Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ލީބިޔާގެ ފެންބޮޑުވުމުގެ ކާރިސާ

އިޒްރޭލުގެ އުދުވާންތަކާހެދި ފަލަސްތީނުން ފޭބި އަބޫ އަމްރާގެ އާއިލާއާ ލީބިޔާއިން ބައްދަލުކުރީ މަރު!

މި އާއިލާ ނިސްބަތްވަނީ، 1948 ވަނަ އަހަރު އިޒްރޭލު އުފެދިގެން އައި އައުމުގައި އަމިއްލަ ގެތަކުން ނުކުތުމަށް މަޖުބޫރުވި ފަލަސްތީނު ދަރިކޮޅަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2023 | ހޮނިހިރު 05:56
ފަލަސްތީނުން ފޭބި އަބޫ އަމްރާގެ އާއިލާ

ފަލަސްތީނުން ފޭބި އަބޫ އަމްރާގެ އާއިލާ

މީލާދީން އޮނަވިހި ސަތޭކަ ފަސްދޮޅަސް ހަތް ވަނަ އަހަރު ކުރި ޢަރަބި-އިޒްރޭލު ހަނގުރާމައިން ސަލާމަތްވުމަށްޓަކައި ޣައްޒާ ދޫކޮށް، ލީބިޔާގައި ވަޒަންވެރިވި އާއިލާއެކެވެ. ނަމަވެސް ނިމިގެން މިދިޔާ ހަފުތާގެ ހޯމަ ދުވަހު ލީބިޔާއަށް ކުރިމަތިވި ފެންބޮޑުވުމުގެ ވަރުގަދަ ކާރިސާގައި އެ އާއިލާއާ ބައްދަލުކުރީ މަރުގެ ވަދާއީ ސަލާމެވެ. އަނެއްކާވެސް އެ އާއިލާއަށް އިތުރު ހިތާމައެކެވެ.

ލީބިޔާގައި ހިނގި ފެންބޮޑުވުމުގެ ހިތްދަތި ކާރިސާގައި އަބޫ އަމްރާގެ އާއިލާއިން 2 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އެއީ ބައްޕައަކާއި ދަރިއެކެވެ. ލީބިޔާގެ އިރުމަތީގައި އޮންނަ ބަނދަރުމަތީ ސިޓީއެއް ކަމަށްވާ ދާރުނާއަށް ކުރިމަތިވި ވިއްސާރައިގެ ގަދަ ތޫފާނެއްގައި ޑޭމްތައް ފަޅަފަޅައިގެން ގޮސް، ރަށުތެރެއަށް ފެންގަނޑު އަރައި، އިމާރާތްތައް ސުންނާފަތިވެ ހަފުސްވެދިޔަ ކާރިސާގައި، އަބޫ އަމްރާގެ އާއިލާއިން 12 މީހަކަށް ވީނުވީއެއް ނޭނގި ގެއްލުނެވެ.  

އާއިލާއިން ޓެންޓު ޖެހީ ޣައްޒާގެ ދެކުނުގެ އަވަށެއް ކަމަށްވާ ދީރު އަލް-ބަލާހްގައެވެ. އާއިލާއިން މަރުވެދިޔަ މީހުންނަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށް އަންނަ މީހުންނާއި، އަވައްޓެރިންނާއި ރަހުމަތްތެރިންނަށް މަރުހަބާކިޔުން ކުރިއަށްދިޔައީ އެ ޓެންޓުގައެވެ. މުޅި މަގުން އޭރު އިވެމުން ދިޔައީ ކީރިތި ގުރުއާނުގެ މޫރިތި އާޔަތްތަކުގެ އަޑެވެ.

ރަނގަޅު ދިރިއުޅުމެއް ހޯދުމުގެ އުއްމީދުގައި ލީބިޔާއަށް ދިރިއުޅުން ބަދަލުކުރުމަށްފަހު، ގުދުރަތީ ކާރިސާއެއްގައި މި ދުނިޔެއާ ވަކިވެ ދިޔުމުގެ ހިތާމައާ ކުރިމަތިލާން ޖެހުނު އާއިލާގެ މެންބަރުންގެ ތެރޭގައި ހިމެނޭ އެކަކީ، ޣައްޒާގެ އަލް-އަގްސާ ޔުނިވަރސިޓީގައި އިސްލާމީ އިލްމު އުނގަންނައިދިނުމުގެ މަސައްކަތުގައި އުޅޭ، އުމުރުން 54 އަހަރުގެ، ޑރ. ފާއިޒު އަބޫ އަމްރާއެވެ. ޑރ. ފާއިޒަކީ އިރޭލާ ދެކޮޅަށް ކުރި 4 ހަނގުރާމައަކަށްފަހު ވެސް އެ އާއިލާއިން ފުރާނަ ސަލާމަތްވި މީހުންގެ ތެރެއިން އެކަކެވެ.

އަބޫ އަމްރާގެ އާއިލާއަށް ކުރިމަތިލާން ޖެހިފައިވާ އަނެއް ހިތްދަތި ކަމަކީ، މަރުވި މީހުންގެ ހަށިގަނޑުތައް ފަލަސްތީނުގެ އުފަން ވަޒަނަށް ގެނެސް، އެންމެ އެކަށީގެންވާ ގޮތުގައި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމުގައި ހުރި ދަތި އުނދަގޫ ކަމެވެ.

އަބޫ އަމްރާގެ އާއިލާ ނިސްބަތްވަނީ، 1948 ވަނަ އަހަރު އިޒްރޭލު އުފެދިގެން އައި އައުމުގައި އަމިއްލަ ގެތަކުން ނުކުތުމަށް މަޖުބޫރުވި، ނުވަތަ އަމިއްލަ ވަޒަން ދޫކޮށްލި ފަލަސްތީނު ދަރިކޮޅަށެވެ. ރެފިއުޖީންގެ ގޮތުގައި ޣައްޒާއަށް ދާން މަޖުބޫރުވީ އެ ސަބަބާ ހެދިއެވެ. 1967 ވަނަ އަހަރުގެ އަރަބި-އިޒްރޭލު ހަނގުރާމައިގެ ތެރޭގައި، އެ އާއިލާގެ ދޮށީ ބައެއް މެންބަރުން ޣައްޒާ ދޫކޮށް، ދެވަނަ ފަހަރަކަށް ރެފިއުޖީންގެ ގޮތުގައި ލީބިޔާއަށް ހިޖުރަކުރީއެވެ.

ދާރްނާ ސުންނާފަތިވި ފެންބޮޑުވުމުގެ ކާރިސާ ހިނގަން މެދުވެރިވީ، ތޫފާނީ ގަދަ ވިއްސާރާގައި 2 ޑޭމެއް ފުރި، ގަދަ އޮޔާއެކު ރަށުތެރެއަށް ފެންގަނޑު ވަދެގެން ދިޔުމުންނެވެ. އޭރު މުޅި ސަރަހައްދު އޮތީ އޮއިގަދަ ކަނޑެއްގެ ސިފައިގައެވެ.

ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ ހެނދުނާ ހިސާބަށް ލިބިފައިވާ އެންމެ ފަހުގެ ރަސްމީ ތަފާސް ހިސާބުތަކަށް ރިއާޔަތްކުރާއިރު، ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު ވަނީ 5000ށްވުރެ މައްޗަށް އަރާފައެވެ. މަރުވި މީހުންގެ އަދަދުގެ ގޮތުގައި އޮފިޝަލުން ހާމަކުރައްވާ އަދަދުތަކުގައި ޚިލާފުތަކެއް ހުރިކަމުގައި ވީނަމަވެސް، ކޮންމެ އަދަދެއްވެސް ހާހުން ގުނާލެވެއެވެ. ފެންބޮޑުވުމުގެ ކާރިސާގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު (އަންދާޒާ ކުރެވޭ ގޮތުގައި) އުޅެނީ 10000ގައެވެ.

ފަލަސްތީނުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ އަހުމަދު އަލް-ދީކު ވިދާޅުވިގޮތުގައި، ފަލަސްތީނުގެ ބައި ލައްކައެއްހާ މީހުން ލީބިޔާގައި ދިރިއުޅެމުން ދާއިރު، އޭގެ ތެރެއިން އެންމެ މަދުވެގެން، 3 ބައިކުޅަ 1 ބައި މީހުންނަކީ ފެންބޮޑުވުމުގެ ކާރިސާގައި އެންމެ ބޮޑަށް ގެއްލުންވި އިރުމަތީ ސަރަހައްދުތަކުގައި ދިރިއުޅެމުން ދިޔަ މީހުންނެވެ.

ފެންބޮޑުވުމުގެ ކާރިސާ ހިނގި ފަހުން އެކަނިވެސް ފަލަސްތީނުގެ 23 މީހެއްގެ ފުރާނަ ގެއްލިފައި ވާކަމަށާއި، ވީނުވީއެއް ނޭނގި ގެއްލިފައިވާ ގިނަ އަދަދެއްގެ ބަޔަކު ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް ދީކް ވަނީ ވިދާޅުވެފައެވެ. ފަލަސްތީނުގެ ރެޕިޑް ރެސްޕޯންސް ރެސްކިއު ޓީމެއް، ބުރާސްފަތި ދުވަހު ވަނީ ލީބިޔާއަށް ދަތުރުކޮށްފައެވެ. އެ ޓީމަކީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ލީބިޔާ އަދި ބައިނަލްއަގުވާމީ ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެނޫންވެސް ގޮތްގޮތުން އެހީ ފޯރުކޮށްދިނުމަށް ލީބިޔާއަށް ދަތުރުކުރި ޓީމެއް ކަމަށްވެސް ދީކު ވަނީ ވިދާޅުވެފައެވެ.

ލީބިޔާފަލަސްތީންދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

05 ޖޫން 2025
ފަލަސްތީނު ރައްޔިތުން ޒައިތޫނި ބިނުމަށް ވެސް ހުރަސް އަޅާ ޔަހޫދީން ހަމަލާދެނީ

ފަލަސްތީނު ރައްޔިތުން ޒައިތޫނި ބިނުމަށް ވެސް ހުރަސް އަޅާ ޔަހޫދީން ހަމަލާދެނީ

02 ނޮވެމްބަރު 2024
ޔަހޫދީ ސިފައިން ޖެނިން ހިސޯރުކުރުމާއެކު ފަލަސްތީނުގެ މީހުންނަށް ފެނާ، ކާނާ، ކަރަންޓް ލިބުން ހުއްޓިއްޖެ

ޔަހޫދީ ސިފައިން ޖެނިން ހިސޯރުކުރުމާއެކު ފަލަސްތީނުގެ މީހުންނަށް ފެނާ، ކާނާ، ކަރަންޓް ލިބުން ހުއްޓިއްޖެ

01 ސެޕްޓެމްބަރު 2024
އިޒްރޭލު ސިފައިންނާ ކުރިމަތި ލުމަށް ހަމާސްގެ ހަރަކާތްތައް ހުޅަނގު އައްސޭރީގައި ފުޅާ ކުރަނީ

އިޒްރޭލު ސިފައިންނާ ކުރިމަތި ލުމަށް ހަމާސްގެ ހަރަކާތްތައް ހުޅަނގު އައްސޭރީގައި ފުޅާ ކުރަނީ

31 އޯގަސްޓު 2024
ޔަހޫދީ ސިފައިން ޣައްޒާ އަށް ބޮން އަޅައިފި، ހުޅަނގު އައްސޭރީގެ ޖެނިން ހިސޯރުކޮށްފި

ޔަހޫދީ ސިފައިން ޣައްޒާ އަށް ބޮން އަޅައިފި، ހުޅަނގު އައްސޭރީގެ ޖެނިން ހިސޯރުކޮށްފި

31 އޯގަސްޓު 2024

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު