Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލީބިޔާގައި ފެންބޮޑުވުން

ލީބިޔާގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 5،000ށް ވުރެ މައްޗަށް އަރައިފި

ފެންބޮޑުވުމުގެ ހާދިސާގައި ގެއްލުނު މީހުންގެ އަދަދު ދިހަހާހަށްވުރެ މައްޗަށް އަރާނެ ކަމަށް އޮފިޝަލުން ބުނޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2023 | ބުދަ 09:41
ލީބިޔާގެ ޝަހްހަތު ސިޓީއަށް އައި ބާރުގަދަ ތޫފާނުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ގެއްލުންލިބުނު ސަރަހައްދުގައި މީހުންތަކެއް މަޑުކޮށްލައިގެން

ލީބިޔާގެ ޝަހްހަތު ސިޓީއަށް އައި ބާރުގަދަ ތޫފާނުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ގެއްލުންލިބުނު ސަރަހައްދުގައި މީހުންތަކެއް މަޑުކޮށްލައިގެން

ލީބިޔާގެ އިރުމަތީގެ ސިޓީއެއް ކަމަށްވާ ޑެރްނާގައި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 5،300 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ ރަސްމީ ނޫސް އެޖެންސީން ބުނެފި އެވެ.

ލީބިޔާގެ ގާނޫނު ހަދާ މަޖިލީހުން އައްޔަންކޮށްފައިވާ ސަރުކާރުގެ އިރުމަތީ ސަރަހައްދުގެ ދާޚިލީ ވުޒާރާއިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެތައް ހާސް ބަޔަކު އަދިވެސް ގެއްލިފައިވާ ކަމަށެވެ.

މީގެ ކުރިން އިރުމަތީގެ ދާޚިލީ ވުޒާރާގެ ތަރުޖަމާނު ތާރިގު އަލް ޚަރާޒް އަނަޑޯލޫއަށް ވިދާޅުވީ އާއިލާތަކުން ދެނެގަތުމަށްފަހު މިހާތަނަށް ގާތްގަނޑަކަށް 1300 އެއްހާ ހަށިގަނޑު ވަޅުލާފައިވާ ކަމަށެވެ.

ލީބިޔާގެ ތަރުޖަމާނު ލަފާކުރައްވާ ގޮތުގައި ޑެރްނާގައި މަރުވި މީހުންގެ އަދަދު 10،000 އަށް ވުރެ މައްޗަށް އަރާނެ އެވެ.

ލީބިޔާގެ އެމްބިއުލާންސް އެންޑް އިމަޖެންސީ ސާވިސް އިން މީގެ ކުރިން ބުނެފައި ވަނީ ޑެރްނާގައި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 2،300 އަށް އަރާފައިވާ ކަމަށާއި 5،000 މީހުން ގެއްލިފައިވާ ކަމަށެވެ.

އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް [އައިސީއާރުސީ] އިން އަންގާރަ ދުވަހުގެ ފަތިހު ބުނީ ލީބިޔާގައި ފެންބޮޑުވުމުގެ ސަބަބުން 10،000 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ލީބިޔާގެ އިރުމަތީ ސަރަޙައްދަށް މިދިޔަ އާދީއްތަ ދުވަހު އައި ތޫފާން ޑެނިއަލްގެ ސަބަބުން ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ސަބަބުން އެތައް އަވަށްތަކެއް އަޑިއަށް ގޮސްފައިވާކަމަށް އިބްތިދާއީ ރިޕޯޓުތަކުން ދައްކައެވެ.

ޑެރްނާގެ ލޯކަލް އޮތޯރިޓީން ބުނީ އެ ސިޓީގެ ދެ ޑޭމް ވެއްޓިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ނުރައްކާތެރި ފެންބޮޑުވުން އިތުރުވެފައިވާ ކަމަށެވެ.

ޓްރިޕޮލީގެ ލީބިޔާ ސަރުކާރުގެ ރޯޑްސް އެންޑް ބްރިޖް ޑިޕާޓްމަންޓުގެ ހެޑް އަލް ހުސައިން ސްވެއިދާން އަނަޑޯލޫ އެޖެންސީއަށް ވިދާޅުވީ ޑެރްނާގެ މަގުތަކާއި ބްރިޖްތަކުގެ ނެޓްވޯކް މުޅިން ފުނޑުފުނޑުވެފައިވާ ކަމަށެވެ.

އޭނާ ލަފާކުރެއްވި ގޮތުގައި އެ ސިޓީގެ ހަލާކުވެފައިވާ މަގުތަކާއި ބްރިޖްތައް އަލުން ހެދުމަށް ގާތްގަނޑަކަށް 67 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ.

ލީބިޔާގެ ޕްރެޒިޑެންސީ ކައުންސިލުން މިދިޔަ ހޯމަ ދުވަހު ވަނީ އިރުމަތީ ސަރަހައްދުގައި ފެންބޮޑުވެފައިވާ ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުވެރި ގައުމުތަކަށާއި ބައިނަލްއަގުވާމީ އެހީދޭ ޖަމާއަތްތަކަށް އިލްތިމާސްކޮށްފަ އެވެ.

ލީބިޔާފެންބޮޑުވުން

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
30 ނޮވެމްބަރު 2025

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ
28 ނޮވެމްބަރު 2025

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

28 ނޮވެމްބަރު 2025
ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި
21 ނޮވެމްބަރު 2025

ވިއެޓްނާމަށް ކުރަމުންދާ ވަރުގަދަ ވިއްސާރައިގައި މަދުވެގެން 41 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ވިއެޓްނާމަށް ކުރަމުންދާ ވަރުގަދަ ވިއްސާރައިގައި މަދުވެގެން 41 މީހުން މަރުވެއްޖެ
05 ނޮވެމްބަރު 2025

ފިލިޕީންސް އަށް ބާރުގަދަ ތޫފާނެއް އަރައި އެތައް ބަޔަކު މަރުވެއްޖެ

05 ނޮވެމްބަރު 2025
ފިލިޕީންސް އަށް ބާރުގަދަ ތޫފާނެއް އަރައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު