Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް

އަލް އަހްލީ ހޮސްޕިޓަލަށް އިސްރޭލުން ދިން ޙަމަލާ ރައީސް ޞާލިޙް ކުށްވެރިކުރައްވައިފި

ހަނގުރާމަ ނުކުރާ މީހުންނަށް އަމާޒުކޮށްގެން ހެދުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފު އަމަލެއް ކަމަށް ރައީސް ވިދާޅުވި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 18 އޮކްޓޯބަރު 2023 | ބުދަ 06:12
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް

ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް އިސްރޭލުން ދިން ޙަމަލާ އެންމެ ހަރުކަށި ޢިބާރާތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ކުށްވެރިކުރައްވައިފި އެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދިން ބޮމުގެ ހަމަލާއެއްގައި އަލް އަހްލީ ބަޕްޓިސްޓް ހޮސްޕިޓަލް އެއްކޮށް ފުނޑުފުނޑުވެ 500 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ޣައްޒާގެ ސިއްހީ އިދާރާތަކުން ކަށަވަރު ކޮށްދިން ގޮތުގައި އަންގާރަ ދުވަހުގެރޭ ދިން ބޮމުގެ ހަމަލާ އަމާޒުކޮށްފައިވަނީ ސީދާ އަލް އަހްލީ އަރަބް ހޮސްޕިޓަލަށެވެ. އެހަމަލާގައި ހޮސްޕިޓަލް ގައި އެޑްމިޓްކޮށްފައިވާ މީހުންނާއި، އެތަނަށް ޒިޔާރަތްކުރި މީހުންވެސް ހިމެނޭގޮތުން 500 އަށްވުރެ ގިނަ މީހުން ޝަހީދުވެ އެތައްބަޔަކު ޒަޚަމްވެފައިވާކަމަށް ސިއްހީ އިދާރާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

Advertisement - newsAdvertisement

މި ނިރުބަވެރި ހަމަލާއާ ގުޅިގެން ރައީސް ޞާލިޙް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޣައްޒާގެ އަލް އަހްލީ އަރަބި ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށާއި ހޮސްޕިޓަލްތަކަށާއި ހަނގުރާމަ ނުކުރާ މީހުންނަށް އަމާޒުކޮށްގެން ހަމަލާތައް ދިނުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފު އަމަލެއް ކަމަށް ވިދާޅުވެފައިވެއެވެ. ރައީސް ވަނީ ހަނގުރާމަ ހުއްޓާލުމަށް ބާރުއަޅައި، ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުއި ދިނުމަށްޓަކައި އިންސާނީ ކޮރިޑޯތައް ޤާއިމުކުރުމަށް ދުނިޔޭގެ މުޖްތަމައުތަކަށް ގޮވާލައްވާފަ އެވެ.

ރޭ އިސްރާއީލުން ދިން މި ހަމަލާގައި ޝަހީދުވި މީހުންނާއި، ޒަޚަމްވި މީހުންގެ ތެރޭގައި އެތައް ކުޑަކުދިންނަކާއި މާބަނޑު އަންހެންހެނުން ހިމެނޭއިރު، އަންގާރަ ދުވަހުގެ ރޭ ވިހޭ ތުއްތު ކުދިންވެސް ހިމެނޭކަމަށް އެ ހޮސްޕިޓަލާއި ހަވާލާދީ ސިއްހީ އިދާރާތަކުން ވަނީބުނެފައެވެ. އަދި މި ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާރު ވެސް 1,100 އަށް ވުރެ ގިނަ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓު ކުރެ އެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު