Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ލީބިޔާގެ ދާރުނާ ސިޓީ 'ދޮވެލި' ހާދިޘާ

"ދެބަފައިންގެ ހިލަމެއް، ނިޝާނެއް ނެތް... ދެމައިން އަދިވެސް އެތިބީ ރޯލަރޯލާ، ދިރި ތިއްބާ ފެންނާނެކަމުގެ ޢުއްމީދުގަ"

މިހާތަނަށް ފެނިފައި ވާ 4000 ހަށިގަނޑުގެ ތެރެއިން އެތައް ހަށިގަނޑެއްގެ ފޮޓޯތައްވެސް ޢަބްދުއްސަލާމް ބަލައިފި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2023 | ބުރާސްފަތި 16:15
ދެބަފައިންގެ ހިލަމެއް، ނިޝާނެއް ނެތް... ދެމައިން އަދިވެސް އެތިބީ ރޯލަރޯލާ، ދިރި ތިއްބާ ފެންނާނެކަމުގެ ޢުއްމީދުގަ

ދެބަފައިންގެ ހިލަމެއް، ނިޝާނެއް ނެތް... ދެމައިން އަދިވެސް އެތިބީ ރޯލަރޯލާ، ދިރި ތިއްބާ ފެންނާނެކަމުގެ ޢުއްމީދުގަ

ތޫފާނީ ގަދަ ވިއްސާރައިގެ ތެރޭގައި ޑޭމްތައް ފަޅަފަޅައިގެން ގޮސް ލީބިޔާގެ ދާރުނާ ސިޓީ 'ދޮވެލި' ހާދިޘާއަށް މަހެއް ފުރެން މި ވަނީ ގާތް ވެފައެވެ. އެތައް ހާސް ބައެއްގެ ފުރާނަ ގެއްލިދިޔަ އެ ބިރުވެރި ކާރިޘާގައި، ވީ ނުވީއެއް ނޭނގި ގެއްލިފައި ވާ މީހުންގެ ޢަދަދުވެސް ވަކި މަދެއް ނޫނެވެ. ގެއްލިފައި ވާ މީހުންގެ ޢާއިލާތަކުން މިއަދުވެސް އެދެމުން ދަނީ އެމީހުންގެ ލޯބިވާ މީހުން އަދި އެއް ފަހަރު ނަމަވެސް ދެކިލުމަށެވެ. އެފަދަ ޙާލެއްގައި ހުރި އެކަކީ ޢަބްދުއްސަލާމް އަލް-ޤާޟީއެވެ. ޢަބްދުއްސަލާމް ދަނީ އޭނާގެ ބައްޕައާއި ކޮއްކޮ ފެނޭތޯ އަތް ފުނާ އަޅަމުންނެވެ. އެ ދެބަފައިން ދިރިހުއްޓާ ފެނުމަކީ ނާދިރު ކަމެއް ކަން، ޢަބްދުއްސަލާމް ޤަބޫލު ކުރެއެވެ. ބައްޕައާއި ކޮއްކޮގެ ހަށިގަނޑު ނަމަވެސް ފެނޭތޯ އޭނާ ބަލަމުން އެ ދަނީ، އެންމެ ފަހުގެ އިހުތިރާމް އަދާ ކޮށް، ޖަނާޒާއާއި ކަށުކަމާކެމީގެ ކަންކަން ކޮށްދެވިދާނެ ކަމުގެ ޢުއްމީދުގައެވެ.

އޭނާގެ އެކުވެރިންނާއެކު ޢަބްދުއްސަލާމް ވަނީ ދާރުނާގައި ކިސަޑު ބޯވެފައި ވާ އައްސޭރިފަށުގެ ސަރަޙައްދު އެ ފުށް މިފުށަށް ޖަހައިގެން ބަލާފައެވެ. އެއީ މީގެ ކުރިން އޭނާގެ ޢާއިލާއިން ދިރިއުޅެމުން ދިޔަ ގެ ހުރި ސަރަޙައްދެވެ. ހުރިހާ ހޮސްޕިޓަލަކަށް ގޮސް، އެތަންތަނުގައިވެސް އަހާ އޮޅުން ފިލުވައިފިއެވެ. މިހާތަނަށް ފެނިފައި ވާ 4000 ހަށިގަނޑުގެ ތެރެއިން އެތައް ހަށިގަނޑެއްގެ ފޮޓޯތައްވެސް ޢަބްދުއްސަލާމް ބަލައިފިވެ. ނަމަވެސް، އަދިވެސް އޭނާ އެ ހޯދަމުންދާ މީހުންގެ ހިލަމެއް ނެތެވެ.

އެމެރިކާގައި ދިރިއުޅުން ބިނާކޮށްފައި ވާ، ޢުމުރުން 43 އަހަރުގެ ޢަބްދުއްސަލާމް، ދާރުނާއަށް ދިޔައީ 2 ދުވަހުގެ ދަތުރަކަށް ފަހުގައެވެ. އޭނާ ޤަބޫލު ކުރާ ގޮތުގައި ބައްޕައާއި ކޮއްކޮ ވަނީ ކަނޑަށް ދަމައިގެންފައެވެ.

ފެންބޮޑުވުމުގެ ކާރިޘާގައި ފުރާނަ ސަލާމަތްވި އެތައް ބަޔަކު މިހާރުވެސް ދަނީ ޢަބްދުއްސަލާމް އެކޭ އެއް ފަދައިން، އެމީހުންގެ ޢާއިލާއިން ގެއްލިފައި ވާ މީހުންނަށް އިންތިޒާރު ކުރަމުންނެވެ. ނަމަވެސް މި ދަނޑިވަޅުގައިވެސް ބައިބައިވެފައިވާ ލީބިޔާގެ ސިޔާސީ ފެކްޝަންތަކުން އަވަދި ނެތި އުޅެމުން ދަނީ އެއް ބަޔަކު އަނެއް ބަޔަކަށް ބަދު ބަސް ބުނުމުގައެވެ. ކާރިޘާ ހިނގީ ވަކި ބައެއްގެ އިހުމާލުން ކަން ސާބިތު ކޮށްދިނުމުގެ މަސައްކަތުގައެވެ. ސުންނާފަތި ވެފައި އޮތް ސިޓީ އާރާސްތު ކުރާނެ ގޮތަކާ މެދު ކޯޅުމުގައެވެ.

ވީނުވީ އެއް ނޭނގި ގެއްލިފައި ވާ މީހުންގެ ޢާއިލާތަކުން މިހާރު ވަނީ، އެ މީހުންގެ ލޯބި ވާ މީހުންނަށް ވީ ގޮތެއް ކަށަވަރު ނުވާނެ ކަމަށް ޤަބޫލު ކުރާ ހިސާބަށް ގޮސްފައެވެ. ގެއްލިފައި ވާ މީހުންގެ ތެރޭގައި ކުޑަ ކުދިންވެސް ހިމެނެއެވެ. ފެނިފައި ވާ ހަށިގަނޑުތަކަކީ ކޮންކޮން ބައެއްގެ ހަށިގަނޑުތަކެއް ތޯ ކަށަވަރު ކުރުމުގެ މަސައްކަތުގައިވެސް ޢާއިލާތަކުން ބައިވެރިވެއެވެ. ކަން މިހެން އޮތް އިރު، ގިނަ ޢަދަދެއްގެ ހަށިގަނޑުތައް ވަނީ ބޮޑެތި ވަޅުގަނޑުތަކުގައި ގިނަ ޤަބުރުތަކެއް ހިމެނޭހެން ވަޅުލާ ނިންމާފައެވެ. ޢާއިލާގެ މެންބަރުން ދެނެގަތުމަށް  ބޭނުން ކުރަނީ ފޮޓޯއާއި ޑީއޭންއޭ ސާމްޕަލްއެވެ.

ޢަބްދުއްސަލާމްއަށް އޭނާގެ އުފަން ކިރިޔާ ވަކި ކުރެވޭ ވަރު ވަނީއެވެ. ޢަބްދުއްސަލާމް ކިޔައިދިން ގޮތުގައި އޭނާގެ މަންމައާއި އަންހެން ކޮއްކޮ އަދިވެސް އިނީ ގެއްލިފައި ވާ ދެބަފައިން ދިރި ތިއްބާ ފެންނާނެ ކަމުގެ ޢުއްމީދުގައެވެ. ނަމަވެސް، ބައްޕައާއި ކޮއްކޮ މަރުވެ ގޮސްފައި ވުމުގެ ފުރުޞަތު ބޮޑު ކަމަށް އޮތް ޙަޤީޤަތް ޤަބޫލު ކުރަން މިއަދު އޭނާއަށް މަޖުބޫރު ކަމަށް ޢަބްދުއްސަލާމް ބުންޏެވެ.

ލީބިޔާގެ އިރުމަތީ އައްސޭރިފަށުގެ ސިޓީއެއް ކަމަށް ވާ ދާރުނާ މަޝްހޫރު ވެފައި ވަނީ ޘަޤާފީ މަރުކަޒެއްގެ ގޮތުގައެވެ. ސިޓީ ބިނާ ކޮށްފައި އޮންނަނީ މޫސުމީ ކޯރެއްގެ އައްސޭރިފަށުގައެވެ. އެ ކޯރު ދެމެމުން ދަނީ ފަރުބަދަމަތީ ސަރަޙައްދުން ފެށިގެން ގޮސް ކަނޑަށެވެ. ދާރުނާއަކީ 2011 ވަނަ އަހަރު ނޭޓޯގެ އެއްބާރުލުމާއެކު ހިންގި އުތުރިއެރުމުގައިވެސް ގެއްލުންތަކެއް ތަޙައްމަލު ކުރި ސިޓީއެކެވެ.

ހައްދު ފަހަނަ އަޅާފައި ވާ ހަތިޔާރު އެޅި ހަނގުރާމަވެރި އައިސިސް ޖަމާޢަތުން 2015 ވަނަ ލީބިޔާ ހިފާ، ހިންގި ހަނގުރާމަގަނޑުގެ ތެރޭގައި ޢަބްދުއްސަލާމްގެ 2 އަޚުންގެ ތެރެއިން އެކެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ދާރުނާއަށް މިހާރު ލިބިފައި އޮތް ގެއްލުންތައް، އެ ހުރިހާ ކަމަކާ ނުބައްދަލެވެ. ސާފު ރާސްތާތަކަށް އޮތް މަގުތަކާއި ތަރުތީބު ޢިމާރާތްތައް، ހާމައަށް އޮތް ޗަކަ ބިމަކާއި ގައު ކުނޑީގެ ގޮނޑަކަށް ހަދާލީ އެންމެ ރެއަކުންނެވެ.

ދާރުނާ އާރާސްތު ކުރުމަށްވެސް އޮތީ މާ ފަސޭހަ ރާސްތާއެއް ނޫނެވެ. ދާރުނާ ކޮޅަށް ޖެހުމަކީ އުނދަގޫ ކަމަކަށް ވަނީ، ލީބިޔާގައި އުފެދިފައި އޮތް ސިޔާސީ ބައިބައިވުންތަކުގެ ސަބަބުންނެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގެންފައި ވާ ސަރުކާރު އޮތީ ތުރާބުލުސްގައެވެ. އިރުމައްޗާއި ހުޅަނގުގެ ސަރަޙައްދުތައް ކޮންޓްރޯލް ކުރަނީ، ޖެނެރަލް ޚަލީފާ ހަފުތާރުގެ ފެކްޝަނުންނެވެ.

ލީބިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

05 ޖޫން 2025
"ލޯ ކުރިމަތިން އަމިއްލަ މަރު ފެނި، އުމުރުދުވަހު ދުށް ހުވަފެން ވިއްސިވިހާލި ވެއްޖެ"

"ލޯ ކުރިމަތިން އަމިއްލަ މަރު ފެނި، އުމުރުދުވަހު ދުށް ހުވަފެން ވިއްސިވިހާލި ވެއްޖެ"

19 ސެޕްޓެމްބަރު 2023
ތޫފާން "ޑެނިއަލް" ގައި މަރުވި މީހުންގެ އަދަދު 11000ށްވުރެ މައްޗަށް

ތޫފާން "ޑެނިއަލް" ގައި މަރުވި މީހުންގެ އަދަދު 11000ށްވުރެ މައްޗަށް

17 ސެޕްޓެމްބަރު 2023
ތޫފާން ޑެނިއަލްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވީ ގޭގައި މަޑުކުރަން އެންގުމުގެ ސަބަބުންކަމަށް ކުރާ ތުހުމަތު، އޮފިޝަލުން ދޮގުކޮށްފި

ތޫފާން ޑެނިއަލްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވީ ގޭގައި މަޑުކުރަން އެންގުމުގެ ސަބަބުންކަމަށް ކުރާ ތުހުމަތު، އޮފިޝަލުން ދޮގުކޮށްފި

16 ސެޕްޓެމްބަރު 2023
އިޒްރޭލުގެ އުދުވާންތަކާހެދި ފަލަސްތީނުން ފޭބި އަބޫ އަމްރާގެ އާއިލާއާ ލީބިޔާއިން ބައްދަލުކުރީ މަރު!

އިޒްރޭލުގެ އުދުވާންތަކާހެދި ފަލަސްތީނުން ފޭބި އަބޫ އަމްރާގެ އާއިލާއާ ލީބިޔާއިން ބައްދަލުކުރީ މަރު!

16 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު