Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ތޫފާން ޑެނިއަލް

ތޫފާން "ޑެނިއަލް" ގައި މަރުވި މީހުންގެ އަދަދު 11000ށްވުރެ މައްޗަށް

ހާދިސާއާ ގުޅިގެން ގެއްލުނުކަމަށް ބެލެވޭ މީހުންގެ ޢަދަދު 10,100 އަށް އަރާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 17 ސެޕްޓެމްބަރު 2023 | އާދީއްތަ 03:53
ފެންބޮޑުވުމުގެ ހާދިސާގައި ހަލާކުވެފައިވާ ކާރެއް

ފެންބޮޑުވުމުގެ ހާދިސާގައި ހަލާކުވެފައިވާ ކާރެއް | ރޮއިޓާސް

މެޑިޓެރޭނިޔަން ކަނޑުގައި އުފެދުނު ބާރުގަދަ ތޫފާން ޑެނިއެލްގެ ސަބަބުން ލީބިޔާގައި ފެންބޮޑުވެ ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު 11,300 އަށް އަރައިފިއެވެ.

މި ހާދިސާއާ ގުޅިގެން ގެއްލިފައިވާ ކަމަށް ބެލެވޭ މީހުންގެ ޢަދަދު 10,100 އަށް އަރާ ކަމުގައި ލީބިޔާގެ ރެޑް ކްރެސެންޓުން ބުނެއެވެ. އެ މީހުން ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، އޭގެ ތެރެއިން ގިނަ މީހުން ދިރިތިއްބާ ފެންނާނެ ކަމުގެ އުންމީދު ފަނޑުވަމުންދާ ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ. ފެންބޮޑުވުމާ ގުޅިގެން ދަރްނާއިން މަރުވެފައިވާ މީހުންގެ ޢަދަދު 11,300 އަށް އަރާފައިވާ ކަމުގައި ލީބިޔާގެ ރެޑް ކްރެސެންޓުން ބުންޏެވެ.

ފެންބޮޑުވުމުގެ ހާދިސާގައި މަރުވެފައިވާ މީހުންގެ ޖަނާޒާ ބާއްވައި، އެ މީހުންގެ ހަށިތައް ވަޅުލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމުގައި ލީބިޔާގެ ޞިއްޙަތާ ބެހޭ ވަޒީރު އުޘްމާން ޢަބްދުލްޖަލީލް ވިދާޅުވިއެވެ. މި ގޮތުން، މިހާރު ވެސް 3,000 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު ވަޅުލާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ސްޓޯމް ޑެނިއަލް އާއި ގުޅިގެން އެ ޤައުމުގެ ސަރުކާރުންވަނީ އާދިއްތަ ދުވަހު އެ ސަރަހައްދަށް ކުއްލި ހާލަތު އިއުލާނުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން އެ ގައުމުގެ އިރުމަތީގެ ބައެއް ސިޓީތަކަށްވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އެގޮތުން، ބެންގާޒީ، ސޫސޭ، ޑެރްނާ އަދި އަލްމަރްޖް އަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވެއެވެ.

މި ކާރިސާއާއި ގުޅިގެން ލީބިޔާގެ ސްކޫލްތަކާއި ތެލުގެ ބޮޑެތި ބަނދަރުތަކުގެ އިތުރުން ފިހާރަތައްވަނީ ބަންދުކޮށްފައެވެ.

ލީބިޔާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

05 ޖޫން 2025
"ދެބަފައިންގެ ހިލަމެއް، ނިޝާނެއް ނެތް... ދެމައިން އަދިވެސް އެތިބީ ރޯލަރޯލާ، ދިރި ތިއްބާ ފެންނާނެކަމުގެ ޢުއްމީދުގަ"

"ދެބަފައިންގެ ހިލަމެއް، ނިޝާނެއް ނެތް... ދެމައިން އަދިވެސް އެތިބީ ރޯލަރޯލާ، ދިރި ތިއްބާ ފެންނާނެކަމުގެ ޢުއްމީދުގަ"

05 އޮކްޓޯބަރު 2023
"ލޯ ކުރިމަތިން އަމިއްލަ މަރު ފެނި، އުމުރުދުވަހު ދުށް ހުވަފެން ވިއްސިވިހާލި ވެއްޖެ"

"ލޯ ކުރިމަތިން އަމިއްލަ މަރު ފެނި، އުމުރުދުވަހު ދުށް ހުވަފެން ވިއްސިވިހާލި ވެއްޖެ"

19 ސެޕްޓެމްބަރު 2023
ތޫފާން ޑެނިއަލްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވީ ގޭގައި މަޑުކުރަން އެންގުމުގެ ސަބަބުންކަމަށް ކުރާ ތުހުމަތު، އޮފިޝަލުން ދޮގުކޮށްފި

ތޫފާން ޑެނިއަލްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވީ ގޭގައި މަޑުކުރަން އެންގުމުގެ ސަބަބުންކަމަށް ކުރާ ތުހުމަތު، އޮފިޝަލުން ދޮގުކޮށްފި

16 ސެޕްޓެމްބަރު 2023
އިޒްރޭލުގެ އުދުވާންތަކާހެދި ފަލަސްތީނުން ފޭބި އަބޫ އަމްރާގެ އާއިލާއާ ލީބިޔާއިން ބައްދަލުކުރީ މަރު!

އިޒްރޭލުގެ އުދުވާންތަކާހެދި ފަލަސްތީނުން ފޭބި އަބޫ އަމްރާގެ އާއިލާއާ ލީބިޔާއިން ބައްދަލުކުރީ މަރު!

16 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު