Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެނަކަ ކޯޕަރޭޝަން

ސަރުކާރަށް ފާޑުކިޔާތީ ޅައިމަގު ފެނަކަ ބްރާންޗުގެ ސްޓޭޝަން މެނޭޖަރ އާއި ޑެޕިއުޓީ ސްޓޭޝަން މެނޭޖަރ ސަސްޕެންޑުކޮށްފި

މި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާތީ ށ. ޅައިމަގު ފެނަކަ ބްރާންޗުގެ ދެ މުވައްޒަފުން ސަސްޕެންޑުކުރިކަން އެ މުވައްޒަފުންނަށް އަންގާފައި ވަނީ އޮގަސްޓް 19 ވަނަ ދުވަހު

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 21 އޯގަސްޓު 2025 | ބުރާސްފަތި 01:35
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާތީ ށ. ޅައިމަގު ފެނަކަ ބްރާންޗުގެ ދެ މުވައްޒަފުން ސަސްޕެންޑުކުރުން: މި ދެ މުވައްޒަފުން ވެސް ސަސްޕެންޑް ކޮށްފައި ވަނީ މުސާރަ ލިބޭ ގޮތަށް އެއް މަސް ދުވަހަށް

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާތީ ށ. ޅައިމަގު ފެނަކަ ބްރާންޗުގެ ދެ މުވައްޒަފުން ސަސްޕެންޑުކުރުން: މި ދެ މުވައްޒަފުން ވެސް ސަސްޕެންޑް ކޮށްފައި ވަނީ މުސާރަ ލިބޭ ގޮތަށް އެއް މަސް ދުވަހަށް

ރައީސް މުއިއްޒުގެ މި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާތީ ށ. ޅައިމަގު ފެނަކަ ބްރާންޗުގެ ދެ މުވައްޒަފުން ސަސްޕެންޑުކޮށްފި އެވެ.

ފެނަކައިން ސަސްޕެންޑު ކޮށްފައި ވަނީ އެ ރަށު ފެނަކަ ބްރާންޗުގެ ސްޓޭޝަން މެނޭޖަރު، އާދަމް ރައުފް އާއި ޑެޕިއުޓީ ސްޓޭޝަން މެނޭޖަރު، މުހައްމަދު ޝަފީއު އެވެ. އެ ދެ މުވައްޒަފުން ވެސް ސަސްޕެންޑް ކޮށްފައި ވަނީ 30 ދުވަހުގެ މުއްދަތަކަށެވެ.

އެ ދެ މުވައްޒަފުން ސަސްޕެންޑު ކުރިކަން އަންގައި ފޮނުވި ލިޔުމުގައި ބުނެފައި ވަނީ އެމީހުން ސަސްޕެންޑު ކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެ މުވައްޒަފުންނާއި ގުޅިގެން ތަހުގީގު ކުރަމުން ދަނީ ކޮން މައްސަލައެއް ކަމެއް އެނގިފައި ނުވެއެވެ.

އެ ދެމީހުން ސަސްޕެންޑު ކޮށްފައި ވަނީ މުސާރަ ހިނގާ ގޮތަށް ނަމަވެސް އިތުރު އެއްވެސް އެލަވަންސް އެއް ނުލިބޭ ގޮތަށް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އާރިފް ސޮއިކޮށް އޮގަސްޓު 19 ގައި ސްޓޭޝަން މެނޭޖަރު، އާދަމް ރައުފް އާއި ޑެޕިއުޓީ ސްޓޭޝަން މެނޭޖަރު، މުހައްމަދު ޝަފީއު އަށް ފޮނުވި ސިޓީގައި ބުނީ މައްސަލައެއް ތަހުގީގު ކުރަމުން ދާތީ މި މައްސަލައިގެ ތަހުގީގުގައި އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުން ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފުންގެ ގަވާއިދު 2022 ގެ 40 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް 20 އޮގަސްޓު 2025 އިން ފެށިގެން 30 ދުވަހުގެ މުއްދަތަށް މުސާރަ ލިބޭ ގޮތަށް ވަގުތީ ގޮތުން އޮފީހުގެ މަސައްކަތަށް ނިކުތުން މަނާ ކުރެވިފައިވާ ކަމަށެވެ.

ފަހަކަސް އައިސް ގިނަ އަދަދެއްގެ ފެނަކަ މުވައްޒަފުން ސަސްޕެންޑް ކުރަމުން އަންނަ ކަން ވަނީ ފާހަގެ ވެފައެވެ. އެގޮތުން ދާދި ފަހުން ވަނީ ވަކި ސަބަބެއް އެންގުމެއް ނެތި އއ. އަތޮޅު ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލް (އެސްޖީ) ސަސްޕެންޑުކޮށްފަ އެވެ.

އއ. އަތޮޅުގައި އެމްޑީޕީން ހިންގާ ކެމްޕެއިންތަކުގައި ވެސް އިސްކޮށް އުޅުއްވާ މުހައްމަދު ޝަފީގު އެ މަގާމުން ސަސްޕެންޑުކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އޭނާއަށް ފޮނުވާފައިވާ ސަސްޕެންޝަން ސިޓީގައިވާ ގޮތުން އޭނާ ސަސްޕެންޑުކުރީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މުސާރަ ލިބޭ ގޮތަށެވެ. އެކަމަކު ސަސްޕެންޑުކުރަނީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ބުނެފައެއް ނުވެ އެވެ.

މީގެ އިތުރުން ބ.ތުޅާދޫ ފެނަކައިގެ ވަގުތީ މެނޭޖަރުގެ ގިނަ މައްސަލަތަކެއް ފާހަގަ ކޮށް އޭނާ އާ ބެހޭ ގޮތުން ފެނަކަ އަށް ޕެޓިޝަން ހުށަހެޅި 5 މުވައްޒަފަކު ވަނީ ސަސްޕެންޑް ކޮށްފައެވެ. މި ފަސް މުވައްޒަފުން ވެސް ސަސްޕެންޑް ކޮށްފައިވަނީ މުސާރަ ލިބޭ ގޮތަށް އެއްމަސް ދުވަހުގެ މުއްދަތަ ށެވެ.

ފެނަކަ ކޯޕަރޭޝަންށ.ޅައިމަގުމުވައްޒަފުން ސަސްޕެންޑްކުރުންރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު