Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ލީބިޔާގެ ޑެރްނާގައި ފެންބޮޑުވުން

ލީބިޔާގެ ޑެރްނާގައި ފެންބޮޑުވެ، މަރުވި މީހުންގެ އަދަދު 20،000ށް އަރާނެ!

އެ ސިޓީގެ ބައެއް ސަރަހައްދުތައް ވަނީ ފުނޑުފުނޑުވެގެން ގޮސްފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2023 | ބުރާސްފަތި 15:31
ލީބިޔާގައި ފެންބޮޑުވުމުގެ ހާދިސާގައި ލިބުނު ގެއްލުންތައް

ލީބިޔާގައި ފެންބޮޑުވުމުގެ ހާދިސާގައި ލިބުނު ގެއްލުންތައް

ލީބިޔާގެ ޑެރްނާގައި ފެންބޮޑުވެ އެތައް ހާސް ބަޔަކު މަރުވެ، ގިނަ ބަޔަކު ގެއްލުމާ ގުޅިގެން, އެ ސިޓީގެ ރައްޔިތުން ވަނީ ގެއްލުނު ގާތްތިމާގެ މީހުން ހޯދުމުގެ މަސައްކަތް ވަރަށް ބޮޑަށް ކޮށްފައެވެ.

އެ ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާތަނަށް 20000ށް އަރާނެކަމަށް އެސިޓީގެ މޭޔަރު ވަނީ ވިދާޅުވެފައެވެ.

މެޑިޓެރޭނިއަން ސިޓީގެ ބައެއް ސަރަހައްދުތައް ފުނޑުފުނޑުވެގެން ދިޔައީ އާދީއްތަ ދުވަހުގެ ރޭ އުފެދުނު ބާރުގަދަ ތޫފާނެއްގެ ސަބަބުން އެ ސިޓީގެ ޑޭމްތައް ފަޅައިގެން ދިއުމުގެ ސަބަބުންނެވެ. މަލްޓިސްޓޯރީ އިމާރާތްތައް ވެއްޓި، ނިދާފައި ތިބި އާއިލާތައް އިމާރާތްތަކުގެ އެތެރޭގައި ތާށިވެ ގިނަބަޔަކު ވަނީ މަރުވެފައެވެ.

އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ލެފްޓިނެންޓް ތާރިގް އަލް ޚަރްރާޒް އޭއެފްޕީ ނިއުސް އެޖެންސީއަށް ބުދަ ދުވަހު ވިދާޅުވީ، މެޑިޓެރޭނިއަން ސިޓީން މިހާތަނަށް 3،840 މީހުން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި މިހާރު ވަޅުލާފައިވާ 3،190 މީހުން ހިމެނޭ ކަމަށެވެ. އެ މީހުންގެ ތެރޭގައި މަދުވެގެން 400 ބިދޭސީން ހިމެނޭއިރު، ގިނައީ ސޫދާނާއި މިސްރަށް ނިސްބަތްވާ މީހުންނެވެ. 

ލީބިޔާގެ އިރުމަތީ ސަރަހައްދު ހިންގާ ސަރުކާރުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ހިޝާމް ޝުކައިވާތު ރޮއިޓާސް ނިއުސް އެޖެންސީއަށް ވިދާޅުވީ މިހާތަނަށް މަރުވި 5،300އަށްވުރެ ގިނަ މީހުން ހިމެނޭކަމަށާއި، އެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ދެ ގުނައަށްވުރެ ވެސް ބޮޑުވެދާނެ ކަމަށެވެ.

ޑެރްނާގެ މޭޔަރު އަބްދުލްމުންއިމް އަލް ޣައިސީ، ސައޫދީގެ އަލް އަރަބިއްޔާ ޓީވީއަށް ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން ހަލާކުވި ޑިސްޓްރިކްޓްތަކުގެ އަދަދަށް ބަލާއިރު އެ ސިޓީގައި މަރުވާ މީހުންގެ އަދަދު 18،000އާ 20،000އާ ދެމެދުގެ އަދަދަކަށް އަރާނެ ކަމަށެވެ.

ޑެރްނާއަށް ނިސްބަތްވާ މަހުމޫދު އަބްދުލްކަރީމް ޓްރިޕޮލީގައި، ނޫސްވެރިޔާ މައުތާޒް އަލީއަށް މައުލޫމާތު ދެމުން ބުނީ އޭނާގެ މަންމައާއި ކޮއްކޮ ގެއްލުނީ ޑޭމެއް ވެއްޓުމާ ގުޅިގެން ފުރަތަމަ ފަންގިފިލާގެ އެޕާޓްމަންޓުން ވަގުތުން ނުނިކުމެވުމުގެ ސަބަބުން ކަމަށެވެ.

"އޭނާ އެތަނުން ނުކުންނަން ދެކޮޅު ހެދި... ހާލަތު ނުރައްކާވާނެ ކަމަށް ހީނުކޮށް އޭނާ [އަބްދުލްކަރީމް] ބުނީ އެއީ އާދައިގެ ވިއްސާރައެއް ކަމަށް،" ޓްރިޕޮލީގެ ދަރުވާނީ ކޮމިއުނިޓީއަށް ޚާއްސަކޮށް ބޭއްވި އިވެންޓެއްގައި އަލީ ބުންޏެވެ.

އަބްދުލްކަރީމް ބުނިގޮތުގައި އޭނާގެ މަންމައާއި ކޮއްކޮ އެންމެ ފަހުން އެޕާޓްމެންޓުން ނުކުންނަން ނިންމިއިރު، އެ މީހުން ފިލަން މަގުމައްޗަށް ނުކުތުމުން ފެންބޮޑުވުމުގެ ސަބަބުން އެ މީހުން ވަނީ އޮޔާ ގޮސްފައެވެ. 

މިދިޔަ އަންގާރަ ދުވަހު ޑެރްނާއިން ފުރައިގެން ދިޔަ ނޫސްވެރިއެއް ކަމަށްވާ މަބުރޫކާ އަލްމިސްމާރީ އެކަން ސިފަކުރީ އެއީ "ބޮޑު ކާރިސާއެއް"ގެ ގޮތުގައެވެ. "ފެނެއް ނެތް. ކަރަންޓެއް، ޕެޓްރޯލެއް ވެސް ނެތް،" އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

އަދި އެތެރޭގައި އާއިލާތައް ތިބި އެޕާޓްމަންޓް އިމާރާތްތައް އޮޔާ ގޮސްފައިވާކަމަށް އޭނާ ބުންޏެވެ. އަލްމިސްމާރީ ބުނީ ޑެރްނާއިން ގިނަބަޔަކު ސަލާމަތްވާން މަސައްކަތް ކުރި ނަމަވެސް ގިނަ ބަޔަކު ތާށިވެފައި ވަނީ ގިނަ މަގުތަކެއް ބަންދުވެފައި ނުވަތަ ހަލާކުވެގެން ކަމަށާއި ބައެއް އާއިލާތަކުން ސްކޫލްތަކުގައި ހިޔާވަހިކަން ހޯދަމުން އަންނަ ކަމަށެވެ.

އޮފިޝަލުން ވަނީ ގެއްލުނު މީހުންގެ އަދަދު 10،000ށް އަރާކަމަށް ބުނެފައެވެ. އދ.ގެ އެހީދޭ އިދާރާ އޯސީއެޗްއޭއިން ބުނީ މި އަދަދު މަދުވެގެން 5،000ށް އަރާކަމަށެވެ.

އެ އަވަށުގެ މީހުންގެ އަންނައުނާއި ހިފާގެންގުޅޭ ތަކެއްޗާއި ކުޑަކުދިންގެ ކުޅޭ ތަކެއްޗާއި ފަރުނީޗަރާއި ބޫޓާއި އެހެނިހެން މުދާތައް ވަނީ އޮޔާގޮސްފައެވެ.

މަގުތައް ވަނީ އަޑިގުޑަންވެ، ވެއްޓިފައިވާ ގަސްތަކާއި އެތައް ސަތޭކަ ކާރުތަކަކާއެކު ފުނޑުފުނޑުވެފައެވެ.

ލީބިޔާފެންބޮޑުވުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

28 ނޮވެމްބަރު 2025
ވިއެޓްނާމަށް ކުރަމުންދާ ވަރުގަދަ ވިއްސާރައިގައި މަދުވެގެން 41 މީހުން މަރުވެއްޖެ

ވިއެޓްނާމަށް ކުރަމުންދާ ވަރުގަދަ ވިއްސާރައިގައި މަދުވެގެން 41 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ފިލިޕީންސް އަށް ބާރުގަދަ ތޫފާނެއް އަރައި އެތައް ބަޔަކު މަރުވެއްޖެ

ފިލިޕީންސް އަށް ބާރުގަދަ ތޫފާނެއް އަރައި އެތައް ބަޔަކު މަރުވެއްޖެ

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު