Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމް-ޕީއެންސީ

ޕީޕީއެމްގެ އެއްވެސް މެންބަރެއް ޕީއެންސީއަށް ސޮއިކުރާކަށް ނުޖެހޭނެ: ޔާމީން

30 އޮކްޓޯބަރު 2023 | ހޯމަ 06:51

ޕީޕީއެމަކީ އެންމެ ވަރުގަދަ ސިޔާސީ ޕާޓީ

އަމްނާ އިމާދު
އަމްނާ އިމާދު | 30 އޮކްޓޯބަރު 2023 | ހޯމަ 06:51
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން

ޕޮރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އެއްވެސް މެންބަރެއް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ސޮއިކުރަން ނުޖެހޭނެ ކަަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ވ. އާރަށު ޚިޔާނާތުގެ މައްސަލައިގައި ރިޝްވަތު ނެންގެވުމާއި އެ ފައިސާ ލޯންޑަރ ކުރެއްވުމުގެ ކުށް ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ވަނީ ސާބިތުވެފައެވެ. އެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ނިމިދިޔަ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެމަނިކުފާނު 01 އޮކްޓޫބަރު 2023 ވީ އާދިއްތަ ދުވަހު ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު ޔާމީނަށް ކަރެކްޝަނަލް ސާވިސް އިން ބޭސްފަރުވާއަށް އިތުރު ލުޔެއް ހަމަޖައްސައިދިނުމާއެކު އާދިއްތަ ދުވަހުގެ ރޭ ވަނީ ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވާފައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން ޔާމީންގެ ގާނޫނީ ވަކީލް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވީ ޔާމީނަކީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގެ ރަސްގެފާނު ކަމަށެވެ. ޔާމީންއާ ހަވާލާ ދެއްވައި ޖަމީލު ވިދާޅުވީ ޕީޕީއެމަކީ އެންމެ ވަރުގަދަ ސިޔާސީ ޕާޓީ ކަމަށާއި، ޕާޓީގެ އަމާޒަކަށްވާންވާނީ ޒުވާން ޖީލަށް ޕާޓީގެ ސިޔާސަތު ކިޔައިދީ މި ފިކުރު ވިއްކުން ކަމަށެވެ. ޕާޓީގެ އެއްވެސް މެންބަރަކު އެހެން ޕާޓީއަކަށް ނުވަތަ ޕީއެންސީއަށް ފޯމުފުރަން ނުޖެހޭ ކަމަށާއި އެއީ އެއްފިކުރެއްގެ ދެ ޕާޓީ ކަމަށެވެ.

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް އިޝާރާތް ކުރައްވައި، މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރަން ވަރަށް މަސައްކަތް ކުރަންޖެހޭ ކަމަށް ޔާމީން އެދިވަޑައިގެންނެވި ކަމަށް ޖަމީލު ވިދާޅުވިއެވެ.

ޔާމީނާ ހަވާލާ ދެއްވައި ޖަމީލް ވިދާޅުވީ ޕީޕީއެމްގެ ސިޔާސަތާއި ފަލްސަފާ ނުވިއްކެންވީ ސަބަބެއް ނެތް ކަމަށެވެ.

އާދިއްތަ ދުވަހުގެ ރޭ ޕީޕީއެމްގެ މެންބަރުންނާއި ޔާމީން ބައްދަލުކުރެއްވި އިރު، އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންޕީޕީއެމް-ޕީއެންސީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

23 ނޮވެމްބަރު 2025
ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން
02 ނޮވެމްބަރު 2025

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން
06 އޮކްޓޯބަރު 2025

ޣައިރު ގާނޫނީ އަމުރުކޮށްގެން މިސަރުކާރުން ދަނީ ފުލުހުންނާ ސިފައިންނަށް މަލާމާތް ކުރަމުން: ފައްޔާޒް

06 އޮކްޓޯބަރު 2025
 ޣައިރު ގާނޫނީ އަމުރުކޮށްގެން މިސަރުކާރުން ދަނީ ފުލުހުންނާ ސިފައިންނަށް މަލާމާތް ކުރަމުން: ފައްޔާޒް
16 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމުން، ކުރީގެ ރައީސް ޞާލިހު ކަންބޮޑުވުން ފާޅުކުރައްވައިފި

16 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމުން، ކުރީގެ ރައީސް ޞާލިހު ކަންބޮޑުވުން ފާޅުކުރައްވައިފި
11 ސެޕްޓެމްބަރު 2025

ހުރިހާ މޮޅެއް އިދިކޮޅޭމެނަށް، ގޮތެއް ނެތީ ޕާޓީ ކުދިންނަށް

11 ސެޕްޓެމްބަރު 2025
ހުރިހާ މޮޅެއް އިދިކޮޅޭމެނަށް، ގޮތެއް ނެތީ ޕާޓީ ކުދިންނަށް
01 ސެޕްޓެމްބަރު 2025

ކޮމިޓީ ބައްދަލުވުމަށް ދިޔަ ހުރިހާ މީޑިއާތަކުން ބިލް ބޭރުކުރުމަށް ގޮވާލައިފި

01 ސެޕްޓެމްބަރު 2025
ކޮމިޓީ ބައްދަލުވުމަށް ދިޔަ ހުރިހާ މީޑިއާތަކުން ބިލް ބޭރުކުރުމަށް ގޮވާލައިފި
31 އޯގަސްޓު 2025

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން
14 ޖުލައި 2025

ޑޮލަރު ރޭޓް 20ރ. އަށް: މިކަމުގެ ސަބަބުން ވިޔަފާރިތަކާއި އާންމުންނަށް ވެސް މީގެ ދައްޗާއި ތުރާ އެތައް ގޮތަކަށް ކުރިމަތިވާނެ

14 ޖުލައި 2025
ޑޮލަރު ރޭޓް 20ރ. އަށް: މިކަމުގެ ސަބަބުން ވިޔަފާރިތަކާއި އާންމުންނަށް ވެސް މީގެ ދައްޗާއި ތުރާ އެތައް ގޮތަކަށް ކުރިމަތިވާނެ
03 ފެބުރުއަރީ 2025

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން
01 ފެބުރުއަރީ 2025

ހަށިގަނޑުގައި ވިންދު ޖަހާހައި ހިނދަކު، އެމްޑީޕީން ރައްޔިތުންގެ ހައްޤުގައި މި ކުރާ މަސައްކަތް ހުއްޓާނުލާނަން: ވަހީދު

01 ފެބުރުއަރީ 2025
ހަށިގަނޑުގައި ވިންދު ޖަހާހައި ހިނދަކު، އެމްޑީޕީން ރައްޔިތުންގެ ހައްޤުގައި މި ކުރާ މަސައްކަތް ހުއްޓާނުލާނަން: ވަހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް