Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަޖިލީހުގެ ޖަލްސާ

ބާރުތައް އަތަށް ކަހާލައިފި!

މަޖިލީހުގެ ކަންކަން ކުރަނީ ކުރާނެ ގޮތަކަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2023 | ހޯމަ 08:49
ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނާއިބް ރައީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނާއިބް ރައީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވެސް އަދި ތިމާގެ ކޮއްކޯފުޅު މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އަށް ވެސް މެމްބަރުންގެ އިތުބާރު ނެތްކަން ސުވާލެއް ނެތް މިންވަރަށް މި ދަނީ އެނގި ހާމަވަމުންނެވެ.

އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕުން ދެވަނަ ފަހަރަށް މަޖިލީހަށް ވައްދާފައި އެ ވަނީ މަޖިލީހުގެ 49 މެންބަރުންގެ ސޮޔާއެކުއެވެ. އިތުބާރު ނެތްކަމަށް ފާސްކުރަން ބޭނުންވަނީ 43 މެންބަރުންގެ ވޯޓުކަމަށް ވާއިރު 60 މެންބަރުންގެ ވޯޓު ލިބޭނެ ކަަމަށް އެމްޑީޕީން ދަނީ ބުނަމުންނެވެ.

ކަންމިހެން އޮތް އިރު މަޖިލީހުގެ ޤަވާއިދު ހިތު ހުރި ގޮތަކަށް މާނަކުރައްވާ ބާރުތައް އަތަށް ނަންގަވާފައިވާކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ފުރަތަމަ މަޖިލީހަށް މި ދެ ބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމުން މަޤާމުގައި ތިއްބެވީ ދެ ބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއް ފަހަރާ ހުށަހެޅުއްވުމުން ކަމަށް ވިދާޅުވެއެވެ. އެހެންނަމަވެސް އެއީ ޤާނޫނާއި ޤަވާއިދުތަކުން މަނާކުރާ ކަމެއް ނޫނެވެ.

މަޖިލީހުގައި ޕާޓީތަކުގެ މެންބަރުން ބަދަލުވެ ޕާޓީތަކުގެ ހައިސިއްޔަތު މަޖިލީހުގެ ރައީސާއި ބައިއަތު ހިއްޕަވައިގެން ތިއްބެވި މަދު މެންބަރުންކޮޅަށް ގެއްލުނު ހިސާބުން މަޖިލީހުގެ ކޮމިޓީތައް ހުއްޓުވާލެއްވިއެވެ. އެކަން ކުރައްވާފައި ވަނީ މެންބަރުން ޕާޓީ ބަދަލުކުރުމުން ކޮމިޓީތައް އަލުން އެކުލަވާލަން ޖެހޭ ކަަމަށް ވިދާޅުވެއެވެ. އެހެންނަމަވެސް އެއީ މިވީހާ ދުވަހު މަޖިލީސް ހިނގަމުން އައި ގޮތަށް ބަލާ އިރު މަޖިލީހުގެ ޤަވާއިދާއި އުސޫލުތައް ދަންނަ ގޮތެއް ނޫނެވެ.

ދެން އޮތީ ކޮމިޓީތައް ހިންގުމެވެ. މި ދެ ބޭފުޅުންނަށް ތާއީދުކުރައްވާ މެންބަރުންނަށް ކޮމިޓީތަކުގެ މުޤައްރިރުކަން ގެއްލޭކަން އެނގުނު ހިސާބުން އެތައް ފިއްތުންތަކެއް ކޮމިޓީތަކަށް ވެސް ކުރިމަތިކުރެއްވިއެވެ. މަޖިލީހުގެ ކޮމިޓީތަކުގެ ޤަވާއިދެއް ނެތް ކަމަށް މަޖިލީހުގެ ކައުންސިލަރ ޖެނެރަލް މެދުވެރިކުރައްވާ އެންގެވިއެވެ. އަދި މަޖިލީހުގެ ތަޅުމުގައި އަމަލުކުރާ އުސޫލުން ކޮމިޓީގައި އަމަލުކުރަން އެންގެވިއެވެ. މަޖިލީހުގައި ބަހުސް ފެށުމަށް ފަހު އެންމެ މެންބަރަކު ތަޅުމުގައި ހުންނެވިއަސް އެ މަރުހަލާ ކުރިއަށްދެއެވެ. ނަމަވެސް ކޮމިޓީގައި އެކަން އެގޮތަށް ނުކުރެވޭނެކަން މަޖިލީހަށް ހޭހަން ކޮންމެ މީހަކަށް އެނގޭނެއެވެ. ކޮމިޓީތައް މިނިވަންކަމާއި އެކު ހިންގުމުގެ ބާރަށްވެސް އަތް ނުބާނުއްވާ ނުވީއެވެ.

ދެން މަޖިލީހުގެ ރިޔާސަތުން އަމަލުކުރަމުން އައި ކަޅާއި ހުދުގެ އުސޫލު ބޮލާލާ ޖެއްސެވި މަންޒަރުވެސް ފެނުނެވެ. މެންބަރުންނާއި ޖަދަލުކުރެއްވުމާއި ހިތުހުންނެވި ގޮތަކަށް މައްސަލަތައް އެޖެންޑާކުރެއްވުމާއި ބޭނުންފުޅުހާ ގޮތަކަށް މަޖިލީހުގެ މެންބަރުންނަށް ފުރުސަތު ދެއްވުން ވެސް ކުރިއަށް ގެންދަވަނީއެވެ. އެގޮތުން މީގެ ކުރިން މައްސަލަތަކުގެ ބަހުސް ކުރިއަށް ގެންދަވާ އިރު މެންބަރަކު ވާހަކަދައްކަން އެދިވަޑައިގެންފައި ނެތް ނަމަ، އެޖެންޑާގެ ފަހަތަށް މައްސަލަ ޖެއްސުމަށް ފަހު ދެންވެސް ބަހުސް ކުރަން ޝައުގުވެރިވާ މެންބަރަކު ނެތް ނަމަ ބަހުސް މަރުހަލާ ނިންމާލަނީއެވެ. ނަމަވެސް މިހާރު މަޖިލީހުގެ ރިޔާސަތުން ރުހޭ މެންބަރުން ވަޑައިގަންނަވާނެ ދުވަހަކުން ވަޑައިގެން ދަމާނެ ހާސަރެއް ދަމަންވީއެވެ.

އުސޫލެއް، ގޮތެއް ފޮތެއް ނެތެވެ. ހުރިހާ ބާރެއް އަތްމައްޗަށް ކަހާލައިފިއެވެ. މެންބަރުންގެ ބާރުތައް އަތަށް ނަންގަވައިފިއެވެ. މައްސަލަތައް ކުރިއަށް ގެންދާ ގޮތުގެ ބާރު ނަންގަވައިފިއެވެ. ކޮމިޓީތަކުގެ ބާރު ގަދަކަމުން ވެސް ނަންގަވަނީއެވެ. ހިތާމައަކީ މި ފަހަރު މި މަގުން ކަންކަން ހިނގަން މަޖިލީހުގެ އަމީން ޢާއްމާއި ކައުންސިލަރ ޖެނެރަލް ވެސް އެ ތިއްބެވީ ތަންދެއްވައިގެންކަމެވެ.

މަޖިލިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު

ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު

17 ފެބުރުއަރީ 2025
ފާޑުކިޔުން ބޮޑުވުމުން ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމަނީ

ފާޑުކިޔުން ބޮޑުވުމުން ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމަނީ

16 ފެބުރުއަރީ 2025
މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި މެންބަރުންގެ ޝުކުރާއެކު މުސްތަގުބަލުގައި އެދޭ ކަންކަން ހިއްސާކޮށްފި

މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި މެންބަރުންގެ ޝުކުރާއެކު މުސްތަގުބަލުގައި އެދޭ ކަންކަން ހިއްސާކޮށްފި

13 މެއި 2024
"ވިއްކާލި" ވޯޓުގެ އަޑުނުކެނޑި "ހައްގު" ތަކުގެ ވާހަކައަށް

"ވިއްކާލި" ވޯޓުގެ އަޑުނުކެނޑި "ހައްގު" ތަކުގެ ވާހަކައަށް

07 މެއި 2024
މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށާއި، މެންބަރުން އިންތިހާބު ކުރާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހުތަކެއް

މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށާއި، މެންބަރުން އިންތިހާބު ކުރާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހުތަކެއް

19 މާރިޗު 2024

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު