Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑައިވް މެނާ އެކްސްޕޯ

ޑައިވް މެނާ އެކްސްޕޯގައި ރާއްޖޭގެ ލިވަބޯޑުތަކާއި ޑައިވް އިންޑަސްޓްރީ ޕްރޮމޯޓްކޮށްފި

ޑައިވް މެނާ އެކްސްޕޯ އަކީ 2008 ވަނަ އަހަރުން ފެށިގެން މި ސަރަހައްދުގައި ބާއްވާ މުހިންމު ޑައިވް އިވެންޓްތަކުގެ ތެރެއިން އެއް އިވެންޓް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 މާރިޗު 2023 | ބުދަ 04:34
ޑައިވް މެނާ އެކްސްޕޯ

ޑައިވް މެނާ އެކްސްޕޯ

ދުބާއީ ބަނދަރުގައި ބޭއްވި ޑައިވް މެނާ އެކްސްޕޯ 2023ގައި ރާއްޖޭގެ ލިވަބޯޑުތަކާއި ޑައިވް އިންޑަސްޓްރީ ޕްރޮމޯޓުކުރުމަށް، ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ފަރާތުން ސްޕޮންސާކޮށްފިއެވެ.

ޑައިވް މެނާ އެކްސްޕޯ އަކީ 2008 ވަނަ އަހަރުން ފެށިގެން މި ސަރަހައްދުގައި ބާއްވާ މުހިންމު ޑައިވް އިވެންޓްތަކުގެ ތެރެއިން އެއް އިވެންޓެވެ. ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި އިވެންޓުގައި އުފެއްދުންތެރިންނާއި ސަޕްލައި ކުރާ ފަރާތްތަކާއި ޔޮޓިންގ އެލީޓުންގެ އިތުރުން ޑައިވް އަދި ލިވަބޯޑުގެ އެކްސްޕީރިއެންސްތައް ހޯދަން ބޭނުންވާ ކަސްޓަމަރުން ބައިވެރިވެއެވެ. އެމްއެމްޕީއާރުސީއިން ޑައިވް މެނާ އެކްސްޕޯ 2023 އަށް އެންބީއޭއެމް ސްޕޮންސަރކޮށްފައި މިވަނީ ރާއްޖޭގެ ޑައިވް އަދި ލިވަބޯޑު އިންޑަސްޓްރީގެ ހިދުމަތްދޭ ފަރާތްތަކުން އެ ފަރާތްތަކުގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ޕްރޮމޯޓުކުރުމަށް އެހީތެރިވެ، ފުރުސަތު ހޯދައިދިނުމުގެ ގޮތުންނެވެ.

Advertisement - newsAdvertisement

މި އިވެންޓަކީ ރާއްޖޭގެ ލިވަބޯޑްތައް އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމަށާއި ރާއްޖޭގައި ފަތުރުވެރިންނަށް ބައިވެރިވެވޭނެ ތަފާތު ޑައިވް އެކްސްޕީރިއަންސްތައް ކިޔައިދީ، މަންޒިލްގެ ބްރޭންޑް އެވެއަރނަސް އިތުރުކޮށް، ޕޮޓެންޝަލް މާކެޓްތަކުގައި އެމްއެމްޕީއާރުސީގެ ރީޗް އިތުރުކުރުމަށް އެހީތެރިވެދޭ އިވެންޓެކެވެ. މި ހަރަކާތުން އެންބީއޭއެމްގެ މެމްބަރުންނަށް އެ ބޭފުޅުންގެ އުފެއްދުންތަކާއި ހިދުމަތްތައް ޕްރޮމޯޓް ކުރުމަށް ސީދާ މަގެއް އުފެއްދުމަށް އެހީތެރިވެދިނެވެ. މި އިވެންޓުގައި އެންބީއޭއެމްއަށް އެމްއެމްޕީއާރުސީއިން ސްޕޮންސާޝިޕް ދީފައިވަނީ ރާއްޖޭގެ އެކި ސެގްމަންޓްތަކާއި ތަފާތު ސެލިންގ ޕޮއިންޓްތައް ދުނިޔޭގެ ފެންވަރުގައި ޕްރޮމޯޓްކުރުމުގެ އަމާޒަށް ވާސިލްވުމަށް ލޯކަލް ސްޓޭކްހޯލްޑަރުންނަށް އެހީތެރިވުމަށް އެކުލަވާލާފައިވާ ސްޓެޓަޖީގެ ދަށުންނެވެ.

މެދުއިރުމައްޗަކީ ރާއްޖޭއަށް މުހިންމު މާކެޓްތަކެއް ހިމެނޭ ސަރަހައްދަކަށެވެ. މިގޮތުން މިދިޔަ 2022 ވަނަ އަހަރުގެ ޖެނުއަރީ އިން ޑިސެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް މި މާކެޓުގެ ޤައުމުތަކުން ވަނީ 1،675،303 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދަމަހައްޓާ އިތުރުކުރުމަށް އެމްއެމްޕީއާރުސީއިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، މިހާރު ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި ކޮޒްމޯ ޓްރެވަލް ކެމްޕޭނާއި އެމިރޭޓްސް އޭޖެންޓްސް އިންސެންޓިވް ކެމްޕޭން ފާހަގަކޮށްލެވެއެވެ. މި އަހަރަށް އެމްއެމްޕީއާރުސީއިން މެދުއިރުމަތީގެ ގައުމުތަކަށް އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާއިރު، އޭގެ ތެރޭގައި މީޑިއާ ފެމިލިއަރައިޒޭޝަން ދަތުރުތަކާއި ޕްރިންޓް އެޑްވަޓައިޒްމަންޓްތަކާއި ޓުއަރ އޮޕަރޭޓަރުންނާއެކު ހިންގާ ކެމްޕޭންތަކުގެ އިތުރުން، އައުޓްޑޯ އެޑްވަޓައިޒިން ކެމްޕޭންތައް ހިމެނެއެވެ. އަދި މި ސަރަހައްދުގައި ބާއްވާ އާރުޓީއެފް 2023 އަދި އޭޓީއެމް 2023 ފަދަ ބޮޑެތި ފެއަރތަކުގައި ބައިވެރިވުންވެސް ހިމެނެއެވެ.

2022 ވަނަ އަހަރު އެމްއެމްޕީއާރުސީން ޖުމްލަ 178 ހަރަކާތް ހިންގާފައިވާއިރު، މީގެތެރޭގައި 90 މާކެޓިންގ ކެމްޕޭން، 44 ފެއަރގައި ބައިވެރިވުން، 06 ރޯޑްޝޯ ހޯސްޓުކުރުން، 10 ވާޗުއަލް އިވެންޓް، 18 ފެމިލިއަރައިޒޭޝަން ދަތުރު، އަދި އެހެނިހެން 10 އިވެންޓެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހިންގާފައެވެ. މި މަސައްކަތްތަކުގެ ސަބަބުން 2022 ވަނަ އަހަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައެޅުއްވި 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ ލަނޑުދަނޑި ވަނީ އަހަރު ނިމުމުގެ ދެ ހަފްތާ ކުރިން ހާސިލްކުރެވިފައެވެ. މީގެ އިތުރުން ރާއްޖެއިން އިން 2022ވަނަ އަހަރު ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެންމެ ޝަރަފްވެރި އެވޯޑު، 'ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަން'ގެ ލަގަބު ކާމިޔާބުކޮށްފައެވެ. އަދި ރާއްޖޭގެ ތާރީޙުގައި ފުރަތަމަ ފަހަރަށް 'ދުނިޔޭގެ ލީޑިންގ ޓޫރިސްޓް ބޯޑު' ގެ ލަގަބުވެސް އެމްއެމްޕީއާރުސީއިން 2022ގައި ވަނީ ކާމިޔާބު ކޮށްފައެވެ.

ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ދުބާއީ އެކްސްޕޯދުބާއީޑައިވް މޭނާ

ކޮމެންޓް

އިތުރަށް ކިޔާލަން

މުއްސަނދި ކަމުގެ ބާރު ގާނޫނަށްވުރެ މާ ގަދައެވެ

މުއްސަނދި ކަމުގެ ބާރު ގާނޫނަށްވުރެ މާ ގަދައެވެ

16 މެއި 2024
އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

29 އެޕްރީލު 2024
މޫސުމުން ލިބޭ ގެއްލުން ފޫބެއްދުމަށް ފަގީރު ގައުމުތަކަށް ފައިސާލިބޭގޮތް ވެއްޖެ

މޫސުމުން ލިބޭ ގެއްލުން ފޫބެއްދުމަށް ފަގީރު ގައުމުތަކަށް ފައިސާލިބޭގޮތް ވެއްޖެ

01 ޑިސެމްބަރު 2023
ބޯޓިން އެސޯސިއޭޝަނުގެ ރައީސަކަށް އާމިރު މަންސޫރު

ބޯޓިން އެސޯސިއޭޝަނުގެ ރައީސަކަށް އާމިރު މަންސޫރު

22 ނޮވެމްބަރު 2023
ހުޅުމާލެއަށް ތާރު ބޯޅަ ލައްގާ މައްސަލަ: ކަނޑަށް ތެޔޮފަދަ ތަކެތި އަޅާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލައިފި

ހުޅުމާލެއަށް ތާރު ބޯޅަ ލައްގާ މައްސަލަ: ކަނޑަށް ތެޔޮފަދަ ތަކެތި އަޅާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލައިފި

04 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު