Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫއޭއީގެ އައު ރައީސް

ޔޫއޭއީގެ އައު ރައީސަކަށް ޝައިޚް މުހައްމަދު ބިން ޒައިދު

އޭނާ އިންތިޚާބުކޮށްފައިވަނީ ފެޑެރަލް ސުޕްރީމް ކައުންސިލުގެ އިއްތިފާގުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 މެއި 2022 | ހޮނިހިރު 09:59
ޔޫއޭއީގެ އައު ރައީސަކަށް ޝެއިޚް މުހައްމަދު ބިން ޒައިދު

ޔޫއޭއީގެ އައު ރައީސަކަށް ޝެއިޚް މުހައްމަދު ބިން ޒައިދު

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ރައީސް ޝައިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވުމާ ގުޅިގެން އެ މަގާމަށް ޝައިޚް މުހައްމަދު ބިން ޒައިދު އިންތިޚާބުކޮށްފިއެވެ.

ރައީސްކަމުގެ މަގާމަށް ޝައިޚް މުހައްމަދު ބިން ޒައިދު އިންތިޚާބުކޮށްފައިވަނީ ފެޑެރަލް ސުޕްރީމް ކައުންސިލުގެ އިއްތިފާގުންނެވެ. އެއާއެކު، އޭނާ ވެވަޑައިގެންފައިވަނީ އެ ގައުމުގެ 3 ވަނަ ރައީސަށެވެ.

އެކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޕްރެސިޑެންޝަލް އެފެއަރޒުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ގާނޫނު އަސާސީގެ 51 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ޝައިޚް މުހައްމަދު ބިން ޒައިދު ރައީސްކަމަށް އިންތިޚާބުކޮށްފައިވަނީ ސުޕްރީމް ކައުންސިލުގެ އިއްތިފާގުން ކަމަށެވެ.

މަޤާމަށް އިންތިޚާބުކުރުމާ ގުޅިގެން އޭނާ ވަނީ، މަގާމުގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އޭނާ އެ މަގާމަށް އައްޔަނުކުރުމާއެކު ގިނަ ބަޔަކު ގެންދަނީ މަރުހަބާކިޔަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ފޮރިން ޑިޕްލޮމެޓުންނާއި ލީޑަރުން އޭނާގެ އަރިހަށް ޒިޔާރަތްކުރައްވާނެކަމަށް ބެލެވޭކަމަށް އެ ގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ޝައިޚް ޚަލީފާ ބިން ޒައިދު އަވަހާރަވިއިރު އުމުރުފުޅަކީ 73 އަހަރެވެ. ޔޫއޭއީގެ ރަސްމީ ނޫސް އިދާރާއިން ރިޕޯޓުކޮށްފައިވާގޮތުން، ރައީސް ޝައިޚް ޚަލީފާ އަވަހާރުވުމުގެ ހިތާމައިގައި ޔޫއޭއީގެ ދިދަ ވެސް 40 ދުވަސް ވަންދެން ބައިދަނޑިއަށް ތިރިކުރުމަށް ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތް 3 ދުވަހު ސަރުކާރު ބަންދުކުރުމަށްވެސް ވަނީ ނިންމާފައެވެ.

އެމަނިކުފާނު އަވަހާރަވީ އަހަރުތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔޫއޭއީމިނިސްޓްރީ އޮފް އިކޮނޮމީ، ޔޫއޭއީދުބާއީ

އިތުރަށް ކިޔާލަން

16 ޖުލައި 2025

އޮރިޖިނަލް ޒަމްޒަމް ފެން ކަަމަށް ބުނެ އޮޅުވާލައިގެން އިސްކުރު ފެން ވިއްކަނީ!

16 ޖުލައި 2025
އޮރިޖިނަލް ޒަމްޒަމް ފެން ކަަމަށް ބުނެ އޮޅުވާލައިގެން އިސްކުރު ފެން ވިއްކަނީ!
12 އޮކްޓޯބަރު 2024

އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި

12 އޮކްޓޯބަރު 2024
އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި
27 އޯގަސްޓު 2024

ޔޫއޭއީން ލުއި ރޭޓެއްގައި 160 ޓަނުގެ ރަން އިންޑިއާ އަށް އެތެރެކުރަނީ

27 އޯގަސްޓު 2024
ޔޫއޭއީން ލުއި ރޭޓެއްގައި 160 ޓަނުގެ ރަން އިންޑިއާ އަށް އެތެރެކުރަނީ
22 ޖުލައި 2024

ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ޔޫއޭއީ ގައި މުޒާހަރާ ކުރި 57 ބަންގްލަދޭޝް މީހުން ދިގު މުއްދަތައް ޖަލަށް ލައިފި

22 ޖުލައި 2024
ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ޔޫއޭއީ ގައި މުޒާހަރާ ކުރި 57 ބަންގްލަދޭޝް މީހުން ދިގު މުއްދަތައް ޖަލަށް ލައިފި
16 މެއި 2024

މުއްސަނދި ކަމުގެ ބާރު ގާނޫނަށްވުރެ މާ ގަދައެވެ

16 މެއި 2024
މުއްސަނދި ކަމުގެ ބާރު ގާނޫނަށްވުރެ މާ ގަދައެވެ
29 އެޕްރީލު 2024

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

29 އެޕްރީލު 2024
އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
21 މާރިޗު 2024

ބޭނުންކޮށް ނިމިގެން އުކާލާ ތެޔޮގަނޑުން ވެށި ސަލާމަތް ކުރެވިދާނެ ކަން އެނގޭތަ؟

21 މާރިޗު 2024
ބޭނުންކޮށް ނިމިގެން އުކާލާ ތެޔޮގަނޑުން ވެށި ސަލާމަތް ކުރެވިދާނެ ކަން އެނގޭތަ؟
18 މާރިޗު 2024

ތައިލެންޑް، އިނގިރޭސިވިލާތް އަދި ޔޫއޭއީގައި ވޯޓުފޮށި ނުބަހައްޓާނެ

18 މާރިޗު 2024
ތައިލެންޑް، އިނގިރޭސިވިލާތް އަދި ޔޫއޭއީގައި ވޯޓުފޮށި ނުބަހައްޓާނެ
05 ޑިސެމްބަރު 2023

ޕޫޓިން މެދުއިރުމައްޗަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަން ކްރެމްލިންއިން އިއުލާންކޮށްފި

05 ޑިސެމްބަރު 2023
ޕޫޓިން މެދުއިރުމައްޗަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަން ކްރެމްލިންއިން އިއުލާންކޮށްފި
01 ޑިސެމްބަރު 2023

މޫސުމުން ލިބޭ ގެއްލުން ފޫބެއްދުމަށް ފަގީރު ގައުމުތަކަށް ފައިސާލިބޭގޮތް ވެއްޖެ

01 ޑިސެމްބަރު 2023
މޫސުމުން ލިބޭ ގެއްލުން ފޫބެއްދުމަށް ފަގީރު ގައުމުތަކަށް ފައިސާލިބޭގޮތް ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު