Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބްލޫމްސްޕޫން

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

މި ތަކެއްޗަކީ ބޭނުންކޮށް ނިމުމަށްފަހު ވެލިގަނޑުގައި ޖެހުމުން، ގަސް ފަޅާ އުލާއި ސަމުސާތަކެއް، ކެއުމުގައި ބޭނުން ކުރާ އެކި ކަހަލަ ހަވާދުގެ ފަތްޕިލާވެއްޔާއި، ތަރުކާރީ ގަސްތައް ފަޅާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 29 އެޕްރީލު 2024 | ހޯމަ 10:03
'ބްލޫމްސްޕޫން'ގެ އީޖާދު ގެނެސްދިނީ ސުފުރާ މައްޗަށް، ގޮދަން ގަހުގެ ހުއި ބޭނުންކޮށްގެން ތައްޔާރު ކޮށްފައި ހުންނަ އުލާއި ސަމުސާ ފަދަ ސާމާނު

'ބްލޫމްސްޕޫން'ގެ އީޖާދު ގެނެސްދިނީ ސުފުރާ މައްޗަށް، ގޮދަން ގަހުގެ ހުއި ބޭނުންކޮށްގެން ތައްޔާރު ކޮށްފައި ހުންނަ އުލާއި ސަމުސާ ފަދަ ސާމާނު

އާންމު ދިރިއުޅުމުގެ އާދާތަކަކީވެސް ދެމެހެއްޓެނިވި ތަރައްޤީގެ ރާސްތާއިން ކަސިޔާރުވުމެއް ނެތް އާދަތަކަށް ހެދުމަށް މަސައްކަތް ކުރާ ބަޔަކު އުޅެއެވެ. އެފަދަ ފަރާތްތަކުން ދަނީ އަނެކާގެ ޝަޢުޤާއި ސަމާލުކަން ދަމައިގަންނަ ފަދަ ގޮތަކަށް، ދެމެހެއްޓެނިވި ތަރައްޤީގެ ރާސްތާއަށް މުޖުތަމަޢު އަހުލުވެރި ކުރުވުމަށް ގަދަ އަޅާ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތްތަކުގެ ފިސާރި ފޮނިވެފައި ހިތްގައިމެވެ. އެހާމެ ޝަޢުޤުވެރިވެސްމެއެވެ. ދުބާއީގެ ޒުވާން ކުންފުންޏެއް ކަމަށް ވާ 'ބްލޫމްސްޕޫން' އަކީ އާންމު ދިރިއުޅުމާއި ދެމެހެއްޓެނިވި ތަރައްޤީ ބެދޭ ހަތަރު އަނގޮޅިއަށް، އާދަޔާ ޚިލާފު އީޖާދެއް ތަޢަރަފުކޮށްދިން ކުންފުންޏެކެވެ.

'ބްލޫމްސްޕޫން'ގެ އީޖާދު ގެނެސްދިނީ ސުފުރާ މައްޗަށެވެ. ގޮދަން ގަހުގެ ހުއި ބޭނުންކޮށްގެން ތައްޔާރު ކޮށްފައި ހުންނަ އުލާއި ސަމުސާ ފަދަ ސާމާނެވެ. މިހެން ދެންނެވުމުން، އެއީ އާދަޔާ ޚިލާފު އީޖާދަކަށް ނުވެދާނެއެވެ. މިހާރުވެސް އެފަދަ އެތައް ބްރޭންޑެއް ބާޒާރުން ލިބެން އެބަހުއްޓެވެ. ނަމަވެސް، 'ބްލޫމްސްޕޫން'ގެ ގޮދަން ހުއި އުލާއި ސަމުސާ ހާއްސަ ވާ ސަބަބެއް އެބަ އޮތެވެ. މި ތަކެއްޗަކީ ބޭނުންކޮށް ނިމުމަށްފަހު ވެލިގަނޑުގައި ޖެހުމުން، ގަސް ފަޅާ އުލާއި ސަމުސާތަކެކެވެ. ކެއުމުގައި ބޭނުން ކުރާ އެކި ކަހަލަ ހަވާދުގެ ފަތްޕިލާވެއްޔާއި، ތަރުކާރީ ގަސްތައް ފަޅައެވެ.

'ބްލޫމްސްޕޫން'ގެ އީޖާދުން 2 ގޮތަކަށް ގަސް ހެއްދެއެވެ. ފުރަތަމަ ގޮތަކީ އުލާއި ސަމުސާ ފަދަ ތަކެތި ހުރި ގޮތަށް ވެލިގަނޑަށް ހަރާލުމެވެ. އަނެއް ގޮތަކީ، އުލާއި ސަމުސާ ފަދަ ތަކެތީގެ ކޮޅުގައި ހުރި އޮށްތައް ވެލިގަނޑުގައި އިންދުމެވެ. 'ބްލޫމްސްޕޫން'ގެ ހުރިހާވެސް މަގުސަދަކީ، އާންމު ދިރިއުޅުމުގެ އާދަކާދައިގެ ތެރެއިން ދެމެހެއްޓެނިވި ޘަޤާފަތް ދިރުވުމެވެ.

'ބްލޫމްސްޕޫން'ގެ ކޯ ފައުންޑަރ އަދި މެނޭޖިންގް ޑައިރެކްޓަރ، މުސްޠަފާ ޚައްޠާބު ބުނި ގޮތުގައި އެ ކުންފުނީގެ އުފެއްދުންތަކަކީ، އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބޭނުން ކުރެވޭނެ އުފެއްދުންތަކެއް ކަމަށާއި، އެންމެ މަދުވެގެން 5 އަހަރެއްހާ ދުވަހު ބޭނުން ކުރެވޭނެ ކަމަށެވެ.

ދުބާއީގައި ކުރިއަށް ދިޔަ މަސައްކަތު ބައްދަލުވުމެއްގައި ޚައްޠާބު ވަނީ 'ބްލޫމްސްޕޫން'ގެ އީޖާދުތައް ދައްކާލާފައެވެ.

ކާބޯތަކެތި ތައްޔާރުކޮށް، ކެއިންބުއިމުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ސިނާޢަތުގެ މަސްހޫލުވެރިންނަށް ޢަމާޒުކޮށް، ޚައްޠާބު ދިން ތަޢާރަފުގެ މައިގަނޑު މަގުސަދަކީ، ކާބޯތަކެތީގެ ޚިދުމަތުގެ ސިނާއަތުން، 'ބްލޫމްސްޕޫން'ގެ އީޖާދުތައް ބަލައިގަތުމެވެ. ބައްދަލުވުމުގެ ބައިވެރިންގެ ޚިޔާލުވެސް ހުރީ އެދެވޭ ފަދަ މޭރުމަކުންނެވެ.

އަޖްމަން ޔުނިވަރސިޓީއިން 2021 ވަނަ އަހަރު ކުރިއަށް ގެންދިޔަ ދިރާސާއެއް ދައްކާ ގޮތުން، އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ގައި އަހަރެއްގެ މައްޗަށް 6.5 މިލިއަން ޓަނުގެ ކުނި އުފައްދައެވެ. އަދި ކުނި މެނޭޖްކުރުމާއި ކުނި މަދުކުރުމަށް ވެސް ތަފާތު އިސްތިރާޖުތަކެއް ޔޫއޭއީއިން ގެންގުޅޭކަން ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، އާންމު ދިރިއުޅުމުގައި އުފެދޭ ހުރިހާ ކުންޏެއް، ގޮނޑުތަކަށް އުކާލުމުގެ ބަދަލުގައި، 75 ޕަސެންޓް ރީސައިކަލް ކުރުމަށް އެ ޤައުމުން ޢަމާޒު ހިފާ، އެ މިޞްރާބަށް ދަތުރު ކުރާކަން ފާހަގަ ކުރަން ޖެހެއެވެ.

އުލާ ސަމްސަލުން ގަސް ފެޅުންދުބާއީ

އިތުރަށް ކިޔާލަން

16 މެއި 2024

މުއްސަނދި ކަމުގެ ބާރު ގާނޫނަށްވުރެ މާ ގަދައެވެ

16 މެއި 2024
މުއްސަނދި ކަމުގެ ބާރު ގާނޫނަށްވުރެ މާ ގަދައެވެ
01 ޑިސެމްބަރު 2023

މޫސުމުން ލިބޭ ގެއްލުން ފޫބެއްދުމަށް ފަގީރު ގައުމުތަކަށް ފައިސާލިބޭގޮތް ވެއްޖެ

01 ޑިސެމްބަރު 2023
މޫސުމުން ލިބޭ ގެއްލުން ފޫބެއްދުމަށް ފަގީރު ގައުމުތަކަށް ފައިސާލިބޭގޮތް ވެއްޖެ
21 ސެޕްޓެމްބަރު 2023

ކެމަލިޝަސް: ހަނަފަސް ސަހަރާތަކަށް ތިޔާގި ޖަމަލު ކިރުގެ ޖަވާހިރު

21 ސެޕްޓެމްބަރު 2023
ކެމަލިޝަސް: ހަނަފަސް ސަހަރާތަކަށް ތިޔާގި ޖަމަލު ކިރުގެ ޖަވާހިރު
12 ސެޕްޓެމްބަރު 2023

ހޫނުގަދަ ސަހަރާއެއްގެ މެދުގައި، ގަނޑުފެނުގެ އާރުކާޓީއެއް!

12 ސެޕްޓެމްބަރު 2023
ހޫނުގަދަ ސަހަރާއެއްގެ މެދުގައި، ގަނޑުފެނުގެ އާރުކާޓީއެއް!
15 މާރިޗު 2023

ޑައިވް މެނާ އެކްސްޕޯގައި ރާއްޖޭގެ ލިވަބޯޑުތަކާއި ޑައިވް އިންޑަސްޓްރީ ޕްރޮމޯޓްކޮށްފި

15 މާރިޗު 2023
ޑައިވް މެނާ އެކްސްޕޯގައި ރާއްޖޭގެ ލިވަބޯޑުތަކާއި ޑައިވް އިންޑަސްޓްރީ ޕްރޮމޯޓްކޮށްފި
02 މާރިޗު 2023

ހިނިތުންވުމެއް ޕާރުސަލްކޮށްލެވިދާނެތަ؟

02 މާރިޗު 2023
ހިނިތުންވުމެއް ޕާރުސަލްކޮށްލެވިދާނެތަ؟
05 ފެބުރުއަރީ 2023

ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފް އަވަހާރަވެއްޖެ

05 ފެބުރުއަރީ 2023
ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފް އަވަހާރަވެއްޖެ
13 ޖުލައި 2022

ދުބާއީގެ ބޮޑު ލައިބްރަރީ، އެއްމިލިއަނަށް ވުރެގިނަ ފޮތް އެތަނުގައިވޭ

13 ޖުލައި 2022
ދުބާއީގެ ބޮޑު ލައިބްރަރީ، އެއްމިލިއަނަށް ވުރެގިނަ ފޮތް އެތަނުގައިވޭ
14 މެއި 2022

ޔޫއޭއީގެ އައު ރައީސަކަށް ޝައިޚް މުހައްމަދު ބިން ޒައިދު

14 މެއި 2022
ޔޫއޭއީގެ އައު ރައީސަކަށް ޝައިޚް މުހައްމަދު ބިން ޒައިދު
30 މާރިޗު 2022

ނައިބު ރައީސް އެކްސްޕޯ 2020 ދުބާއިއަށް ޒިޔާރަތްކުރައްވައި އެކްސްޕޯ ބައްލަވާލައްވައިފި

30 މާރިޗު 2022
ނައިބު ރައީސް އެކްސްޕޯ 2020 ދުބާއިއަށް ޒިޔާރަތްކުރައްވައި އެކްސްޕޯ ބައްލަވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު