Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕަރްވޭޒް މުޝައްރަފް އަވަހާރަވުން

ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފް އަވަހާރަވެއްޖެ

އަވަހާރަވި މަދުން ނޫނީ ނުފެންނަ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 ފެބުރުއަރީ 2023 | އާދީއްތަ 07:11
ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފް

ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފް

ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފް އަވަހާރަވެއްޖެއެވެ.

ޕަރްވޭޒް އަވަހާރަވީ މަދުން ނޫނީ ނުފެންނަ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއްވި ފަހުން ދުބާއީގައި ހުންނަވަނިކޮށް އާދީއްތަ ދުވަހުއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 79 އަހަރެވެ.

2016 ވަނަ އަހަރުން ފެށިގެން ދުބާއީގައި ދިރިއުޅުއްވަމުން ގެންދެވީ ޕަރްވޭޒަށް ޖެހިވަޑައިގެންނެވީ މަދުން ނޫނީ ނުފެންނަ ވައްތަރުގެ ބައްޔެއް ކަމުގައިވާ އެމިލޮއިޑޯސިސްއެވެ. މި ބަލި ޖެހެނީ އާދަޔާ ހިލާފު ޕްރޮޓީންއެއް ކަމުގައިވާ އެމިލޮއިޑް އެތެރެހަށީގެ ގުނަވަންތަކުގައި އުފެދި ހަށިގަނޑުގެ އާންމު ހިނގުމަށް އަސަރުކުރަން ފެށުމުންނެވެ.

ޖޫން 10 ވަނަ ދުވަހު ޕަރްވޭޒްގެ އާއިލާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޕަރްވޭޒްގެ ހާލުކޮޅު ގޯސްވަމުންދާ ކަމަށާއި، ރަނގަޅުވާނެކަމުގެ އުއްމީދެއް ނެތް ކަމަށެވެ. އަދި އެތެރެހަށީގެ ގުނަވަންތައް ރަނގަޅަށް މަސައްކަތް ނުރާ ކަމަށެވެ. ނަމަވެސް އެއިރު އޮންނެވީ ވެންޓިލޭޓަރުގައި ނޫން ކަމަށާއި، ބަލީގެ ސަބަބުން އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަތާ 3 ހަފްތާވެފައިވާ ކަމަށެވެ.

2007 ވަނަ އަހަރު ޕާކިސްތާނުގެ ގާނޫނު އަސާސީ ސަސްޕެންޑް ކުރި މައްސަލައިގައި ކުރީގެ ރައީސް ޕަރްވޭޒްގެ މައްޗަށް ގައުމަށް ގައްދާރުވިކަމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ.

ޕަރްވޭޒް ޕާކިސްތާނުގައި ވެރިކަން ކުރައްވާފައިވަނީ 1999ން ފެށިގެން 2008 އާއި ހަމައަށެވެ. އަދި އެ މަނިކުފާނަކީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލި މައްސަލައާއި ރަތް މިސްކިތުގެ އިމާމް އަދި ދީނީ ލީޑަރު އަބްދުލް ރާޝިދު ގާޒީ އަވަހާރަކޮށްލި މައްސަލައިގައި ދައުވާ އުފުލާފައިވާ އަދި ފިއްލަވައިގެން އުޅުއްވި ބޭފުޅެކެވެ.

މުޝައްރަފަކީ މިލިޓަރީ ލީޑަރެކެވެ. އެމަނިކުފާނަށް ހަތަރު ތަރި ލިބިވަޑައިގެންފައިވާއިރު ޕާކިސްތާނުގައި އަސްކަރީ ވެރިކަމެއް ކުރައްވާފައިވަނީ 1999 ވަނަ އަހަރު ލޭއޮހޮރުވުމަކާއެކު ކުރި ބަޣާވާތަކަށްފަހުއެވެ. އެއަށްފަހު އަމިއްލަފުޅަށް އަރުވާލެވިގެން ހުންނަވަނީ ދުބާއީގައެވެ.

ޕަރވޭޒް މުޝައްރަފް، ޕާކިސްތާނުގެ ކުރީގެ ރައީސްޕާކިސްތާންދުބާއީ

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
21 ނޮވެމްބަރު 2025

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ
11 ނޮވެމްބަރު 2025

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު