Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-ލުބްނާން

އިސްރާއީލުގެ ހަމަލާތަކުގައި ލުބުނާނުގެ ހިޒްބުﷲގެ 6 މީހަކު މަރާލައިފި

މި ހަމަނުޖެހުމުގެ ތެރޭގައި އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މިހާތަނަށް އިސްރާއީލު ސިފައިންގެ ހަތް މީހަކު މަރުވެފައިވޭ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 22 އޮކްޓޯބަރު 2023 | އާދީއްތަ 03:34
އިސްރާއީލުން ހިޒްބުﷲގެ 6 މީހަކު މަރާލުން

އިސްރާއީލުން ހިޒްބުﷲގެ 6 މީހަކު މަރާލުން

ނުލަފާ ޔަހޫދީ ޒަޔަނިސްޓުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން، ލުބުނާނުގެ ހިޒްބުﷲގެ އަމާޒުތަކަށް އެ ގައުމުގެ މަތިންދާ ބޯޓުންނާއި މިސައިލުން ހަމާލާދީ ހިޒްބުﷲގެ 6 މީހަކު މަރާލައިފި އެވެ.

އިސްރާއީލުން ޣައްޒާގެ ހަމާސް ހަނގުރާމަވެރިންނާ ދެކޮޅަށް ކަމަށް ބުނެ ޣައްޒާ ސުންނާފަތިކުރަމުންދާއިރު، މިއީ ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ނުރައްކާތެރި ހަމަލާތަކެވެ. މި ހަމަލާތަކުގައި އިސްރާއީލުން ދަނީ ލުބުނާނުގެ ބޯޑަރު ކައިރީގައި ތިބި ހިޒްބުﷲ ގެ މީހުންނަށް ވެސް ހަމާލާތައް ދެމުންނެވެ.

އެގޮތުން ލުބުނާނުގެ ސަލާމަތީ މަސްދަރަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ ލުބުނާނުގެ ހުލާ ސަރަހައްދުގައި ތިބި ހިޒްބުﷲގެ ހަނގުރާމަވެރިންގެ ޓޭންކުތަކާ ދެކޮޅަށް ފޮނުވި މިސައިލެއްގައި ހިޒްބުﷲގެ އެއް ހަނގުރާމަވެރިއަކު މަރުވެފައިވާ ކަމަށެވެ. އަދި 5 ހަނގުރާމަވެރިއަކު މަރުވެފައިވަނީ ހިޒްބުﷲގެ އަމާޒުތަކަށް އެ ގައުމުގެ މަތިންދާ ބޯޓުން ދިން ހަމަލާތަކުގައި ކަމަށް އެ ރިޕޯޓުތަކުގައިވެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި މި ހަމަނުޖެހުމުގެ ތެރޭގައި އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މިހާތަނަށް އިސްރާއީލް ސިފައިންގެ ހަތް މީހަކު މަރުވެފައިވާއިރު، މި ހަމަނުޖެހުންތަކުގެ ސަބަބުން އިސްރާއީލް އަދި ލުބުނާނުގެ ބޯޑަރު ކައިރީގައި ތިބި އާންމުން ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ.

އަދި މި ހަމަނުޖެހުންތަކުގައި ހިޒްބުﷲގެ 19 ހަނގުރާމަވެރިއަކު މަރުވެފައިވާކަމަށް އެ ޖަމާއަތުން ބުނިއިރު، އޭގެ ތެރޭގައި ހޮނިހިރު ދުވަހު މަރުވި 6 ހަނގުރާމަވެރިން ވެސް ހިމެނޭ ކަމަށް އެ ޖަމާއަތުން ބުނެ އެވެ. މި ހަމަނުޖެހުންތަކުގައި އާންމުންނާއި ނޫސްވެރިން ވެސް މަރުވެފައިވާ އިރު އޭގެ ތެރޭގައި ރޮއިޓާސްގެ އެއް ނޫސްވެރިއަކު ވެސް ހިމެނެ އެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
16 ފެބުރުއަރީ 2017

ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

16 ފެބުރުއަރީ 2017
ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
14 ޖެނުއަރީ 2017

އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު

14 ޖެނުއަރީ 2017
އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު