Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލީބިއާގައި ފެންބޮޑުވުން

ތޫފާން ޑެނިއަލްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވީ ގޭގައި މަޑުކުރަން އެންގުމުގެ ސަބަބުންކަމަށް ކުރާ ތުހުމަތު، އޮފިޝަލުން ދޮގުކޮށްފި

ޑެރްނާގައި ތިބި މީހުން ފިލައިގެން ދިއުމަށް ސިފައިން އިންޒާރުދިން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2023 | ހޮނިހިރު 08:17
ފެންބޮޑުވެފައިވާ ސަރަހައްދެއް

ފެންބޮޑުވެފައިވާ ސަރަހައްދެއް

ތޫފާން ޑެނިއަލްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވީ ގޭގައި މަޑުކުރަން އެންގުމުގެ ސަބަބުން ކަމަށް ކުރާ ތުހުމަތު, ކާރިސާގައި ހަރަކާތްތެރިވި އޮފިޝަލުން ދޮގުކޮށްފިއެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ ހަފުތާ ބަންދުގައި ކުރިމަތިވި އުދައެރުމުގައި ކާރިސާގައި ގިނައަދަދެއްގެ އާއްމުން ވަނީ މަރުވެފައެވެ. އަދި ގިނަ ބަޔަކު ޒަޚަމްވެފައިވާއިރު، ބައެއް މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އެގައުމުގެ ބައެއް މީހުން ބުނާގޮތުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވީ ގޭގައި މަޑުކުރަން އޮފިޝަލުން އެންގުމުންނެވެ.

ނަމަވެސް ލީބިޔާގެ އިރުމަތީ ސަރަހައްދުގެ އޮފިޝަލުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ބެންގާޒީގައި ހުންނަ ލީބިޔާ ސަރުކާރުގެ ތަރުޖަމާނު އުސްމާން އަބްދުލް ޖަލީލް ވިދާޅުވީ، ޑެރްނާގައި ތިބި މީހުން އެސަރަހައްދުން ދިއުމަށް ސިފައިން އިންޒާރު ދިންކަމަށެވެ. އަދި އެމީހުން ގެއިން ނިކުމެގެން ނުދިއުމަށް ބުނެ ދެކެވުނު ވާހަކަތައް އުސްމާން ވަނީ ދޮގުކުރައްވާފައެވެ.

ރިޕޯޓްތައް ބުނާގޮތުން، ޑެރްނާގެ މަރުކަޒުގައި ހަރަކާތްތެރިވާ ސަލާމަތްކުރާ މީހުންނާއި، އެމްބިއުލާންސް ކްރޫއިންނާއި، ފޮރެންސިކް ޓީމުތަކުން ދަނީ މަރުވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އުދައެރުމުގެ ސަބަބުން މަގުތަކާއި މުވާސަލާތީ ނިޒާމުތައްފަދަ މުހިންމު އިންފްރާސްޓްރަކްޗަރތައް ވަނީ ހަލާކުވެފައެވެ.

މީގެ އިތުރުން ލީބިޔާގެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް, އެހީދޭ އިދާރާތަކުން ދަނީ އެ ގައުމަށް ދަތުރުކުރަމުންނެވެ. ނަމަވެސް ބައިނަލްއަގުވާމީ ބޮޑެތި އެހީދޭ އިދާރާތަކުގެ މާބޮޑު އިޝާރާތެއް ނެތްކަމަށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ލީބިޔާގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 6،000އާ 11،000 ދެމެދުގެ އަދަދަކަށް މީހުން މަރުވެފައިވެއެވެ. އަދި އެތައް ހާސްބަޔަކު ގެއްލިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަމާ ގުޅިގެން، ޑެރްނާގެ މޭޔަރު ވަނީ މަރުވި މީހުންގެ އަދަދު 20،000ށްވުރެ މައްޗަށް އަރާނެކަމަށް ލަފާކުރައްވާފައެވެ.

ލީބިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

05 ޖޫން 2025
"ދެބަފައިންގެ ހިލަމެއް، ނިޝާނެއް ނެތް... ދެމައިން އަދިވެސް އެތިބީ ރޯލަރޯލާ، ދިރި ތިއްބާ ފެންނާނެކަމުގެ ޢުއްމީދުގަ"

"ދެބަފައިންގެ ހިލަމެއް، ނިޝާނެއް ނެތް... ދެމައިން އަދިވެސް އެތިބީ ރޯލަރޯލާ، ދިރި ތިއްބާ ފެންނާނެކަމުގެ ޢުއްމީދުގަ"

05 އޮކްޓޯބަރު 2023
"ލޯ ކުރިމަތިން އަމިއްލަ މަރު ފެނި، އުމުރުދުވަހު ދުށް ހުވަފެން ވިއްސިވިހާލި ވެއްޖެ"

"ލޯ ކުރިމަތިން އަމިއްލަ މަރު ފެނި، އުމުރުދުވަހު ދުށް ހުވަފެން ވިއްސިވިހާލި ވެއްޖެ"

19 ސެޕްޓެމްބަރު 2023
ތޫފާން "ޑެނިއަލް" ގައި މަރުވި މީހުންގެ އަދަދު 11000ށްވުރެ މައްޗަށް

ތޫފާން "ޑެނިއަލް" ގައި މަރުވި މީހުންގެ އަދަދު 11000ށްވުރެ މައްޗަށް

17 ސެޕްޓެމްބަރު 2023
އިޒްރޭލުގެ އުދުވާންތަކާހެދި ފަލަސްތީނުން ފޭބި އަބޫ އަމްރާގެ އާއިލާއާ ލީބިޔާއިން ބައްދަލުކުރީ މަރު!

އިޒްރޭލުގެ އުދުވާންތަކާހެދި ފަލަސްތީނުން ފޭބި އަބޫ އަމްރާގެ އާއިލާއާ ލީބިޔާއިން ބައްދަލުކުރީ މަރު!

16 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު