Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލު

ޣައްޒާއަށް ދެމުންދާ ޙަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް އ.ދގައި ރާއްޖެއިން ގޮވާލައިފި

ޢާއްމު ރައްޔިތުންނާއި ޢާއްމު ބޭނުންތަކަށް ބޭނުންކުރެވޭ ޢުމްރާނީ ވަޞީލަތްތަކަށް ޙަމަލާ ދިނުން ހުއްޓާލުމަށް ރާއްޖެއިން ގޮވާލި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 އޮކްޓޯބަރު 2023 | އަންގާރަ 13:25
އދ ގައި ރާއްޖެއިން ބަޔާންދެނީ

އދ ގައި ރާއްޖެއިން ބަޔާންދެނީ

އިޒްރޭލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޣައްޒާގެ ޙާލަތު ގޯސްވަމުންދާކަން ފާހަގަކޮށް، މިހާރުން މިހާރަށް ބޭނުންވާ އެހީތައް ޣައްޒާއަށް ފޯރުކޮށްދިނުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުން މިހާރަށް ވުރެ އަވަސް މަސައްކަތްތަކެއް ކުރުމަށް ގޮވާލައި ދިވެހިރާއްޖެއިން ފަލަސްޠީނާއެކު ތިބިކަން ތަކުރާރުކޮށްފިއެވެ.

ދިވެހިރާއްޖެއިން މިފަދައިން ގޮވާލާފައިވަނީ އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށްދާ އ.ދ.ގެ ޢާއްމު މަޖިލީހުގެ 78ވަނަ ސެޝަނުގެ އިޤްތިޞާދީ އަދި މާލީ ކަންކަމާބެހޭ ކޮމިޓީ (ސެކަންޑް ކޮމިޓީ)ގައި އިރުމަތީ ޤުދުސް ހިމެނޭހެން، ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައިވާ ޤުދުރަތީ ވަޞީލަތްތަކަށް ފަލަސްޠީނުގެ ރައްޔިތުންގެ ދާއިމީ ސިޔާދަތީ ވެރިކަން އޮތުމާއި ހިފާފައިވާ ސީރިއާގެ ގޯލާންގެ ބިންތަކުގައިވާ ޤުދުރަތީ ވަޞީލަތްތަކަށް އެބިންތަކުގައި އުޅޭ ޢަރަބި އާބާދީތަކަށް ދާއިމީ ސިޔާދަތީ ވެރިކަން އޮތުމާ ގުޅޭގޮތުން ތާވަލުކޮށްފައިވާ މައްސަލައިގެ ޢާއްމު ބަހުސްގައި ރާއްޖެއިން ދިން ބަޔާނުގައެވެ.

Advertisement - newsAdvertisement

މިބަޔާނުގައި ރާއްޖެއިން ވަނީ ފަލަސްޠީނުގެ ރައްޔިތުން އެތައް އަހަރެއް ވަންދެން ތަޙައްމަލު ކުރަމުންދާ ދަތި ޙާލު ފާހަގަކޮށް، ޚާއްސަގޮތެއްގައި ޣައްޒާގައި މިހާރު ހިންގަމުންދާ ޢުދުވާން ތަކާގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ޢާއްމު ރައްޔިތުންނާއި ޢާއްމު ބޭނުންތަކަށް ބޭނުންކުރެވޭ ޢުމްރާނީ ވަޞީލަތްތަކަށް ޙަމަލާ ދިނުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ޣައްޒާގެ އުތުރުގައި ދިރިއުޅެމުންދާ 1.2 މިލިއަން ރައްޔިތުން 24 ގަޑިއިރުތެރޭގައި ޣައްޒާގެ ދެކުނަށް ދިއުމަށާއި އެންމެ 6 ގަޑިއިރުތެރޭގައި ގެތަކުން ނުކުތުމަށް އެތައް މިލިއަން ބަޔަކަށް އިސްރޭލުން އެންގި އެންގުމަކީ ބައިނަލްއަޤުވާމީ އަދި އިންސާނީ ޙައްޤުތަކާބެހޭ އެންމެހައި ޤާނޫނުތަކާ ޚިލާފު ކަމެއްކަން ފާހަގަކޮށް އެއަމުރު އަނބުރާ ގެނައުމަށް ވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

ޢާއްމުންނާ ހަނގުރާމަވެރިންރާ ތަފާތުކުރުމެއްނެތި ދެވޭ ޙަމަލާތަކަކީ "ކަލެކްޓިވް ޕަނިޝްމަންޓް"ކަން ފާހަގަކޮށް ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު މިހާރުން މިހާރަށް ފޯރުކޮށްދިނުމަށް އިންސާނިއްޔަތު ކަމުގެ ކޮރިޑޯތަކެއް ހުޅުވުމުގެ މުހިއްމުކަން ވެސް ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ. އަދި ޙަމަލާތައް މިހާރުން މިހާރަށް ހުއްޓުވުމަށް ބާރުއެޅުމަށް ވެސް ރާއްޖެއިން ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލާފައެވެ.

ރާއްޖޭގެ ބަޔާނުގައި ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ވަކި ދައުލަތެއް ޤާއިމުކުރުން ހިމެނޭހެން ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންދާ ޖާއިޒު މަސައްކަތްތަކުގައި ފަލަސްޠީނުގެ ރައްޔިތުންނަށް އެއްވެސް ޝަރުތެއް ނެތި ރާއްޖެއިން ތާއީދުކުރާކަން ތަކުރާރުކޮށްފައެވެ. އަދި ދާއިމީ، ދެމެހެއްޓެނިވި ޙައްލެއް ލިބެން އޮތީ 1967ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ، މިނިވަން، މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރެވިގެން ކަން ވެސް ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ.

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2017

ވަކީލުންގެ ސަސްޕެންޝަން ވަގުތުން އުވާލުމަށް މައުމޫން ހަމީދު ގޮވާލައްވައިފި

13 ސެޕްޓެމްބަރު 2017
ވަކީލުންގެ ސަސްޕެންޝަން ވަގުތުން އުވާލުމަށް މައުމޫން ހަމީދު ގޮވާލައްވައިފި
04 ސެޕްޓެމްބަރު 2017

މަގުމައްޗަށް ނަޖިސް ބޭރުވި މައްސަލައަށް ވަގުތުން ހައްލުކުރެވުނު:އެމްޑަބްލިޔޫއެސްސީ

04 ސެޕްޓެމްބަރު 2017
މަގުމައްޗަށް ނަޖިސް ބޭރުވި މައްސަލައަށް ވަގުތުން ހައްލުކުރެވުނު:އެމްޑަބްލިޔޫއެސްސީ
02 ޖުލައި 2017

އިމްރާނާއި ނާޒިމް ވަގުތުން މިނިވަންކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލައިފި

02 ޖުލައި 2017
އިމްރާނާއި ނާޒިމް ވަގުތުން މިނިވަންކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލައިފި
13 ޖޫން 2017

ޝަރުތަކާއި ނުލައި އާޒިމް ވަގުތުން ދޫކޮށްލުމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ގޮވާލައިފި

13 ޖޫން 2017
ޝަރުތަކާއި ނުލައި އާޒިމް ވަގުތުން ދޫކޮށްލުމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ގޮވާލައިފި
08 ޖޫން 2017

އާޒިމް ވަގުތުން މިނިވަން ކުރުމަށް ރައީސް މައުމޫނު ގޮވާލައްވައިފި

08 ޖޫން 2017
އާޒިމް ވަގުތުން މިނިވަން ކުރުމަށް ރައީސް މައުމޫނު ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު