Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަނޑިޔާރުން އައްޔަންކުރުން

ހަ ކޯޓަކަށް ފަނޑިޔާރުން އައްޔަނުކުރަން ނިންމައިފި

10 ނޮވެމްބަރު 2023 | ހުކުރު 06:47

މިގޮތަށް ނިންމީ މި މަހުގެ 1 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 70 ވަނަ ބައްދަލުވުމުގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 10 ނޮވެމްބަރު 2023 | ހުކުރު 06:47
ޖުޑީޝަލް ސަރވިސް ކޮމިޝަން

ޖުޑީޝަލް ސަރވިސް ކޮމިޝަން

ރާއްޖޭގެ ހަ މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަން ކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ބުރާސްފަތި ދުވަހު ބުނީ ދިވެހިރާއްޖޭގެ މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް ކޮށްފައިވާ އިއުލާނުގެ ދަށުން "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު ކޮމިޝަނަށް ލަފާ އަރުވާފައިވާ ފަރާތްތަކުގެ ތެރެއިން ހަ ކޯޓަކަށް ފަނޑިޔާރުން އައްޔަން ކުރަން ނިންމާފައިވާ ކަމަށެވެ. މިގޮތަށް ނިންމީ މި މަހުގެ 1 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 70 ވަނަ ބައްދަލުވުމުގައި ކަމަށް ވެސް ބުންޏެވެ.

Advertisement - newsAdvertisement

އެ އިދާރާއިން ފަނޑިޔާރުން އައްޔަން ކުރަން ނިންމީ ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށާއި ހދ. ނޮޅިވަރަން މެޖިސްޓްރޭޓް ކޯޓަށާއި ށ. ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓަށާއި ނ. މާފަރު މެޖިސްޓްރޭޓް ކޯޓަށާއި ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށާއި ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް އައްޔަންކުރުމަށް ނިންމާފައިވަނީ ތ. ވިލުފުށި، ފިނިހިޔާ، އަލްއުސްތާޛާ އާމިނަތު ޒާފިރާއެވެ. އޭނާ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އަދި މާސްޓަރ އޮފް ލޯސް ހާސިލްކުރައްވާފައެވެ. ޝަރުއީ ދާއިރާގައި 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ އަލްއުސްތާޛާ އާމިނަތު ޒާފިރާ ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނުއިރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ލީގަލް އޮފިސަރުގެ މަގާމުގައެވެ.

ހދ. ނޮޅިވަރަން މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް އައްޔަންކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ ހދ. ވައިކަރަދޫ، ޓޯކީވިލާ، އަލްއުސްތާޛު އަޙްމަދު އަރީޖުއެވެ. އޭނާއަކީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ ވިތު އޮނަރސް ޙާސިލްކުރައްވައި، ވިލާ ކޮލެޖްއިން މާސްޓަރ އޮފް ޝަރީޢާ ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. 2014 ވަނަ އަހަރުން ފެށިގެން ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާއިރު ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނު އިރު އަލްއުސްތާޛު އަޙްމަދު އަރީޖު ހުންނެވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ޕަބްލިކް ޕްރޮސެކިއުޓަރެއްގެ މަގާމުގައެވެ.

ށ. ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް އައްޔަން ކުރަން ނިންމީ ށ. ބިލެތްފަހި، ވިލުދޮޅި، އަލްއުސްތާޛާ ޙައްވާ އިބްރާހީމްއެވެ. އެ މަގާމަށް ޢައްޔަނުކުރެވުނު އިރު އޭނާ ހުންނެވީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައެވެ. އޭނާއަށް ޝަރުއީ ދާއިރާގައި 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާއިރު އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އެސިސްޓަންޓް އިންވެސްޓިގޭޓިވެ އޮފިސަރުގެ މަގާމާއި، ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރުގެ މަޤާމް އަދާކުރެއްވިއެވެ.  އަލްއުސްތާޛާ ޙައްވާ އިބްރާހީމްވަނީ ކުއްލިޔަތުއް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ ވިތް އޮނަރސް ޙާސިލްކުރައްވާފައެވެ.

ނ. މާފަރު މެޖިސްޓްރޭޓް ކޯޓަށް އައްޔަންކުރަން ނިންމާފައިވާ، ތ. ތިމަރަފުށި، އާރާސްތު، އަލްއުސްތާޛު މުޙައްމަދު އީމާން ވަނީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރީޢާ ހާސިލްކުރައްވައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް ލޯސް ޙާސިލްކުރައްވާފައެވެ. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލީގަލް އޮފިސަރުގެ މަގާމާއި، ޑްރަގް ކޯޓުގެ އެސިސްޓަންޓް ލީގަލް އޮފިސަރުގެ މަގާމް، އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރުގެ މަގާމް އަދާ ކުރެއްވިއިރު އަލްއުސްތާޛު މުޙައްމަދު އީމާންއަށް ޝަރުއީ ދާއިރާގައި 6 އަހަރު ދުވަހުގެ ތަޖުރިބާ ވަނީ ލިބިފައިވެއެވެ.

ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް އައްޔަންކުރުމަށް ނިންމާފައިވަނީ ގދ. މަޑަވެލި، ކަސްމީރުގެ، އަލްއުސްތާޛާ މަރްޔަމް ރަސާ ރާފިޢުއެވެ. އޭނާ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ އަދި މާސްޓަރ އޮފް ލޯސް ޙާސިލްކުރައްވާފައެވެ. އަލްއުސްތާޛާ މަރްޔަމް ރަސާ ރާފިޢު ވަނީ ޤާނޫނީ ދާއިރާގައި 05 އަހަރު ދުވަހުގެ ތަޖުރިބާ ހޯއްދަވާފައެވެ. ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ނިންމިއިރު، އޭނާ ހުންނެވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ކޮމްޕެނީ ސެކްރެޓަރީ އެންޑް ލީގަލް ކައުންސިލްގެ މަގާމުގައެވެ.

ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓަށް އައްޔަން ކުރަން ނިންމީ އެ ރަށު ނޫރަންމާގެ، އަލްއުސްތާޛު ޙައްމާދު ވާފިރުއެވެ. އޭނާ ވަނީ ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ޙާސިލްކުރައްވާފައެވެ. އެ މަގާމަށް އައްޔަންކުރަން ނިންމިއިރު އަލްއުސްތާޛު ޙައްމާދު ވާފިރު ހުންނެވީ އެޓަރނީ ޖެނެރަލްގެ އޮފީހުގައި ސީނިއަރ ސްޓޭޓް އެޓަރނީގެ މަގާމުގައެވެ. އޭނާއަށް ވަނީ ޝަރުޢީ ދާއިރާގައި 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައެވެ. 

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
09 ފެބުރުއަރީ 2017

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް