Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހެއްކަކީ ޑޮލަރު

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

ޑޮލަރު ބޮނޑިއަކީ ހެކީގެ ގޮތުގައި ނުބެލޭނެ ދުވަހެއް ހޯދަންޖެހޭ

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2017 | އަންގާރަ 05:43
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީ ވާހަކަ ދައްކަވަނީ: ރާއްޖޭގެ ޝަރުއީ ކޯޓުތަކުން އިންސާފު ގާއިމު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީ ވާހަކަ ދައްކަވަނީ: ރާއްޖޭގެ ޝަރުއީ ކޯޓުތަކުން އިންސާފު ގާއިމު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ކުރިފުޅުމަތީގައި މިހާރު ހެއްކަކީ މޭޒުމަތީގައި ބާއްވާ ޑޮލަރު ބޮނޑި ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ހެއްކާ ބެހޭ ބިލްގެ ބަހުސްގައި އިމްތިޔާޒު ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމު ރަނގަޅުކުރަން ހެއްކާބެހޭ ގާނޫނަކީ މުހިންމު ގާނޫނެއް ކަމަށެވެ. ނަމަވެސް ހެއްކާ ބެހޭ ގާނޫނު ފައިދާ ލިބޭނީ، ފަނޑިޔާރުންނަށް ދޭ ރިޝްވަތުގެ ފައިސާއަކީ ހެކީގެ ގޮތުގައި ނުފެންނަ ދުވަހެއް އައިސްގެން ކަމަށެވެ.

"ފަނޑިޔާރެއްގެ ކުރިމަތީގައި ހެއްކާއި ޑޮލަރު ބޮނޑިއަކާ މި ދޭތި ބަހައްޓައިފި ކަމަށް ވަނީ ނަމަ، ޑޮލަރު ބޮނޑިއަކީ ހެކިކަމުގައި ނުފެންނަ ދުވަހެއް އައިމަ މެނުވީ ހެކީގެ މައްޗަށް ބިނާކޮށް ހަގީގަތުގައި ޝަރީއަތެއް ވެސް ނުކުރެވޭނެ،" ގާނޫނީ ވަކީލް އިމްތިޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެ ގިނަ ރައްޔިތުން އެއްބަސްވާ ހަގީގަތެއް، މި ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން އިންސާފު ރައްޔިތުންނަށް ނުލިބޭކަން. އެ ބިނާވެގެންވަނީ މައިގަނޑު ގޮތެއްގައި ޑޮލަރު ބޮނޑީގެ މައްޗައްކަން. އެއީ ހަމަ އެންމެން ވެސް ގަބޫލުކުރާ ކަމެއް,"

ފަނޑިޔާރުންނަށް ފާޑުކިޔާއިރު އިމްތިޔާޒު ވިދާޅުވީ ރަނގަޅަށް މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ފަނޑިޔާރުން އެބަ ތިއްބެވިި ކަމަށެވެ. އެފަދަ ފަނޑިޔާރުން ރަނގަޅަށް މަސައްކަތް ކުރައްވާތީ، އެ ފަނޑިޔާރުންގެ މަސައްކަތަށް ވެސް ހުރަސްއަޅާ ފަނޑިޔާރުން އެބަ ތިއްބަވި ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ.

"އެކަމުގެ ސަބަބުން އެ ފަނޑިޔާރުންގެ މިނިވަންކަން، މުސްތަގިއްލުކަން ވެސް ވަނީ ނިގުޅައިގަނެފައި. އެހެންނަމަވެސް، އެ ފަނޑިޔާރުންގެ ހިތުތެރޭގައި އިންސާފުވެރިކޮށް ޝަރީއަތެއް ކުރުމުގެ ހިތް އޮންނަ ކަމަށްޓަކައި އެ ބޭފުޅުންނަށް އަޅުގަނޑުމެން އިޙްތިރާމު އެބަ ކުރަން،" އިމްތިޔާޒު ވިދާޅުވި އެވެ.

ޝަރީއަތުގައި ހެކި ވަޒަންކުރުމުގައި "ހަަމަޖެހޭ އިންސާނެއްގެ އާއްމު ވިސްނުން" ބޭނުން ކުރުމަކީ، އިމްތިޔާޒު ވިދާޅުވި ގޮތުގައި ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން ނުފެންނަ ކަމެކެވެ.

"އެއީ މި ރާއްޖޭގައި ހަމަ އެއްގޮތަކަށް ވެސް ނެތް ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވެނީ. ހަމަޖެހޭ އިންސާނެއްގެ އާއްމު ވިސްނުން، މިއީ ދުނިޔޭގެ ތަހުޒީބުތަކުގައި، ފަނޑިޔާރުގެތަކުގައި އަދި ހުރިހާ މިފަދަ މައްސަލަތައް ނިންމާ ފަރާތްތަކުން ނިންމުމުގައި އެންމެ ބޮޑަަށް އެޕްލައިކުރާ ހަމަޔަކީ، ގާނޫނަކީ،" އޭނާ ވިދާޅުވި އެވެ.

މި ވިސްނުން ރާއްޖޭގެ ފަނޑިޔާރުގޭގައި ނެތްހާ ހިނދަކު ހެކި ވަޒަން ކުރަން އެނގިވަޑައިނުގަންނަވާނެ ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ.

އެއްބާވަތެއްގެ ދެ މައްސަލަ އެއްގޮތަކަށް ނުނިންމުމަކީ ވެސް ރާއްޖޭގެ ޝަރުއީ ނިޒާމުގައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށް ފާހަގަ ކުރައްވަމުން އިމްތިޔާޒު ވިދާޅުވީ އެއްބާވަތެއްގެ ދެ މައްސަލައިގައި ދެ ހުކުމެއް އަންނަނީ ޑޮލަރު ބޮނޑިއަކީ ހެކި ކަމުގައި ބައްލަވާތީ ކަމަށެވެ.

އިމްތިޔާޒު ވިދާޅުވީ އޭނާގެ ގަޔަށް ކަޅުތެޔޮ ޖެހި މީހާގެ ވީޑިއޯ ވެސް އެބަހުރި ކަމަށާއި ނަމަވެސް، އެ ވީޑިއޯއަކީ ހެއްކެއްގެ ގޮތުގައި ބަލައި، ކުރެވުނު ޝަރީއަތެއް، ހިންގުނު ތަހުގީގެއް ނެތް ކަމަށެވެ.

"ޑޮލަރު ބޮނޑީގެ މައްޗަށް މިކަން ހިނގަނީ. އަދި ހަމައެއާއެކުގައި ނުފޫޒު ގަދަ ސިޔާސީ މީހުން، ފަނޑިޔާރުންނަށް ދައްކާ ބިރެއްގެ މައްޗަށް މިކަން ހިނގަނީ. ތަހްގީގުކުރާ ފަރާތްތަކާއި، ޕްރޮސެކިއުޓުކުރާ ފަރާތްތަކުގެ މައްޗަށް ވެސް ދައްކާ ބިރެއްގެ މައްޗަށް މިކަން ހިނގައިދަނީ،" އިމްތިޔާޒު ވިދާޅުވި އެވެ.

މިކަން ބަދަލުކޮށް ޑޮލަރު ބޮނޑިއަކީ ހެކީގެ ގޮތުގައި ނުބެލޭނެ ދުވަހެއް ހޯދަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު