Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދުބާއީގެ ބޮޑު ލައިބްރަރީ

ދުބާއީގެ ބޮޑު ލައިބްރަރީ، އެއްމިލިއަނަށް ވުރެގިނަ ފޮތް އެތަނުގައިވޭ

ލައިބްރަރީގައި ފުރިހަމަ ކުރެވިފައިވާ 9 ޑިޕާޓްމަންޓް ހިމެނޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 13 ޖުލައި 2022 | ބުދަ 09:58
ދުބާއީގައި މިދިޔަމަހު ހުޅުވި މުހައްމަދު ބިން ރާޝިދު ލައިބްރަރީ

ދުބާއީގައި މިދިޔަމަހު ހުޅުވި މުހައްމަދު ބިން ރާޝިދު ލައިބްރަރީ

ބުނާތީ އަހަމެވެ. ފޮތް ނެތް ގެޔަކީ ފަޅު ތަނެއް ކަހަލަ އެވެ. ފޮތަކީ އެތައްސަތޭކައަހަރަކުން ފެށިގެންވެސް އިންސާނުންނާއި ވަރަށް ގިނަ ގޮތް ގޮތުން ގުޅިފައިވާ އެއްޗެކެވެ. ފޮތުގެ ޒަރީއާއިން ޚިޔާލީގޮތުން މީހާ ކޮންމެ ފަދަ ތަނަކަށްވެސް ގެންގޮސްދެއެވެ. މައުލޫމާތު މުއްސަދި ކުރުމަށް އެހީތެރިވެދެއެވެ. ފޮތް ކިޔާދެވޭ ނުވަތަ ފޮތްކިޔާ ކުޑަކުދިން މާތޫނުފިލި ކަމަށް ގިނަ ދިރާސާތަކުން ދައްކާފައިވެއެވެ. ކުދިންގެ ޝަޚްސިއްޔަތު ބައްޓަންކޮށް އަދި މުސްތަގްބަލްއަށް އަޒުމްތަކެއް ކަނޑައެޅުމަށް ވެސް ރަނގަޅު ފޮތްތައް އެހީވެދެއެވެ. އެންމެ ބޮޑުކަމަކީ އިންސާނާގެ ފޫހި ފިލުވާދިނުން ނުވަތަ ހުސްވަގުތު ފުރާލުމަށް ފޮތް އަދާކުރާ ރޯލެވެ. ފޮތް ކިއުމަށް އާދަވެފައިވާ ކުއްޖަކު ނުވަތަ މީހަކު ހުސްވަގުތު ގިނަވެގެން ފޫހި ވެގެން އުޅޭކަށް ނުޖެހޭނެއެވެ.

ޔޫއޭއީގައި އުޅޭ ފޮތް ކިޔާހިތްވާ މީހުންނަށް މިވަނީ އެގަމުގެ ލީޑަރު ޝޭޚް މުހައްމަދު ބިން ރާޝިދު އަލް މަޙްތޫމް ވަރަށް ރަގަޅު ހަދިޔާއެއް ދެއްވާފައެވެ. އެގައުމުގައި މިދިޔަމަހު ހުޅުވި ބޮޑު ލައިބްރަރީ އެވެ.

ދިވެހިބަހުން މިކިޔާ ފޮތްގޮނޑިއެއްގެ ސިފައިގައި ބިނާ ކޮށްފައިވާ މުހައްމަދު ބިން ރާޝިދު ލައިބްރަރީގައި އެއްމިލިއަނަށް ވުރެ ގިނަ ޑިގިޓަލް އަދި އަސްލު ފޮތް އެބަހުއްޓެވެ. 54 ހާސް އަކަމީޓަރުގެ ސަރަހައްދެއްގައި ހަތް ފަންގިފިލާއަށް އިމާރާތްކޮށްފައިވާ ލައިބްރަރީގައި 9 ޑިޕާޓްމަންޓް ހިމެނެއެވެ. މިގޮތުން ޒުވާނުންނަށް، ކުޑަކުދިންނަށް، މީޑިއާ އަދި އާޓްސް، ބިޒްނަސް، ޚާއްސަ ކަލެކްޝަން، މެޕްތަކާ ޗާޓްތައް، އަދި ޖެނެރަލް ލައިބްރަރީ ފަދަ ޑިޕާޓްމަންޓްތައް ހިމެނެއެވެ. ލައިބްރަރީ ހުޅުވުމުގެ މަގްސަދަކީ ކުދިންގެ މެދުގައި ފޮތް ކިއުމުގެ ޝައުގުވެރިކަން އިތުރުކޮށް އާންމު މައުލޫމާތު މުއްސަނދިކޮށް، އުފެއްދުންތެރިކަމަށް ލޯ ހުޅުވާ ދިނުމެވެ. ގައުމުގެ މުސްތަގްބަލްކަމަށްވާ ކުޑަކުދިންނަކީ ޅަފަތުން ފެށިގެންވެސް ތޫނުފިލި އުފެއްދުންތެރި ޚިޔާލު ހުންނަ ކުދިންތަކަކަށް ހެދުމެވެ.

މުހައްމަދު ބިން ރާޝިދު ލައިބްރަރީ ގާއިމްކުރުމަށް 272.3 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާއިރު މިތަން އާންމުންނަށް ހުޅުވާލާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހުގައެވެ.     

ދުބާއީ

އިތުރަށް ކިޔާލަން

16 މެއި 2024

މުއްސަނދި ކަމުގެ ބާރު ގާނޫނަށްވުރެ މާ ގަދައެވެ

16 މެއި 2024
މުއްސަނދި ކަމުގެ ބާރު ގާނޫނަށްވުރެ މާ ގަދައެވެ
29 އެޕްރީލު 2024

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

29 އެޕްރީލު 2024
އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
01 ޑިސެމްބަރު 2023

މޫސުމުން ލިބޭ ގެއްލުން ފޫބެއްދުމަށް ފަގީރު ގައުމުތަކަށް ފައިސާލިބޭގޮތް ވެއްޖެ

01 ޑިސެމްބަރު 2023
މޫސުމުން ލިބޭ ގެއްލުން ފޫބެއްދުމަށް ފަގީރު ގައުމުތަކަށް ފައިސާލިބޭގޮތް ވެއްޖެ
21 ސެޕްޓެމްބަރު 2023

ކެމަލިޝަސް: ހަނަފަސް ސަހަރާތަކަށް ތިޔާގި ޖަމަލު ކިރުގެ ޖަވާހިރު

21 ސެޕްޓެމްބަރު 2023
ކެމަލިޝަސް: ހަނަފަސް ސަހަރާތަކަށް ތިޔާގި ޖަމަލު ކިރުގެ ޖަވާހިރު
12 ސެޕްޓެމްބަރު 2023

ހޫނުގަދަ ސަހަރާއެއްގެ މެދުގައި، ގަނޑުފެނުގެ އާރުކާޓީއެއް!

12 ސެޕްޓެމްބަރު 2023
ހޫނުގަދަ ސަހަރާއެއްގެ މެދުގައި، ގަނޑުފެނުގެ އާރުކާޓީއެއް!
15 މާރިޗު 2023

ޑައިވް މެނާ އެކްސްޕޯގައި ރާއްޖޭގެ ލިވަބޯޑުތަކާއި ޑައިވް އިންޑަސްޓްރީ ޕްރޮމޯޓްކޮށްފި

15 މާރިޗު 2023
ޑައިވް މެނާ އެކްސްޕޯގައި ރާއްޖޭގެ ލިވަބޯޑުތަކާއި ޑައިވް އިންޑަސްޓްރީ ޕްރޮމޯޓްކޮށްފި
02 މާރިޗު 2023

ހިނިތުންވުމެއް ޕާރުސަލްކޮށްލެވިދާނެތަ؟

02 މާރިޗު 2023
ހިނިތުންވުމެއް ޕާރުސަލްކޮށްލެވިދާނެތަ؟
05 ފެބުރުއަރީ 2023

ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފް އަވަހާރަވެއްޖެ

05 ފެބުރުއަރީ 2023
ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފް އަވަހާރަވެއްޖެ
14 މެއި 2022

ޔޫއޭއީގެ އައު ރައީސަކަށް ޝައިޚް މުހައްމަދު ބިން ޒައިދު

14 މެއި 2022
ޔޫއޭއީގެ އައު ރައީސަކަށް ޝައިޚް މުހައްމަދު ބިން ޒައިދު
30 މާރިޗު 2022

ނައިބު ރައީސް އެކްސްޕޯ 2020 ދުބާއިއަށް ޒިޔާރަތްކުރައްވައި އެކްސްޕޯ ބައްލަވާލައްވައިފި

30 މާރިޗު 2022
ނައިބު ރައީސް އެކްސްޕޯ 2020 ދުބާއިއަށް ޒިޔާރަތްކުރައްވައި އެކްސްޕޯ ބައްލަވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު