Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޕޯޓް

އިހުއޮތް އަނިޔާވެރިކަމަށް އެނބުރިދާން ބޭނުންވަނީތޯއެވެ؟

ވިސްނާ ނުލެވިއްޖެނަމަ ކުރިން އޮތް އަނިޔާވެރިކަން އެނބުރި އިއާދަވާނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 25 ސެޕްޓެމްބަރު 2023 | ހޯމަ 00:55
ރައީސް ޔާމީންގެ ވެރިކަމުގައި ހައްޔަރުކުރި ސިޔާސީ މީހުން ދޫކޮށްލުމަށް ގޮވާލައި އަޑު އުފުލަނީ

ރައީސް ޔާމީންގެ ވެރިކަމުގައި ހައްޔަރުކުރި ސިޔާސީ މީހުން ދޫކޮށްލުމަށް ގޮވާލައި އަޑު އުފުލަނީ

މީހުން ބުނެއުޅެއެވެ. މިނިވަންކަމުގެ އިހްސާސް ކުރެވޭނީ އަޅުވެތިކަމުގެ ރަހަ އަރުގައި ލައިގެންނެވެ. އަނިޔާވެރިކަމެއް ތަހައްމަލް ކުރެވިގެންނެވެ. ބައެއްގެ އަޅުވެތިކަމުގައި އޮންނާން ޖެހުނީމައެވެ.

އެފަދަ ހިތިމާޒީއެއް އަޅުގަނޑުމެންނާ ބީވިތާ އަދި މާގިނަ ދުވަހެއް ނުވެއެވެ. މީގެ ހަތަރު ފަސް އަހަރެއްގެ ކުރިއަށް ގޮސް ހުއްޓުނީމާ އެމަންޒަރު ނުލާހިކު ރީތިކޮށް އެބަ ސިފަވެއެވެ. އެހިތި އަސަރު ހިތުގެ އެންމެ ފުނަށް ވަރަށް ރަނގަޅަށް ވަދެގެން އެބަދެއެވެ. ކޮންމެ ދުވަހަކު ދަމާކޫއްތާފައި ގެންގޮސް ޖަލުގެ ކުޑަގޮޅިތަކަށް އެތައް ބަޔަކު އަޅާލިގޮތް ފެންނަފަދައެވެ. ކުދި ޅަދަރިން ރޮއެރޮއެ އޮއްވާ ކުރިމަތީގައި ބިޑިއަޅުވައިގެން އެގެންދިއަ މަންޒަރު ބަލާކަށް ކުޅަދާނައެއް ނޫނެވެ. މަގުމައްޗަށް ނުކުމެ އަޑެއް އުފުލާލީމާ ލޮލަށް ބުރުވާލި އަސޭމިރުހުގެ ދުމުގެ އަސަރުން ލޯތައް  މިއަދުވެސް ނިރާލައެވެ. ބައެއްގެ އޯޑަރަށް ހިތާ ދެކޮޅަށް ފުލުހުން މަޅާލި މުގުރުބުރިން ބޮލު ފުށްކިބަ ފަޅައިގެންގޮސް ހޯސްލާފައި ފޭބިލޭތައް އެދަނީ ހިތްތައް ތެންމަމުންނެވެ. އަޑެއް އުފުލާލީމާ ބޮޑުސިންގާ ކުށްވެރިއަކަށްވެ ވާނުވާ ޖަހާފައި ޖަލުގައި ބޭއްވުމުން ބިކަވެގެން ދިޔައީ ކިތައް އާއިލާތޯއެވެ. ބައްޕަ ނެތުނީމާ ދަރިން އެރުއިރުއިމާ އެކެކުޅުންތަކުގައި ނަފްސާނީގޮތުން ބަލިކަށިވީ ކިތައް ޅަ ދަރިންނާ މައިންތޯއެވެ.  

ނިކަން ރަނގަޅަށް ވިސްނަވާ ފިކުރުކޮށްލައްވާށެވެ. މާޒީގައި ވެދިޔަގޮތުގެ ހަނދުމަ އާކޮށްލައްވާށެވެ.

ޤައުމުގެ މާލިއްޔާ ހިތުހުރި ގޮތަކަށް ބޭނުންކުރަމުންދާ ވާހަކައާއި ވެރިކަމުގައި ތިބި މީހުންގެ އެކައުންޓްތަކަށް ދައުލަތުގެ ފައިސާތައް ވަންނަމުންދާ ވާހަކަ އޮޑިޓަރ ޖެނެރަލް ވިދާޅުވީމާ އޭނާ ނަގާ އެއްލާލި  ގޮތާމެދު ވިސްނަވާލައްވާށެވެ.

ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާނުވީމާ ހައްޔަރުކޮށް ޖަލަށްލީ ކިތައް ފުލުހުންނާ ކިތައް ސިފައިންތޯއެވެ. އިސްއޮފިސަރުން ބަދަލުކޮށް ދެން އެރުވި މީހުން މެދުވެރިކޮށް ހައްޔަރުކުރިހާ އާއްމުންނަށް ބޭނުންހާ ހުކުމެއް ނެރެދިން ކޯޓުތަކާއި ގާޒީންތަކާމެދު ވިސްނަވާލައްވާށެވެ. އެނޫން ގޮތަކަށް އަމަލުކުރި ކޯޓުތަކުގެ ފަނޑިޔާރުން އޮންނާންޖެހުނުތަނާމެދު ހަނދުމަކޮށްލައްވާށެވެ.އެއިން ކަމަކާމެދު ކޯޓުތަކަށް ހިނގި ޤާނޫނީ ވަކީލުންގެ ހުއްދަތައް ހިފެހެއްޓިގޮތާމެދު ވިސްނަވާލައްވާށެވެ. ރައްޔިތުންގެ މަޖިލީސް ހިސޯރުކޮށް އެމަޖިލީހުގެ މެންބަރުންތައް ފާރުމަތިން އުކާލިގޮތް ހަނދާން ނެތުނީތޯއެވެ. ހައްޔަރުކުރި މެންބަރުގެ ފޯނު ނުދީގެން ކޮއްކޮއަށް ދެއްކި އަހުވައާއި އަނބިމީހާ ރަހީނުކޮށްގެން ގެންގުޅުނުގޮތާމެދު ފިކުރުކުރާކަށް ނުވޭތޯއެވެ. ބަލި އެނދުގައި އޮއްވާ ސިޔާސީ މީހުންނަށް ހުކުމްކުރި ގޮތާ އެމީހުން ހަންމަތަކުރަން ކަމާނުވެސްބެހޭ ކުށެއްނެތް ދަރިން ޖަލުގެ ތޭރިތަކުގެ ފަހަތުގައި ބޭއްވިގޮތް ހަނދާން ކޮށްލައްވާށެވެ. އެއްބަފާ ބޭބެ މުސްކުޅިހާލުގައި ރޯދަމަހުގެ ފަހު ދިހައިގާ ގެންގޮސް ޖަލުގައި ބޭއްވިގޮތް ހަނދުމަ ނެތުނީތޯއެވެ. ދަންވަރު ކޯޓަށް ގެނެސް ކޮޅުފިލާ ގޮނޑިއެއްގައި މުޅިރޭ އެފަކީރު ހޭދަކުރަން ޖެއްސިގޮތް ހަނދާންވެފައި ފެންކަޅި ނުވޭތޯއެވެ.

މިވާހަކަތައް ދެއްކި ނޫސްވެރިންނަށް ވީގޮތްވެސް މިއަދު އޮޅުނީތޯއެވެ. ހައްގުން ކަމަކާ ނުލާ ގެއްލުވާލާ، ގޭގެތެރޭގައި އޮއްވާ ކޮށާއަޅާލި މަންޒަރުގެ ސިހުންވެރިކަން ގެއްލުނީތޯއެވެ. މީހުން ތިއްބައި އެފަދަ ތަންތަން ރޯކޮށް އެތައް ނޫސްވެރިންނަކަށް ދައުވާކުރިކަން ހަނދާނުން ކައްސާލީތޯއެވެ.

އެދުވަހު ޤައުމުގެ އިސްމީހުންނަކީ ކޮބައިކަމާމެދު ނިކަން ރަނގަޅަށް ނަޒަރު ހިންގަވާލައްވާށެވެ.  ކަންމަތީ ކުދިންނަށް ފައިސާ ދީގެން އެމީހުންލައްވާ ހިންގުވި ޖަރީމާތައް ހިތުން ފުހެވުނީތޯއެވެ. ރޯމާ ދުވާލު ކޮށާއަޅާލައި ބިންމައްޗަށް ވައްޓާލި ބިރުވެރި ހާދިސާތައް ހަނދާނުން ފިލީތޯއެވެ. މިކަންކަން ހިތަށް ވަނީމާ ގައިން ހީބިހި ނަގައިނުގަނޭތޯއެވެ. އެއަނިޔާވެރިކަމުގެ އަސަރު ހިތަށް އެރުމުން ފެންކަޅި ނުވޭތޯއެވެ. އެއަނިޔާތަކަށް ކެތްނުވެގެން އެކަމުން މިންޖުކޮށްދިނުން އެދި ދުއާއަށް އަތްއުފުލާލި މީހުންނަށް ލިބުނު އަނިޔާ އެކަނިވެސް އެކަމާމެދު އިންސާފްކުރާކަށް ނުފުދޭތޯއެވެ.

ނޫނެކެވެ. ދިވެހިންނަކީ އެހާ ހަނދުމަ ބަލި ބައެއް ނޫނެވެ. އަޅުވެތިކަމުގެ ހިތީގައި ތިބެން ބޭނުންވާނެ ބައެއް ނޫނެވެ. އިންސާފާހަމަ ބޮލާލާ ޖަހާނެ ބައެއްނޫނެވެ. އެހިތި މާޒީއާމެދު ފުންކޮށް ވަރަށް ފުންކޮށް ވިސްނާލާށެވެ. އަނެއްކާވެސް ހަނދުމަ އާކޮށްލައްވާ އިހުއޮތް އެކަޅު މާޒީއަށް ނުދާން އަޒުމް އާކުރައްވާށެވެ.  ކުދިކުދި ދެބަސްވުންތަކާއި ޚިޔާލުތަފާތުވުންތަކުގެ އަވައިގައިޖެހި އިހުއެކަންކުރި މީހުންނަށް ފުރަސަތު ދެވިއްޖެނަމަ ވާނޭގޮތް އަމިއްލައަށް ވިސްނަވާލައްވާށެވެ. އުޅެން ޖެހޭނޭ ނިކަމެތި ހާލާމެދު ފިކުރުކޮށްލައްވާށެވެ. އަނެއްކާވެސް އެވެރިން މާގަދަކޮށް އަންނާނެކަމާ، ފުލުހުންނާއި ސިފައިން އަދި ކޯޓުތަކަށް ވެގެންދާނޭ ގޮތާމެދު ޚިޔާލު ކޮށްލައްވާށެވެ. ނަތީޖާއެއްގެ ގޮތުން އިހުއޮތްތަނަށް ވެއްޓި ބިރުވެރިކަމުގައި މުޅިއުމުރު ހޭދަކުރަން ޖެހުން ނޫންގޮތެއް ނެތްކަން ޤަބޫލު ކުރައްވާށެވެ. އަދިވެސް އެއްފަހަރު ހިތާ ހިތާ ސުވާލުކޮށް ރަނގަޅަށް ވިސްނާލާށެވެ.

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟
11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު