޮރު ނެތި ކުޑަދޮރު ގޮނޑި ވިއްކި މައްސަލައިގައި އެމެރިކާގެ ޑެލްޓާ އެއަރ ލައިންސް އަދި ޔުނައިޓެޑް އެއަރލައިންސްގެ މައްޗަށް ދައުވާ ކޮށްފިއެވެ.

ޑެލްޓާ އެއަރ ލައިންސް އަދި ޔުނައިޓެޑް އެއަރލައިންސްގެ މައްޗަށް އުފުލި ދައުވާގައި ކުޑަދޮރު ގޮނޑިއަށް އިތުރު ފައިސާ ނެގުަމާއެކު ވެސް ބޯޓުގައި "ހުދު ފާރަކާ" ޖެހިގެން ހުންނަ ގޮނޑީގައި ތިބެން ޖެހޭ ކަމަށް ބުނެފައިވެއެވެ.

އެމެރިކާގެ މި ދެ އެއަރލައިންގެ މައްޗަށް ވަކިވަކިން ކުރެވިފައިވާ މި ދަޢުވާތަކުގައި ކޮންމެ އެއަރލައިނެއްގެ އެއް މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންނަށް މިލިއަން ޑޮލަރުގެ ބަދަލު ހޯދުމަށް އެދިފައިވެއެވެ. ޓިކެޓް ގަތުމުގެ މަރުހަލާގައި މި ގޮނޑިތަކުގައި ކުޑަދޮރު ނުހުންނަކަން އަންގާފައި ނުވާކަމަށާއި، އަދި އިތުރު ފައިސާވެސް ނަގާފައިވާކަމަށް އެފަރާތްތަކުން ބުނާ ކަމަށް ބީބީސީ އިން ރިޕޯޓުކޮށްފައިވެއެވެ.

މިއީ ޝަރީޢަތުގައިވާ މައްސަލައަކަށްވާތީ ޔުނައިޓެޑް އިން އެއްވެސް ކޮމެންޓެއް ދޭން ބޭނުން ނުވާ ކަމަށާއި ބީބީސީއިން ޑެލްޓާ އަށް ކޮމެންޓަށް އެދިފައިވާ ކަމަށް ޚަބަރުގައި ވެއެވެ.

މި ދަޢުވާތަކުގައި، ކުޑަދޮރު ހުންނަ ގޮނޑިއަށް އިތުރު ފީ ދެއްކި ނަމަވެސް ކުޑަދޮރު ނެތް ގޮނޑި ލިބުނު ފަސިންޖަރުންނަށް ފައިސާ އަނބުރާ ހޯދުމަށް އެދިފައިވެއެވެ. ބީބީސީ އިން ބުނެފައި ވަނީ މި ދެ ދަޢުވާވެސް ހުށަހަޅާފައިވަނީ ގްރީންބާމް އޮލްބްރާންޓްޒް ޤާނޫނީ ފާމުންނެވެ. އެއަރ ކޮންޑިޝަނިންގ ޑަކްޓްތަކާއި، ވަޔަރިންގ އަދި އެހެނިހެން ތަކެތި ހުންނަ ގޮތުން ބޯއިންގ އަދި އެއަރބަސް މަތިންދާބޯޓުތަކުގެ ބައެއް ގޮނޑިތަކުގައި ކުޑަދޮރު ނުހުންނަ ކަމަށް މައްސަލައިގައި ބުނެފައިވެއެވެ.

ކޯޓު ލިޔެކިޔުންތަކުގައިވާ ގޮތުން، ޓިކެޓް ގަތުމުގެ މަރުހަލާގައި ޑެލްޓާ އަދި ޔުނައިޓެޑް އިން މި ގޮނޑިތަކުގައި ކުޑަދޮރު ނުހުންނަކަން ފާހަގަކޮށްފައި ނުވެއެވެ. ދަޢުވާތަކުގައި ބުނެފައިވާ ގޮތުން، މީހުން ކުޑަދޮރު ގޮނޑި ގަންނަނީ އެކި ސަބަބުތަކަށް ޓަކައެވެ. އޭގެ ތެރޭގައި ވައިގެ ދަތުރުކުރުމުގެ ބިރުވެރިކަމާއި މޯޝަން ސިކްނަސް އަށް ހައްލެއް ހޯދުމަށާއި، ކުޑަކުދިން މަސްއޫލުކުރުމަށް ނުވަތަ މަންޒަރު ބެލުމަށްޓަކައެވެ. ޝަކުވާތަކުގައިވާ ގޮތުން، ކުޑަދޮރު ނުހުންނަކަން އެނގުނުނަމަ، ބައެއް ފަސިންޖަރުން އެ ގޮނޑިތައް އިޚްތިޔާރު ނުކުރީސް ކަމަށާއި އަދި އެއަށް އިތުރު ފައިސާ ނުދެއްކީސް ކަމަށް ބުނެފައިވެއެވެ.

ލިޔެކިޔުންތަކުގައިވާ ގޮތުން، ދެ އެއަރލައިނުން ވެސް މަތިންދާބޯޓުގެ އަރިމަތީގައި ހުންނަ ހުރިހާ ގޮނޑިއެއް ސިފަކުރަނީ ކުޑަދޮރު ގޮނޑީގެ ގޮތުގައެވެ. އެއީ ބައެއް ގޮނޑިތަކުގައި ކުޑަދޮރު ނުހުންނަކަން އެނގިހުރެއެވެ. އާންމު ގޮނޑިއަކާ އަޅާބަލާއިރު ކުޑަދޮރު ގޮނޑި އިޚްތިޔާރު ކުރުމަށް އިތުރު ފައިސާ ނެގިދާނެއެވެ. ކޮންމެ މައްސަލައެއްގައިވެސް ވަކާލާތުކުރާ ޤާނޫނީ ވަކީލުން މިކަން ސިފަކޮށްފައި ވަނީ އޮޅުވާލުމާއި ޤާނޫނާ ޚިލާފު ކަމެއްގެ ގޮތުގައެވެ.

އެމެރިކަން އެއަރލައިންސް އަދި އެލާސްކާ އެއަރލައިންސް ފަދަ އެހެން އެއަރލައިންތަކުން އެފަދަ މަތިންދާބޯޓުތައް ބޭނުންކުރި ނަމަވެސް، ޓިކެޓް ގަތުމުގެ މަރުހަލާގައި ގޮނޑީގައި ކުޑަދޮރު ނުހުންނަކަން އަންގާ ކަމަށް އެފަރާތްތަކުން އިތުރަށް ބުނެފައިވެއެވެ.

ޑެލްޓާ އެއަރލައިންސްޔުަނައިޓެޑް އެއަރލައިންސްގްރީންބާމް އޮލްބްރާންޓްޒްބީބީސީކުޑަދޮރު ގޮނޑި މައްސަލައެމެރިކާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު