Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

ހައިކޯޓަށް މައްސަލަ ބެލޭނެ ކަަމާ މެދު ފަނޑިޔާރުންގެ ބެންޗުން ސުވާލު އުފެއްދި

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2017 | ބުރާސްފަތި 18:29
ދިވެހިރާއްޖޭގެ ހައިކޯޓް

ދިވެހިރާއްޖޭގެ ހައިކޯޓް

މިމަހުގެ 14 ވަނަ ދުވަހު ބާއްވަން ހަމަ ޖެހިފައިއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބް ސިވިލް ކޯޓުގެ ހުކުމަކާއެކު ފަސް ކުރުމާ ގުޅިގެން އިންތިހާބަށް ކުރިމަތިލި ފަރާތްތަކުގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނުން ބާތިލް ކުރުމުން އެމްޑީޕީން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ އިންތިހާބީ މައްސަލައެއް ކޯޓަށް ހުށަހެޅޭނީ އެ މައްސަލައަކާ ގުޅޭ ގޮތުން ޝަކުވާއެއް އޮތް ނަމަ އެ މައްސަލަ އީސީއަށް ހުށަހެޅުމަށް ފަހު ދޭ ޖަވާބަކުން ކަމަށެވެ. ވަކީލާ ވިދާޅުވީ އިންތިހާބާ ބެހޭ އާންމު ގާނޫނުގެ 64 ވަނަ މާއްދާގައި އެގޮތަށް ބަޔާންކޮށްފައިވާއިރު އެމްޑިޕީން އެ ގާނޫނާއި އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement

އެމްޑީޕީން ހުށަހެޅި މި މައްސަލައިގަ އީސީގެ ފަރާތުން ވަކާލާތު ކުރައްވަނީ ބަންޑާރަ ނާއިބު އޮފީހުގެ ވަކީލުންނެވެ. ވަކީލާ ވަނީ އެ މައްސަލަ އަކީ ހައިކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައި އެވެ.

ދައުލަތުގެ ވަކީލާގެ އިތުރުން ފަނޑިޔާރުންގެ ބެންޗުން ވެސް ވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 21 ވަނަ މާއްދާގެ ބ. އޮތްގޮތުން އެ މައްސަލަ ބެލުމުގެ އިހްތިސާސް ހައި ކޯޓަށް އޮތް ކަން ގަބޫލުކުރަންތޯ އެމްޑީޕީގެ ވަކީލާ ސުވާލު ކުރައްވައިފަ އެވެ.

އެ މާއްދާގެ ބ. ގައި ވަނީ ކެންޑިޑޭސީ ބަލައިނުގަތުމަށް ކޮމިޝަނުން ނިންމި ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެ މައްސަލައެއް ހުށަހަޅަން ޖެހޭނީ ސުޕްރީމް ކޯޓަށް ކަމަށާއި އެނޫން ކަމަކާ ގުޅޭ ގޮތުން ނަމަ ހައިކޯޓަށް މައްސަލަ ހުށަހަޅަންޖެހޭނީ ހައި ކޯޓަށް ކަމަށެވެ. ޖަވާބުދާރީވަމުން އެމްޑީޕީގެ ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރު ވަނީ އެ ނުކުތާ އަށް ޖަވާބުދާރީވާން ފުރުސަތަކަށް އެދިވަޑައިގެންފައެވެ. ފަނޑިޔާރުންގެ ބެންޗުން ވަނީ އެ ފުރުސަތު އެޕާޓީއަށް ދީފައެވެ.

އެމްޑީޕީން ބުނީ ކައުންސިލް އިންތިހާބަށް ކުރިމަތިލާން ހުޅުވާލުމާ އެކު އެމްޑީޕީގެ ކެންޑިޑޭޓުންގެ ފޯމުތައް ބަލައިގަނެ ކެންޑިޑެސީ ގަބޫލުކުރުމަށް ފަހު، އެ ނިންމުން ބާތިލްކޮށް އެޕްރީލް 8 ގައި އޮންނަ އިންތިހާބަަށް އެ ކެންޑިޑޭޓުން އަލުން ކުރިމަތިލާން ޖެހޭ ގޮތަށް ހެދީ ސިވިލް ކޯޓުގެ ހުކުމާއި އިންތިހާބާ ބެހޭ ގާނޫނާ ވެސް ހިލާފަށް ކަމަށެވެ. އެހެންވެ އެމްޑީޕީން ހައި ކޯޓުގައި އެދުނީ އީސީގެ އެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މީގެ އިތުރުން މައްސަލާގައި ބުނެފައި ވަނީ މައްސަލައާ ގުޅޭ ގޮތުން ވަކި ގޮތެއް ނިމެންދެން، އެމްޑީޕީ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްކުރަން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރަން އީސީގެ މައްޗަށް އަމުރެއް ނެރެދޭން ވެސް އެމްޑީޕީން އެދިފައިވެ އެވެ.

ކައުންސިލްތަކުގެ އިންތިހާބު މިމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ނިންމައި، 900 އަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ކެންޑިޑެސީ ގަބޫލުކުރުމަށް ފަހު އީސީން ވަނީ އެ ނިންމުން ބާތިލްކޮށްފަ އެވެ. އެއީ، އިންތިހާބު ދެ މަހަށް ފަސްކުރަން ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު