Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮރަޕްޓް ފަނޑިޔާރުން

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017 | އަންގާރަ 06:48

މިހާރު އޮތް ސުޕްރީމް ކޯޓަށް އަދުލުވެރިކަމާ އެކު ޝަރީއަތްތައް ނުކުރެވޭނެ

ހުސެން ފިޔާޒް
ހުސެން ފިޔާޒް | 14 ފެބުރުއަރީ 2017 | އަންގާރަ 06:48
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވާހަކަ ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވާހަކަ ދައްކަވަނީ

ރާއްޖޭގައި ކޮރަޕްޓް ފަނޑިޔާރުން އެބަ ތިބި ކަމަށާއި އެ މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތެއް ރައްޔިތުންގެ މަޖިލީހުން ހަދަންޖެހޭ ކަމަށް، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ހެއްކާ ބެހޭ ބިލްގެ ބަހުސްގައި ހޯމަ ދުވަހު، ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒު ވިދާޅުވީ ފަނޑިޔާރުންގެ މައްޗަށް ތުހްމަތު ކުރެވޭ މައްސަލަތައް ބެލޭނެ އިންތިޒާމެއް އޮންނަންޖެހޭ ކަމަށާއި ނަމަވެސް މިހާތަނަށް ފަނޑިޔާރެއްގެ ޖިނާއީ މައްސަލައެއް ތަހްގީގުކުރަން އުޅެ އެކަން ކާމިޔާބުވެފައި ނެތް ކަމަށެވެ. މި ޤައުމުގައި އަދުލުވެރިކަމާއެކު ޝަރީއަތްތައް ހިންގަން ބޭނުންވާ ނަމަ ފުރަތަމަ ކުރަންޖެހޭ ކަމަކީ ކޯޓްތަކުގައި ތިއްބެވި ފަސާދަވެފައިވާ ފަނޑިޔާރު ސާފުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރިޔާޒު ވިދާޅުވީ ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދައި، އެ ބާރު ގާނޫނީ ގޮތުން ފުލުހުންނަށް ދޭންޖެހޭ ކަމަށެވެ.

އަދުލުވެރިކަމާ އެކު ޝަރީއަތްކުރުމުގެ ޙައްގަކީ، ކޮންމެ ރައްޔިތަކަށް ވެސް ލިބެންޖެހޭ ހައްގެއް ކަމަށާއި ނަމަވެސް ކޮރަޕްޓް ފަނޑިޔާރުން ތިބެގެނެއް ޢަދުލުވެރިކަމާ އެކު ޝަރީޢަތް ނުހިންގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފަނޑިޔާރުންނަށް ސިޔާސީ ނުފޫޒުތައް ފޯރުވައިގެން ހުކުމްކުރުން ވެސް ހުއްޓުވަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފަނޑިޔާރުންގެ މައްސަލަތައް ނުބެލި، ފަނޑިޔާރުންނަށް ޝަރީޢަތުން ސިޔާސީ ފަރާތްތަކުން މި ފޯރުކުރާ ނުފޫޒުތައް ހުއްޓުވޭނެ ގޮތަކަށް ގާނޫނުތައް ބައްޓަންކުރެވިގެން، ތަންފީޒުކުރެވެން އެބަޖެހޭ. އެހެންނޫނިއްޔާ މި ޤައުމުގައި ޢަދުލުވެރިކަމާ އެކު ޝަރީޢަތްތައް ހިންގޭނެ ކަމަކަށް ހަމަގައިމު ވެސް އަޅުގަނޑު ގަބޫލެއް ނުކުރަން،" ރިޔާޒު ވިދާޅުވި އެވެ.

ހެއްކާބެހޭ ގާނޫނަކީ މުހިންމު ގާނޫނެއް ކަމަށާއި ނަމަވެސް މިހާރު ވެސް ހެކި ވަޒަންކުރުމުގައި މައިގަނޑު ބައެއް ކަންކަން ފަނޑިޔާރުންގެ އިހްތިޔާރަކަށް ދޫކޮށްލާފައި ނުބޭއްވުން މުހިންމު ކަމަށް ރިޔާޒު ފާހަގަ ކުރެއްވެވި އެވެ.

ފަނޑިޔާރުންނަށް ފެނިވަޑައިގެންފި ނަމަ ބައެއް މައްސަލަތަކުގައި ފިންގަޕްރިންޓާއި ޑީއެންއޭ ވެސް ގަބޫލްކުރާކަމަށާއި ނަމަވެސް ބައެއް ޝަރީއަތްތަކުގައި މިއިން އެއްވެސް ކަމަކަށް ރިޔާއަތް ނުކުރައްވާ ކަމަށް، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގާނޫނީ ޓީމުގައި ވެސް ހިމެނިވަޑައިގަންނަވާ ރިޔާޒު ވިދާޅުވި އެވެ.

"މި ބިލުގެ ސަބަބުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފަނޑިޔާރުން މިހާރު އެ ބޭނުންކުރާ އިޚްތިޔާރީ ބާރުތައް ބޭނުންކުރުން ހަނިކުރެވިގެންދާނެކަމުގައި،" ރިޔާޒު ވިދާޅުވި އެވެ.

ނާޒިމްގެ މައްސަލައަށް އިޝާރަތް ކުރައްވައި ރިޔާޒު ވިދާޅުވީ ޑީއެންއޭ ދިމާވެ، އެކަމުގެ ހުރިހާ މަޢުލޫމާތުތަކެއް ހުރިއިރުގައި ވެސް ފެނިގެންދަނީ ސިޔާސީ ބޭނުމަށް އެކިއެކި މީހުން ފްރޭމްކުރެވިގެން ޝަރީޢަތް ހިންގަމުންދާކަން ކަމަށެވެ. މިކަން ހުއްޓުވަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ސަނަދަށް ބަލައިފި ނަމަ އެއީ އެންމެ ގާބިލް ބޭފުޅުން ކަމަށާއި ޕްރޮސިކިއުޓާ ޖެނެރަލަކީ ވެސް ތައުލީމީ އަދި ގާބިލް ބޭކަނބަލެއް ކަމަށް ރިޔާޒު ވިދާޅުވި އެވެ. ނަމަވެސް މި ބޭފުޅުންނަށް ރާއްޖޭގައި އިންސާފު ގާއިމުކޮށްދެވިދާނެ ކަމަށް ރައްޔިތުން ގަބޫލެއް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު ވެސް މި ބޭބޭފުޅުން މި މަގާމުތަކުގައި ތިއްބަވައިގެން ވެސް މި ގައުމުގައި އަދުލުވެރިކަމާ އެކު ޝަރީއަތްތައް ނުކުރެވޭކަން އެއީ މި ގައުމުގެ ގިނަ ރައްޔިތުން ގަބޫލުކުރާ ކަމެއް،" ރިޔާޒު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

08 މާރިޗު 2017

އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ

08 މާރިޗު 2017
އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ
08 މާރިޗު 2017

އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް

08 މާރިޗު 2017
އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް
05 މާރިޗު 2017

މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!

05 މާރިޗު 2017
މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!
23 ފެބުރުއަރީ 2017

ބިރު ދައްކައިގެން ޕީޕީއެމަށް މެމްބަރުން ހޯދާ މީހުން އިންސާފްގެ ކުރިމައްޗަށް ގެންނާނަން: ޝަމީމް

23 ފެބުރުއަރީ 2017
 ބިރު ދައްކައިގެން ޕީޕީއެމަށް މެމްބަރުން ހޯދާ މީހުން އިންސާފްގެ ކުރިމައްޗަށް ގެންނާނަން: ޝަމީމް
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް