Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޖަމަލު ކިރުގެ އުފެއްދުންތައް

ކެމަލިޝަސް: ހަނަފަސް ސަހަރާތަކަށް ތިޔާގި ޖަމަލު ކިރުގެ ޖަވާހިރު

ކޮންމެ އަހަރަކުވެސް ގާތްގަނޑަކަށް 240 މެޓްރިކް ޓަނުގެ ޖަމަލު ހިކި ކިރު އުފައްދާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2023 | ބުރާސްފަތި 07:17
ކޮންމެ ދުވަހަކުވެސް ޖަމަލު ފާމްއިން އުފައްދާ 15000 ލީޓަރުގެ ޖަމަލު ކިރުގެ ތެރެއިން 110 ލީޓަރުގެ ތާޒާ ޖަމަލު ކިރަކީ، ޝާހީ ގަނޑުވަރުތަކަށް ސަޕްލައި ކުރާ ބައެއް

ކޮންމެ ދުވަހަކުވެސް ޖަމަލު ފާމްއިން އުފައްދާ 15000 ލީޓަރުގެ ޖަމަލު ކިރުގެ ތެރެއިން 110 ލީޓަރުގެ ތާޒާ ޖަމަލު ކިރަކީ، ޝާހީ ގަނޑުވަރުތަކަށް ސަޕްލައި ކުރާ ބައެއް

ދުނިޔޭގެ އެންމެ ވަރުގަދަ ވިޔަފާރި މަރުކަޒުތަކުގެ ތެރޭގައި ގުނާލެވޭ ދުބާއީގެ ރަށްބޭރުގައި އޮތް ހަނަފަސް ސަހަރާގެ ތެރޭގައި ކުރަމުން އަންނަ ޖަމަލު ކިރުގެ ވިޔަފާރިއަށް މިއިން ދުވަހަކު ހީނަރުކަމާ ކުރިމަތިލާން ޖެހިދާނެ ކަމަކަށް ނުބެލެވެއެވެ. ދުބައީގެ މަރުކަޒީ ސިޓީއާ މާ ދުރު ނޫން ހިސާބު ރަށްބޭރުގައި 'ކެމަލިޝަސް'އިން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ޖަމަލު ކިރާއި ޖަމަލު ކިރުން ތައްޔާރު ކުރާ އެކި ކަހަލަ އުފައްދުންތަކުގެ ވިޔަފާރިއަކީ، އެކުވެރި ޢަރަބި ޢިމާރާތުގައި ސިނާޢީ ފެންވަރުގައި ކާބޯތަކެތި އުފެއްދުމުގެ މަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ އެ ކުންފުނީގެ ރަން ބިސް އަޅާ ކުކުޅު ކަމުގައިވެސް ދެންނެވިދާނެއެވެ.

މުޅި ދުނިޔޭގެ ނިސްބަތުން ބެލި ކަމުގައި ވީ ނަމަވެސް، ޖަމަލު ކިރާއި ޖަމަލު ކިރުގެ އުފެއްދުންތައް ތައްޔާރު ސިނާޢީ ފެންވަރުގައި ތައްޔާރު ކުރާ އެންމެ ބޮޑު ފެސިލިޓީ އަކީ ކެމަލިޝަސްގެ މިލްކިއްޔާތެކެވެ. ކެމަލިޝަސްއިން އަހަރެއްގެ މައްޗަށް އުފައްދާ ޖަމަލު ކިރުގެ މިންވަރު، 5.5 މިލިއަން ލީޓަރަށް ވުރެ މައްޗަށް އަރައެވެ. އަދި ކޮންމެ އަހަރަކުވެސް ގާތްގަނޑަކަށް 240 މެޓްރިކް ޓަނުގެ ޖަމަލު ހިކި ކިރު އުފައްދައެވެ.

ތާރީޚުގެ ތެރެއަށް ބަލާއިރު އެއްތަނުން އަނެއް ތަނަށް ދަތުރުކޮށް އުޅުމަށާއި، ހަނގުރާމަމަތީ ސަވާރީގެ ގޮތުގައި މުހިންމު ޒިންމާއެއް އުފަލަމުން ދިޔަ ޖަމަލުތައް މިއަދު ވެފައި ވަނީ، އެންމެ ފެންވަރުގެ ކިރު އުފައްދާ ފަހުލަވާނުންތަކަކަށެވެ. ޖަމަލު ކިރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން، އެ ކިރަކަށް ބޮޑު ޑިމާންޑެއް އޮންނަ ކިރެކެވެ. ޖަމަލު ކިރާއި ޖަމަލު ކިރުގެ އުފެއްދުންތައް ތައްޔާރު ކުރުމުގެ ބޭނުމަށް، ކެމަލިޝަސްއިން ޖަމަލުތައް ގެންގުޅެމުން ދަނީ 15 އަކަ ކިލޯމީޓަރަށް ދެމިގެންދާ ފާމްއެއްގައެވެ.

ކެމަލިޝަސްގައި މުހިންމު ޒިންމާތަކެއް އުފުލަމުން އަންނަ ޖޫޑީތު ޖޫހާޒްއަކީ ޖަމަލުތަކާ ބެހޭ ދިރާސާތައް ކުރުމުގައި އެތައް އަހަރެއް ހޭދަކޮށްފައިވާ ތަޖުރިބާކާރެކެވެ.

ކެމަލިޝަސްގެ ފާމްގައި ޖަމަލުތަކުން ކިރު ފެލުމަށް ފަހު އެ ސްޓެރެލައިޒްކޮށް، ހޫނު ކަނޑުވާލައެވެ. އެއަށްފަހު ކިރު ފުޅި އުފެއްދުމުގެ ސިނާޢި މަސައްކަތްތަކާއި، ހިކި ކިރާއި އެނޫންވެސް ކިރުގެ ބާވަތްތައް އުފެއްދުމުގެ މަސައްކަތްތައް ފަށައެވެ. މި މަސައްކަތްތައް ކުރުމަށްޓަކައި، މުޅި ކާރުޚާނާގައި އޮޓޯމޭޓަޑް ނިޒާމެއް އޮންނަނީ ޤާއިމު ކޮށްފައެވެ.

ކޮންމެ ދުވަހަކުވެސް ޖަމަލު ފާމްއިން އުފައްދާ 15000 ލީޓަރުގެ ޖަމަލު ކިރުގެ ތެރެއިން 110 ލީޓަރުގެ ތާޒާ ޖަމަލު ކިރަކީ، ޝާހީ ގަނޑުވަރުތަކަށް ސަޕްލައި ކުރާ ބައެކެވެ.

ޖަމަލު ކިރަކީ، އާންމުކޮށް ލިބެން ހުންނަ ކިރުގެ އުފެއްދުންތަކާ ނުގުޅޭ މީހުން ނުވަތަ ލެކްޓޯސް އިންޓޮލަރަންޓް މީހުންނަށް ކަމުދާ ކިރެކެވެ. ޚަރަދުގެ ގޮތުން ބަލާއިރު އަނެއް ބަޔަކަށް ޖަމަލު ކިރު މާ ރަނގަޅެވެ. ދުބާއީގައި ލިބެމުން ދާ ކާމިޔާބީއަށް ބެލުމަށް ފަހު ކެމަލިޝަސްއިން އަމާޒު ހިފާފައި ވަނީ، އަދިވެސް އިތުރަށް ވިޔަފާރި ފުޅާ ކުރުމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާއިން ވަނީ، އެކުވެރި ޢަރަބި އިމާރާތުގައި އުފައްދާ ޖަމަލު ކިރު ޕައުޑަރު އިމްޕޯޓް ކުރުމުގެ ހުއްދަ ދީފައެވެ. މިއާއެކު، ޗައިނާއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އާ ގުޅުންތަކެއް ވަނީ ބަދަހިވެގެން ގޮސްފައެވެ.

ކެމަލިޝަސްގެ ޗީފް އޮޕަރޭޝަންސް އޮފިސަރ، މުތުޝަރު ޢަބްދުއްލަޠީފު އަލްބަދުރީ ފާހަގަ ކުރި ގޮތުގައި، އެ ކުންފުނީގެ އުފެއްދުންތަކުގެ ބޮޑު އިންސައްތައެއް ސަޕްލައި ކުރަނީ ޗައިނާގެ ބާޒާރުތަކަށެވެ. އަދިވެސް އިތުރަށް އެކްސްޕޯޓް ވިޔަފާރި ފުޅާ ކުރެވެން ހުރި މަގުތައް ބަލަމުން ދާ ކަން ވެސް އޭނާ ވަނީ ހާމަ ކޮށްފައެވެ.

ކެމަލިޝަސްއިން އުފައްދާ ތާޒާ ޖަމަލު ކިރު މިވަޤުތު އެކްސްޕޯޓް ކުރަމުން ދަނީ މެދުއިރުމައްޗާއި އެކުވެރި ޢަރަބި އިމާރާތުގެ އަވަށްޓެރި ޤައުމުތަކަށެވެ. ޖަމަލު ކިރު ޕައުޑަރު ނުވަތަ ހިކި ކިރު އެކްސްޕޯޓް ކުރަނީ ޗައިނާގެ އިތުރުން ވިލާތާއި ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކާއި އަދިވެސް އެހެން ބައެއް ޤައުމުތަކަށެވެ.

ޖަމަލުދުބާއީ

ކޮމެންޓް

އިތުރަށް ކިޔާލަން

މުއްސަނދި ކަމުގެ ބާރު ގާނޫނަށްވުރެ މާ ގަދައެވެ

މުއްސަނދި ކަމުގެ ބާރު ގާނޫނަށްވުރެ މާ ގަދައެވެ

16 މެއި 2024
އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

29 އެޕްރީލު 2024
އޮތޮރައިޒް ޑިސްޓްރިބިއުޓަރ ނޫން ކުންފުންޏަކުން "ކެމަލް" ބްރޭންޑު ކަމަށް ދައްކައިގެން ގެނައި ސިގިރޭޓުތައް ވިއްކުން މަނާކުރަން އަމުރެއް

އޮތޮރައިޒް ޑިސްޓްރިބިއުޓަރ ނޫން ކުންފުންޏަކުން "ކެމަލް" ބްރޭންޑު ކަމަށް ދައްކައިގެން ގެނައި ސިގިރޭޓުތައް ވިއްކުން މަނާކުރަން އަމުރެއް

26 ޑިސެމްބަރު 2023
މޫސުމުން ލިބޭ ގެއްލުން ފޫބެއްދުމަށް ފަގީރު ގައުމުތަކަށް ފައިސާލިބޭގޮތް ވެއްޖެ

މޫސުމުން ލިބޭ ގެއްލުން ފޫބެއްދުމަށް ފަގީރު ގައުމުތަކަށް ފައިސާލިބޭގޮތް ވެއްޖެ

01 ޑިސެމްބަރު 2023
ހޫނުގަދަ ސަހަރާއެއްގެ މެދުގައި، ގަނޑުފެނުގެ އާރުކާޓީއެއް!

ހޫނުގަދަ ސަހަރާއެއްގެ މެދުގައި، ގަނޑުފެނުގެ އާރުކާޓީއެއް!

12 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު