Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭ ސިޓީ ކައުންސިލް

މަސް މާރުކޭޓު ހަދަން 9.6 މިލިއަން ޑޮލަރުގެ އިތުރު އެއްބަސްވުމެއް ހަދާފައިވާ މައްސަލައެއް ފެންމަތި ވެއްޖެ

20 އޯގަސްޓު 2025 | ބުދަ 12:41

މަސް މާރުކޭޓު ހަދަން މާލޭ ސިޓީ ކައުންސިލުން ދެ އެއްބަސްވުމެއް ހަދާފައިވާކަން މޭޔަރު އާޒިމް ވިދާޅުވި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 20 އޯގަސްޓު 2025 | ބުދަ 12:41
މާލޭ މަސްމާރުކޭޓް: މަސް މާރުކޭޓު ހަދަން މާލޭ ސިޓީ ކައުންސިލުން ދެ އެއްބަސްވުމެއް ހަދާފައި އެބައޮތް ކަމަށާއި އޭގެ ތެރެއިން ފަހު އެއްބަސްވުން ހަދާފައި އޮތީ ކާކު ނިންމައިގެން ކިހިނެއް ކަމެއް ނޭނގޭ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވި

މާލޭ މަސްމާރުކޭޓް: މަސް މާރުކޭޓު ހަދަން މާލޭ ސިޓީ ކައުންސިލުން ދެ އެއްބަސްވުމެއް ހަދާފައި އެބައޮތް ކަމަށާއި އޭގެ ތެރެއިން ފަހު އެއްބަސްވުން ހަދާފައި އޮތީ ކާކު ނިންމައިގެން ކިހިނެއް ކަމެއް ނޭނގޭ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވި | މާލެ ސިޓީ ކައުންސިލް

މަސް މާރުކޭޓު ހަދަން މާލޭ ސިޓީ ކައުންސިލުން ދެ އެއްބަސްވުމެއް ހަދާފައި އެބައޮތް ކަމަށާއި އޭގެ ތެރެއިން ފަހު އެއްބަސްވުން ހަދާފައި އޮތީ ކާކު ނިންމައިގެން ކިހިނެއް ކަމެއް ވެސް ނޭނގޭ ކަމަށް މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 208ވަނަ ޖަލްސާގައި އާޒިމް ވަނީ މަސް މާރުކޭޓު މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތުތައް ކައުންސިލަރުންނާ ހިއްސާކުރައްވާފައެވެ. މޭޔަރު އާޒިމް ވިދާޅުވީ، މަޝްރޫއު ނުފެށިގެން އުޅެނީ ބޮޑު އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައި އޮތުމުން ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން، މަސް މާރުކޭޓު ހަދަން ދެވަނަ ބަޔަކަށް ހަވާލުކޮށްފައިވަނީ ކުރީގެ މޭޔަރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަަމަށް އިންތިޚާބުވި ފަހުންނެވެ. އޭރު އާޒިމް ވެސް އިންތިޚާބެއް ނުވެއެވެ. އެހެންވެ، މިކަން ހިނގާފައިވަނީ ޓްރާންސިޝަން މުއްދަތުގައެވެ.

މޭޔަރު އާޒިމް ވިދާޅުވީ މަސް މާރުކޭޓުގެ ދެވަނަ އެއްބަސްވު ހަދާފައި އޮތީ ވަރަށް ބޮޑަށް ކައުންސިލަށް ގެއްލުންވާ ގޮތަށް ހެދިފައި އޮތް އެއްބަސްވުމެއް ކަމަށް ފާހަގަަކުރެވިފައިވާ ކަމަށާއި އެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެތަނުގެ ލީގަލް ކައުންސެލް އަލީ ނަސީރު [ގާސިމް] ކަމުގަ އެވެ.

މަސް މާރުކޭޓު އަޅަން ފުރަތަމަ އެއްބަސްވުން ހަދާފައި އޮތީ 6.1 މިލިއަން ޑޮލަރަށެވެ. އެކަމަކު، ފަހުން އެ އެއްބަސްވުން އޮތީ 9.6 މިލިއަން ޑޮލަރަށް އެހެން ބަޔަކާ ހަވާލުކޮށްފައެވެ.

ދެވަނަ އެއްބަސްވުން އެންޓާވީ ސަބަބަކީ ކޮބައިތޯ އަޅުގަނޑަށް ކިޔައިދޭން، މި އެއްބަސްވުމުގައި ސޮއިކޮށްފަ އިން ފަރާތަށް މެމޯއެއް ފޮނުވާފައި އޮންނާނެ. އެއީ ކިހިނެއް، ކޮން ހަމައަކުން ސޮއިކުރެވުނު އެއްބަސްވުމެއްތޯ އަދި ކާކު ބުނެގެން، ކޮން ނިންމުމެއް ނިންމައިގެން ހެދުނު އެއްބަސްވުމެއް ތޯ އޮޅުން ފިލުވަން.
މާލެ ސިޓީ ކައުންސިލް މޭޔަރ އާދަމް އަޒިމް

އާޒިމް ވިދާޅުވީ، 9.6 މިލިއަން ޑޮލަރަށް މަސް މާރުކޭޓު މަޝްރޫއު ހަވާލުކުރިއިރު އެ ފައިސާއަކީ ސިޓީ ކައުންސިލަށް ދެއްކެން އޮތް ފައިސާއެއް ވެސް ނޫން ކަމަށާއި، އާ އެއްބަސްވުމެއް ހަދަން ނިންމީ ކާކުތޯ ވެސް ސުވާލު އުފެދޭ ކަމަށެވެ.

އާޒިމް ވިދާޅުވީ ފަހުން ހެދި އެއްބަސްވުން ހަދާފައި ވަނީ މި ފައިސާ ނުދެއްކިއްޖެ ނަމަ މުޅި އިމާރާތް އެ އެއްބަސްވުން ހެދި ފަރާތަށް ލިބޭ ގޮތަށް ކަމަށާއި މިއީ ވަރަށް ދެރަކޮށް ވެފައި އޮތް ކަމެއް ކަމަށެވެ.

އާޒިމް ވިދާޅުވީ، ދެ އެއްބަސްވުމުގައި އޮތީ ވެސް އެއް ނަންބަރެއް ކަމަށާއި ދެވަނަ އެއްބަސްވުން ހެދީ ކިހިނެއްކަން ވެސް ލިޔެކިޔުންތަކުން ވެސް ފެންނަން ނެތް ކަމަށެވެ. އަދި މިގޮތަށް ކަންތައް ކޮށްފައި އޮތުމުން މީގެން އޮޅުބޮޅުން އަރާކަމަށާއި މަސް މާރުކޭޓު މަޝްރޫއު ލަސްވަނީ އެހެންވެގެން ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މަސް މާރުކޭޓު އަޅާއިރު އެ ތަނުގައި ހުރި ގޮޅިތައް ވަގުތީ ގޮތުން ބަދަލުކުރަން ބޭނުންވާ ގޮޅިތައް ހަދަން ވެސް އެއްބަސްވުމުގެ ތެރޭގައި ހިމަނާފައިނުވާ ކަމަށާއި އެ ކަމަށް 200 އެއްހާ ގޮޅި ހަދަން ޖެހޭއިރު އެކަން ކުރަން ވެސް އޮތީ ވަކިން 2.1 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައި ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވަނީ މާލޭ ސިޓީ ކައުންސިލުން ހަދާފައިވާ ހުރިހާ އެއްބަސްވުމެއް ހާމަކުރަން ގޮވާލައްވާފައެވެ.

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި، ބިޑް ކޮމިޓީން 130،000 ރުފިޔާއަށް މަސް މާރުކޭޓު ކުއްޔަށް ދޭން ނިންމާފައި ވަނިކޮށް، އޭރު ކައުންސިލުން އެތަން 70،000 ރުފިޔާއަށް ކުއްޔަން ދިން މައްސަލައެއް ވަނީ ދާދި ފަހުން ފެންމަތިވެފަ އެވެ. އެހެން ނަމަވެސް މި ސަރުކާރުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

މާލޭ ސިޓީ ކައުންސިލްމާލޭ ރޯމަސް މާރުކޭޓުޑިމޮކްރެޓްސްގެ ކައުންސިލް މެމްބަރު ސައިފު ފާތިހު (އައިކޮ)މޭޔަރ ޢާޒިމްޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

4

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

5

ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!

އިތުރަށް ކިޔާލަން

21 އޯގަސްޓު 2026

ކޮންމެ ރައްޔިތަކަށް ރައީސް މުއިއްޒު ދެއްވަން ވިދާޅުވާ ބޯހިޔާވަހިކަން - ދައުރުގެ ބޮޑުބައި ފާއިތުވެގެން ދިޔައިރު ވިދާޅުވަނީ "މިހާރު ދެން އެބަ ފެށޭ" ކަމަށް!

21 އޯގަސްޓު 2026
ކޮންމެ ރައްޔިތަކަށް ރައީސް މުއިއްޒު ދެއްވަން ވިދާޅުވާ ބޯހިޔާވަހިކަން - ދައުރުގެ ބޮޑުބައި ފާއިތުވެގެން ދިޔައިރު ވިދާޅުވަނީ "މިހާރު ދެން އެބަ ފެށޭ" ކަމަށް!
21 އޯގަސްޓު 2026

ރައީސް މުއިއްޒުއާ ވަކިވަކިން ބައްދަލުކުރާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފި

21 އޯގަސްޓު 2026
ރައީސް މުއިއްޒުއާ ވަކިވަކިން ބައްދަލުކުރާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފި
20 އޯގަސްޓު 2026

10 އަހަރު ފޯކައިދޫ ފެނަކަ ބްރާންޗަށް ޚިދުމަތް ކުރި މުވައްޒަފަކު އެމްޑީޕީއަށް ސޮއިކުރުމުން ވަޒީފާއިން ވަކިކުރި ކަމުގެ ތުހުމަތު!

20 އޯގަސްޓު 2026
10 އަހަރު ފޯކައިދޫ ފެނަކަ ބްރާންޗަށް ޚިދުމަތް ކުރި މުވައްޒަފަކު އެމްޑީޕީއަށް ސޮއިކުރުމުން ވަޒީފާއިން ވަކިކުރި ކަމުގެ ތުހުމަތު!
19 އޯގަސްޓު 2026

މުއިއްޒު ބޭބެ ހާދަ ކޫލް އޭ، އިނގިރޭސި ބަހަށް ހާދަ މޮޅޭ

19 އޯގަސްޓު 2026
މުއިއްޒު ބޭބެ ހާދަ ކޫލް އޭ، އިނގިރޭސި ބަހަށް ހާދަ މޮޅޭ
19 އޯގަސްޓު 2026

އޭ މިހިރަ ދިދަޔާ އެވެ. އަހަރެމެން ހަނގުރާމައިގެ ތުންފަތްމައްޗަށް އެއްލައިލަނީ ހެއްޔެވެ؟

19 އޯގަސްޓު 2026
އޭ މިހިރަ ދިދަޔާ އެވެ. އަހަރެމެން ހަނގުރާމައިގެ ތުންފަތްމައްޗަށް އެއްލައިލަނީ ހެއްޔެވެ؟
19 އޯގަސްޓު 2026

ކުޑަހުވަދޫގައި 18 މަސްތެރޭ ނިންމާނެކަމަށް ވިދާޅުވެ ރައީސް ބިންގާ އެޅުއްވި ހޮސްޕިޓަލު: ފެންނަން އޮތީ ހަމައެކަނި ހުސް ބިމެއް!

19 އޯގަސްޓު 2026
ކުޑަހުވަދޫގައި 18 މަސްތެރޭ ނިންމާނެކަމަށް ވިދާޅުވެ ރައީސް ބިންގާ އެޅުއްވި ހޮސްޕިޓަލު: ފެންނަން އޮތީ ހަމައެކަނި ހުސް ބިމެއް!
18 އޯގަސްޓު 2026

ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި 2023 ވަނަ އަހަރު ރައްޔިތުންގެ ބައްދަލުވުންތަކަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެއްވި: މޭޔަރު އާޒިމް

18 އޯގަސްޓު 2026
ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި 2023 ވަނަ އަހަރު ރައްޔިތުންގެ ބައްދަލުވުންތަކަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެއްވި: މޭޔަރު އާޒިމް
18 އޯގަސްޓު 2026

މިއަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި އެއް ޕަސެންޓަށް ވެސް ނާރާނެ: ސައިފް

18 އޯގަސްޓު 2026
މިއަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި އެއް ޕަސެންޓަށް ވެސް ނާރާނެ: ސައިފް
18 އޯގަސްޓު 2026

މި ސަރުކާރުގެ އެންމެ މައިގަނޑު އެއް ސިޔާސަތަކީ އާބާދީ އެއްފަސްކުރުމާއި ސަރަޙައްދީ ތަރައްޤީ: ރައީސް

18 އޯގަސްޓު 2026
މި ސަރުކާރުގެ އެންމެ މައިގަނޑު އެއް ސިޔާސަތަކީ އާބާދީ އެއްފަސްކުރުމާއި ސަރަޙައްދީ ތަރައްޤީ: ރައީސް
17 އޯގަސްޓު 2026

ރައީސް، ރައީސް، އައްޑޫ ސިޓީ އަށް އޮތީ ކޮން ޕްރޮޖެކްޓްތަކެއްތޯ؟

17 އޯގަސްޓު 2026
ރައީސް، ރައީސް، އައްޑޫ ސިޓީ އަށް އޮތީ ކޮން ޕްރޮޖެކްޓްތަކެއްތޯ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް