Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ލީބިޔާގައި ފެންބޮޑުވުން

ލީބިޔާގައި ބިރުވެރިކަމުގެ އިންޒާރު! "އިންސާނީ ބޮޑު ބަލިމަޑުކަމެއް ފެތުރިދާނެ"

މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ރެސްކިއު ޓީމްތަކުން ދަނީ ކުރަމުން

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2023 | ހޮނިހިރު 05:35
ލީބިޔާއަށް ދިމާވި ފެންބޮޑުވުމުގެ ކާރިސާގައި އެހީދޭ ޖަމާއަތްތަކުން ހަރަކާތްތެރިވަނީ

ލީބިޔާއަށް ދިމާވި ފެންބޮޑުވުމުގެ ކާރިސާގައި އެހީދޭ ޖަމާއަތްތަކުން ހަރަކާތްތެރިވަނީ

ލީބިޔާގައި ފެންބޮޑުވިތާ ހަފުތާއަކަށްވުރެ ގިނަދުވަސް ވާން ކައިރިވެފައިވާއިރު، މީހުން ސަލާމަތްކުރާ ޓީމްތަކުން އަދިވެސް ދަނީ ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތްތައް ކުރަމުންނެވެ. އިތުރު މީހުން ދިރި ތިއްބައި ފެނުމުގެ އުއްމީދު ފަނޑުވެފައިވާއިރު، ލީބިޔާގައި އިންސާނީ ކާރިސާ އިތުރަށް ގޯސްވެ ބޮޑު ބަލިމަޑު ކަމެއް ފެތުރުމުގެ ނުރައްކާ ބޮޑުވެދާނެ ކަމުގެ އިންޒާރު އެހީދޭ ޖަމާއަތްތަކުން ވަނީ ދީފައެވެ.

ލީބިޔާގެ ބަނދަރު ސިޓީއެއް ކަމުގައިވާ ޑެރްނާއަށް އާދިއްތަ ދުވަހު އެރި ތޫފާނުގެ ސަބަބުން މުޅި ސިޓީ ވަނީ ފެނުގެ އަޑިއަށް ގޮސްފައެވެ. ދެ ޑޭމެއް ފަޅައިގެން ދިއުމުގެ ސަބަބުން އެތައް ހާސް ބަޔަކާއި އެމީހުން ދިރިއުޅުނު ގެދޮރުވަނީ އޮޔާގޮސްފައެވެ.  

ބައިބައިވެފައިވާ ގައުމުގެ އިރުމަތީގެ އޮފިޝަލުން ތަފާތު އަންދާޒާތައް ދީފައިވާއިރު، އެއްބަޔަކު ވަނީ 3،840 މީހުން މަރުވިކަމަށް ބުނެފައެވެ.

އިސްލާމިކް ރިލީފް އެންޑް ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމްއެސްއެފް) ފަދަ އެހީދޭ ޖަމިއްޔާތަކުން ވަނީ، ކުރިއަށް އޮތް މުއްދަތުގައި ބަލި ފެތުރުމުގެ އިތުރުން އެންމެ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދީފައެވެ.

ފެންބޮޑުވުމާ ގުޅިގެން ދެވަނަ ފަހަރަށް އިންސާނީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އިސްލާމިކް ރިލީފުން ދީފައިވާއިރު، "ފެނުގެ ޒަރީއާއިން ޖެހޭ ބަލިތަކުގެ ނުރައްކާ ބޮޑުވެ، ކާބޯތަކެއްޗާއި ބޯހިޔާވަހިކަމާއި ބޭހުގެ ދަތިކަން އިތުރުވަމުން" ދާކަމަށް އިސްލާމިކް ރިލީފުން ވަނީ ބުނެފައެވެ.

އެ ޖަމިއްޔާގެ ޑެޕިއުޓީ ޑައިރެކްޓަރ އޮފް ޕާޓްނަރ ޑިވެލޮޕްމަންޓް، ސަލާހް އަބުލްގާސިމް ވިދާޅުވީ، އެތައް ހާސް ބަޔަކު ނިދާނެ ތަނެއް ނެތް ކަމަށާއި ކާއެއްޗެހިވެސް ނުލިބޭ ކަމަށެވެ.

މިފަދަ ހާލަތްތަކުގައި ޑެރްނާ ސިޓީ އޮތްއިރު، ފެނުގެ ނިޒާމު ތަޣައްޔަރުވުމުން ބަލިތައް ވަރަށް އަވަހަށް ފެތުރިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެސްއެފްއިން ބުނީ ފެނާއި ނަރުދަމާގެ ހާލަތު އިތުރަށް ދެނެގަތުމަށް ޓީމްތައް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

"މިބާވަތުގެ އިވެންޓާއެކު ހަގީގަތުގަވެސް ފެނާ ގުޅުންހުރި ބަލިތަކާމެދު ކަންބޮޑުވެދާނެ،" އެހީ ކޯޑިނޭޓް ކުރަން ކުރާ މަސައްކަތްތަކަކީ "ހަލަބޮލި" ކަމެއްގެ ގޮތުގައި ސިފަކުރައްވައި، ޑެރްނާގައި ހުންނަ އެމްއެސްއެފްގެ މެޑިކަލް ކޯޑިނޭޓަރު މަނޯއެލް ކާޓަން ވިދާޅުވިއެވެ.

ނަމަވެސް ރެޑްކްރޮސްއާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ފާހަގަކޮށްފައި ވާގޮތުގައި، އާންމުން ގަބޫލުކުރާ ގޮތާ ޚިލާފަށް ގުދުރަތީ ކާރިސާތަކުގައި މަރުވާ މީހުންގެ ހަށިގަނޑަށް ސިއްހީ ނުރައްކަލެއް ކުރިމަތިވަނީ ވަރަށް މަދުންނެވެ.

އެހީއަށް އެދި އިލްތިމާސްކުރުން:

ޑެރްނާގައި ހުންނަ އޭއެފްޕީގެ ނޫސްވެރިޔަކު ބުނި ގޮތުގައި އެތަނުން ފެންނަނީ ބިރުވެރިކަމާއި ނާމާން ކަމެވެ. މެދުތެރޭގެ އަވަށްތަކުން ފެންނަނީ ވެއްޓިފައިވާ ގަސްތަކާއި ކުނިތަކެވެ. އިމާރާތްތައް ވެއްޓި، ގިނައަދަދެއްގެ ހަލާކުވެފައިވާ ވެހިކަލްތަކާއި އޭގެ ބައިތަކެވެ.

އެމެރިކާގެ ޑިޕްލޮމެޓެއް ކަމަށްވާ، ލީބިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ އދ.ގެ ކުރީގެ މަންދޫބު ސްޓެފަނީ ވިލިއަމްސް ވަނީ، ފެންބޮޑުވުމާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކޯޑިނޭޓް ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެއްބާރުލުން ދިނުމަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ގޮވާލައްވާފައެވެ.

އެކަމަނާ އިންޒާރު ދެއްވީ ލީބިޔާގެ އަނިޔާވެރި ވެރިކަން ކުރާ ފަރާތްތަކުން ސިޔާދަތާއި ގައުމިއްޔަތުގެ ބަހަނާ ބޭނުންކޮށްގެން އަމިއްލަ އެދުން އިސްނުކޮށް، އެހީދޭ ޖަމާއަތްތަކުންނާއި އެހީދޭ ގައުމުތަކުން ފޮނުވާ ވަފުދުތަކަށް އެއްވެސް ހުރަހެއް ނޭޅުމަށެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިރުމަތީގެ އަސްކަރީ ވަރުގަދަ ބޭފުޅެއް ކަމަށްވާ ޚަލީފާ ހަފްތާރުގެ ތަރުޖަމާނު އަހުމަދު އަލްމިސްމާރީ ވަނީ އެ ސިޓީ "އާރާސްތުކުރުމަށް ވަރަށް ބޮޑަށް ބޭނުންވެފައި" ވާކަން ފާހަގަކުރައްވާފައެވެ.

ހާލުގައި ޖެހިފައިވާ އެތައް ސަތޭކަ ހާސް ބަޔަކަށް އެހީވުމަށް 71 މިލިއަނަށްވުރެ ގިނަ ޑޮލަރު ހޯދުމަށް އދ.ން އިލްތިމާސްކުރަން ފަށާފައިވާއިރު، "މައްސަލަ އޮތް މިންވަރު" އަދިވެސް ސާފުނުވާކަމުގެ އިންޒާރު އދ.ން ވަނީ ދީފައެވެ.

ލީބިޔާގެ ރެޑް ކްރެސެންޓްގެ ތަރުޖަމާނު ތައުފީގް ޝުކްރީ އޭއެފްޕީއަށް ވިދާޅުވީ، ލީބިޔާގެ ރެޑް ކްރެސެންޓްގެ ޓީމުތަކުން އަދިވެސް ދަނީ ސަލާމަތްވެދާނެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށާއި، ޑެރްނާގެ އެންމެ ބޮޑަށް ގެއްލުންލިބުނު ސަރަހައްދުތަކުގައި ހުރި ކުނިތަކުގެ ތެރެއިން ހަށިތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެން ޓީމުތަކުން މަސައްކަތް ކުރަމުން ދަނީ ފެންބޮޑުވުމުގެ ސަބަބުން ގެދޮރު ގެއްލިފައިވާ އާއިލާތަކަށް ކޮންމެހެން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މަރުވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެދާނެ ކަމުގެ ބިރު ގިނަ ބަޔަކަށް އޮތްއިރު، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސްގެ ތަމީރު ރަމަޟާން ވިދާޅުވީ، ސަލާމަތްވި މީހުން ހޯދުމުގެ އުއްމީދު އަދިވެސް އެބައޮތް ކަމަށާއި ނަމަވެސް އެ އަދަދު ހާމަކުރަން ދެކޮޅު ހައްދަވާ ކަމަށެވެ.

އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަނުން ބުނީ ލީބިޔާގެ އިރުމަތީ ސަރަހައްދުން 38،640ށްވުރެ ގިނަ މީހުން ގެދޮރު ގެއްލިފައިވާ ކަމަށާއި, އޭގެ ތެރެއިން 30،000 މީހުންނަކީ ހަމައެކަނި ޑެރްނާގައި ދިރިއުޅުނު މީހުން ކަމަށެވެ.

ލީބިޔާގެ ވާދަވެރި ދެ ސަރުކާރު ކަމަށްވާ ޓްރިޕޮލީގައި އދ.ގެ ތާއީދު އޮންނަ، ބައިނަލްއަގުވާމީ ފެންވަރުގައި ގަބޫލުކުރާ ސަރުކާރާއި، ކާރިސާގެ އަސަރުކޮށްފައިވާ އިރުމަތީ ސަރަހައްދުގައި ހަރަކާތްތެރިވާ ސަރުކާރާ ދެމެދު ގުޅުން ބަދަހިކުރުމަށް އދ.ގެ އެހީގެ ވެރިޔާ މާޓިން ގްރިފިތުސް، ޖެނީވާގައި ހުކުރު ދުވަހު ވަނީ ގޮވާލައްވާފައެވެ.

ލީބިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

05 ޖޫން 2025
"ދެބަފައިންގެ ހިލަމެއް، ނިޝާނެއް ނެތް... ދެމައިން އަދިވެސް އެތިބީ ރޯލަރޯލާ، ދިރި ތިއްބާ ފެންނާނެކަމުގެ ޢުއްމީދުގަ"

"ދެބަފައިންގެ ހިލަމެއް، ނިޝާނެއް ނެތް... ދެމައިން އަދިވެސް އެތިބީ ރޯލަރޯލާ، ދިރި ތިއްބާ ފެންނާނެކަމުގެ ޢުއްމީދުގަ"

05 އޮކްޓޯބަރު 2023
"ލޯ ކުރިމަތިން އަމިއްލަ މަރު ފެނި، އުމުރުދުވަހު ދުށް ހުވަފެން ވިއްސިވިހާލި ވެއްޖެ"

"ލޯ ކުރިމަތިން އަމިއްލަ މަރު ފެނި، އުމުރުދުވަހު ދުށް ހުވަފެން ވިއްސިވިހާލި ވެއްޖެ"

19 ސެޕްޓެމްބަރު 2023
ތޫފާން "ޑެނިއަލް" ގައި މަރުވި މީހުންގެ އަދަދު 11000ށްވުރެ މައްޗަށް

ތޫފާން "ޑެނިއަލް" ގައި މަރުވި މީހުންގެ އަދަދު 11000ށްވުރެ މައްޗަށް

17 ސެޕްޓެމްބަރު 2023
ތޫފާން ޑެނިއަލްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވީ ގޭގައި މަޑުކުރަން އެންގުމުގެ ސަބަބުންކަމަށް ކުރާ ތުހުމަތު، އޮފިޝަލުން ދޮގުކޮށްފި

ތޫފާން ޑެނިއަލްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވީ ގޭގައި މަޑުކުރަން އެންގުމުގެ ސަބަބުންކަމަށް ކުރާ ތުހުމަތު، އޮފިޝަލުން ދޮގުކޮށްފި

16 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު