Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުވައްޒަފުން ވަޒީފާއިން ވަކިކުރުން

ރައީސް މުއިއްޒުގެ އިގްތިސާދީ ފިޔަވަޅުގެ ތެރެއިން މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ވަޒީފާއިން ކަނޑަމުންދޭ - ޒިޔާދު

ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރާނީ މީހުން ކަނޑާ 700ށް އަދަދު ތިރިވުމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 ޖުލައި 2024 | އަންގާރަ 12:43
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)

ސަރުކާރުން ބޭނުންވާ ބަޔަކަށް އެކި ނަންނަމުގައި މަގާމުތައް އުފައްދާ ވަޒީފާދެމުންދާ ކަމަށާއި، ނިކަމެތި ރައްޔިތު މީހާ ރަށުން ބޭރުކޮށް ވަޒީފާއިން ކެނޑެން މަޖުބޫރުވާ ހިސާބަށް ސަރުކާރުން ކަންކަން ކުރަމުން އަންނަ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވީ މި ސަރުކާރުން މީހަކު ވަޒީފާއިން ވަކިކުރަންވީމާ ދައްކަނީ އިގްތިސާދުގެ ވާހަކަ ކަމަށާއި، މީހަކު ވަޒީފާއަށް ނަގާއިރު އިގްތިސާދުގައި ކަންބޮޑުވުމެއް ނެތް ކަމަށެވެ. ސަރުކާރުން ބޭނުންވާ މީހަކު މަގާމަކަށް އައްޔަން ކުރަންވީމާ ރާއްޖޭގެ އިގްތިސާދު ރަނގަޅުކަމަށް ސަރުކާރުން ދެކޭ ކަމަށެވެ. އަދި ވަޒީފާއިން މީހުން ވަކިކުރުމުގެ ބަދަލުގައި ސަރުކާރުން އެހެން ފޯމިއުލާއެއްވެސް ބޭނުންކުރާ ކަމަށާއި، އެއީ މުވައްޒަފުންނަށް މަޖޫބުރުކޮށްގެން ވަޒީފާއިން ވަކިކުރުން ކަމަށް ޒިޔާދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ އާރުޑީސީން މުވައްޒަފުން މަދުކޮށް މުވައްޒަފުންގެ އޯވަރޓައިމް ކަނޑާލަމުންދާ މައްސަލައަށް އިޝާރާތްކުރައްވާ މެންބަރު ޒިޔާދު ވިދާޅުވީ މުވައްޒަފުން ކަނޑާލާފައި އެ ކުންފުންޏަށް ކޮންސަލްޓެންޓުންގެ ގޮތުގައި ސްޓޭޓް މިނިސްޓަރެއް ނުވަތަ ޑެޕިއުޓީ މިނިސްޓަރެއްގެ ވަޒީފާގައި އެތަނަށް މީހަކު ނަގާކަމަށެވެ.

ޒިޔާދު ވިދާޅުވީ މިހާރު އޮތް މަޖިލީހުގައި މަސައްކަތްތައް ވަރަށް އަވަހަށް ނިމޭކަމަށެވެ. ނަމަވެސް މި މަޖިލީހުގައި ތާށިވެގެން އުޅެނީ އެންމެ ބިލެއް ކަމަށާއި، އެއީ އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހު ކަމަށެވެ. ޒިޔާދު ވިދާޅުވީ އެ ބިލު ކޮމިޓީގައި އޮންނަތާ ދުވަސްތަކެއް ވެގެން ގޮސްފި ކަމަށާއި، އެންމެ ބައްދަލުވުމެއްވެސް ބާއްވާފައި ނުވާކަމަށެވެ. ނަމަވެސް ސަމޯއާ އެގްރީމެންޓުގައި ސޮއިކުރަށްވެގެން 1 ގަޑި އިރު ތެރޭގައި 2 ޖަލްސާއަށް ގޮވާލި ކަމަށެވެ. އަދި ދެ ކޮމިޓީ ބާއްވާ އެ ދުވަހުން ދުވަހަށް އެ މަސައްކަތް ނިންމާލި ކަމަށެވެ.

މަދަރޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވީ މަޖިލީހުގެ ތެރޭގައި އެމްޑީޕީގެ މެންބަރުން ކުއްލި މައްސަލަ ހުށަހަޅައިގެން ރައްޔިތުންނާއި މީޑިއާ ހަމައަށް ދިއުމުން، މަޖިލީހުގައި ތިއްބަވާ ސަރުކާރުގެ މެންބަރުން އެކަމާއި ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

މެންބަރު ދީދީ ވިދާޅުވީ މައްސަލަތައް އޮއްބާލަން ކޮންމެވެސް ގޮތެއް ހަދަން ސަރުކާރުގެ މެންބަރުން މަސައްކަތް ކުރާ ކަމަށެވެ. އެހެންކަމުން އިދިކޮޅު މެންބަރުން ކުއްލި މައްސަލަ ހުށަހެޅުން ދަތިކުރުމަށް މަޖިލިސް ތެރެއިން މަސައްކަތް ކުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ޕީޖީން އެކަމަށް ދޫ ނުދެއްވާނެކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަން ރައްޔިތުންނާއި ހަމައަށް ތިލަކޮށްދެއްވާނެކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު