Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަމަޝާން މަހު މަޖިލިސް ބަންދުކުރުން

ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު

ރަމަޟާން މަހު މަޖިލިސް ބަންދުކޮށް ދައުރު ކުރުކޮށްލަން ހުށައެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2025 | ހޯމަ 11:57
ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޒިޔާދު، ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ

ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޒިޔާދު، ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ

އަންނަ ރަމަޟާ މަހާއި ދިމާކޮށް ރައްޔިތުންގެ މަޖިލިސް ބަންދުކުރަން ނިންމީ މެމްބަރުން ބޭނުންވެގެން ނޫން ކަމަށާއި އެކަން އެގޮތަށް ކުރަން ނިންމީ ސީދާ ސަރުކާރުން ބޭނުންވެގެން ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

މެމްބަރު ޒިޔާދު މިފަދައިން ވިދާޅުވީ މަޖިލީހުގެ ގިނަ މަސައްކަތްތަކެއް ނުނިމި ވަނިކޮށް މަޖިލިސް ޗުއްޓީއަކަށް ދާން ނިންމި ނިންމުމާއި ގުޅުވައި ރާއްޖެ ޓީވީގެ ފަލަސުރުކީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރަމަޟާން މަހު މަޖިލިސް ބަންދުކޮށް ދައުރު ކުރުކޮށްލަން ހުށައެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު އެވެ.

މިކަމާއި ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމްޑީޕީ މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ރޯދަ މަހު މަޖިލިސް ބަންދު ނުކުރަން ވިސްނަމުން އަންނަ ކަމަށް ސަރުކާރު ޕާޓީ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިމަހުގެ 16 ވަނަ ދުވަހު ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅުވައި މެމްބަރު ޒިޔާދު ވިދާޅުވީ މަޖިލިސް ޗުއްޓީއަށް ދަނީ ސަރުކާރަށް މަޖިލީހަށް އެއްވެސް މަސައްކަތެއް ހަވާލުނުކުރެވި އެކަން މި ސަރުކާރަށް ނުވެގެން ކަމަށެވެ. އަދި 20 ވަނަ މަޖިލިސް ފެށިގެން ފުރަތަމަކޮޅުގައި އައި ބިލުތަކަކީ ކުރީ ސަރުކާރުން މަޖިލީހަށް ވައްދާފައިވާ ބިލުތައް ކަމަށެވެ. މި ސަރުކާރުން މަޖިލީހަށް އެއްވެސް ބިލެއް ނުވައްދާކަން އޭނާ ފާހަގަކުރިއެވެ.

ޒިޔާދު ވިދާޅުވީ މިހާރު ދިމާވެގެން މިއުޅޭ މައްސަލައަކީ މި ސަރުކާރަށް ބިލްތައް ތައްޔާރުނުކުރެވިގެން އުޅޭ މައްސަލަކަމަށާއި އެންމެ ފަހުން ނިމިދިއަ ރިސެސްގެ ބޮޑުބައެއް ދުއްވާލީ ވެސް ސަރުކާރަށް ތައްޔާރު ނުވެވިގެން ކަމަށެވެ.

ޒިޔާދު ވިދާޅުވީ މިކަމުގައި މިއުޅެނީ މަޖިލީހުގެ މެމްބަރުންގެ މައްސަލައެއް ވެސް ނޫން ކަމަށާއި ނަމަވެސް ސަރުކާރު ޕާޓީއަށް ނިސްބަތްވާ މެމްބަރުންނަށް ސަރުކާރު ހިމާޔަތް ކޮށް، ސަރުކާރުގެ ދިފާއުގައި ކަންކަންކުރަން މަޖުބޫރުވަނީކަމަށެވެ. އެގޮތުން ސަރުކާރަށް ތައްޔާރު ނުވެވުނީމައި ސަރުކާރުގެ ލަދު ފޮރުވަންވެގެން މެބްރުންނަށް އަމިއްލައަށް ކަތިލެވިގެން މިފަދަ ނިންމުންތައް ނިންމަނީކަމަށް ވެސް މެމްބަރު ޒިޔާދު ވިދާޅުވިއެވެ.

މިއުޅެނީ މެމްބަރުންގެ މައްސަލައެއް ނޫން. މިއީ ސަރުކާރުގެ މައްސަލައެއް. ސަރުކާރަށް މަޖިލީހަށް މަސައްކަތް ހަވާލުނުކުރެވުނީމާ ދެން ކުރާނެ މަސައްކަތެއް ނެތީމަ ޗުއްޓީއަށް ދާން އެ ނިންމަނީ. ވާގޮތަކީ މެމްބަރުންނަށް ސަރުކާރު ހިމާޔަތް ކޮށް، ސަރުކާރުގެ ދިފާއުގައި ކަންކަންކުރަން މަޖުބޫރުވަނީ. ސަރުކާރަށް ތައްޔާރު ނުވެވުނީމަ ސަރުކާރުގެ ލަދު ފޮރުވަންވެގެން މެބްރުން ކަތިވަނީ.
ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޒިޔާދު

ޒިޔާދު ވިދާޅުވީ ހަގީގަތަކީ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތުން ކަމަށާއި ނަމަވެސް ކޮމިޓީތަކުގައި ކުރާނެ ގިނަ، ބައިވަރު މަސައްކަތް ތަކެއް ކުރަން އެ ބަހުރިކަމަށެވެ. އަދި ހަޤީޤީ މަސައްކަތް ތަކަކީ ކޮމިޓީތަކުގެ މަސައްކަތައްކަމަށް ވެސް ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ގިނަ މެމްބަރުންވެސް ރޯދަމަހަށް މަޖިލިސް ބަންދުކުރަން ދެކޮޅުކަމަށާއި ނަމަވެސް އެ މެމްބަރުންނަށް މިއަދު ސަރުކާރުން ބުނާ ކޮންމެ ކަމެއް އެގޮތަކަށް ކުރަން މަޖުބޫރުވެފައިވާ ކަމަށެވެ.

ޒިޔާދު ވިދާޅުވީ މަޖިލީހަށް ބޭނުންވާ ވަރަށް މަސައްކަތް މި ސަރުކާރަށް ނުދެވޭ ކަމަށާއި ކުއްލި މައްސަލައެއް ވިޔަސް، ޤަރާރެއް ވިޔަސް ފެންނަން މި އޮންނަނީ އެމްޑީޕީން މަޖިލީހަށް ވައްދާ އެއްޗެއްކަމަށެވެ.

ރައްޔިތުންގެ މަޖިލިސްމަޖިލިސްޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުމަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ޑިއުޓީ ދައްކައިގެން އެތެރެކުރާ ސިނގިރޭޓަށް ވުރެ ވަގަށް އެތެރެކުރާ ސިނގިރޭޓު ގިނަ، މަނާ ކުރި ވޭޕް ވެސް ލިބެން އެބަހުރި: މަޖިލީހުގެ ނައިބު ރައީސް ނާޒިމް

ޑިއުޓީ ދައްކައިގެން އެތެރެކުރާ ސިނގިރޭޓަށް ވުރެ ވަގަށް އެތެރެކުރާ ސިނގިރޭޓު ގިނަ، މަނާ ކުރި ވޭޕް ވެސް ލިބެން އެބަހުރި: މަޖިލީހުގެ ނައިބު ރައީސް ނާޒިމް

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު