Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުލީބިޔާގެ ފެންބޮޑުވުމުގެ ކާރިސާ

"ލޯ ކުރިމަތިން އަމިއްލަ މަރު ފެނި، އުމުރުދުވަހު ދުށް ހުވަފެން ވިއްސިވިހާލި ވެއްޖެ"

ގާތްގަނޑަކަށް 120000އްހާ މީހުންގެ އާބާދީއެއް އޮތް ދާރުނާގެ ހުރިހާ ޑިސްޓްރިކްޓެއްހެން މިއަދު އޮތީ ދޮވެލާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 19 ސެޕްޓެމްބަރު 2023 | އަންގާރަ 12:04
ދިރިއުޅުމަށް ކުރި ފޮނި އުއްމީދުތަކާއެކު ދެމަފިރިން އާރާސްތުކުރަމުން ދިޔަ ގެ، މިއަދު އޮތް ގޮތް

ދިރިއުޅުމަށް ކުރި ފޮނި އުއްމީދުތަކާއެކު ދެމަފިރިން އާރާސްތުކުރަމުން ދިޔަ ގެ، މިއަދު އޮތް ގޮތް

ލީބިޔާގެ އިރުއުތުރު އައްސޭރިފަށުގެ ސަރަހައްދު ދޮވެލި ތޫފާނީ ގަދަ ވިއްސާރައާ ގުޅިފައި އޮތް ފެންބޮޑުވުމުގެ ކާރިސާއަށްފަހު، ދާރުނާގައި ހުންނަ އެމީހުންގެ ގެއަށް އެނބުރި ދިޔައިރު، އިލްހާމް އައްތިބްޔާނީއާއި އޭނާގެ ފިރިމީހާ، ހަސަން އަވާދުގެ ހަޔާތުގެ އުއްމީދުގެ ވޮށުގައި މާ ގަދަ އަލިކަމެއް ނެތެވެ.

ދިރިއުޅުމަށް ކުރި ފޮނި ޢުއްމީދުތަކާއެކު ދެމަފިރިން އާރާސްތު ކުރަމުން ދިޔަ ގެ، މިއަދު އޮތީ ހައިޖާނުގަނޑެއްހެންނެވެ. ދެމަފިރިންނަށް އެ ގޭ ތެރެއިން މަރުހަބާކީ އެފުށްމިފުށަށް ޖެހިފައިވާ ސާމާނުތަކެވެ. މުޅި ތަނުގައި އޮތީ ކިސަޑު ބޯވެފައެވެ. އިލްހާމް ބުނާގޮތުގައި، މުޅި އުމުރުދުވަހު އޭނާ ދުށް ފޮނި ހުވަފެން، ވިއްސިވިހާލިވީއެވެ.

ތޫފާނީ ގަދަ ވިއްސާރައިގެ ކޮޅިގަނޑު ބޯމަތިވި ދުވަހުގެ ހަނދާންތައް އާކުރަމުން އިލްހާމް ކިޔައިދިން ގޮތުގައި، އޭނާއަށް ކުރެވެމުން ދިޔައީ އިތުރު އެއްވެސް އެހީއެއް ނެތްކަމުގެ އިޙުސާސެވެ. ކުރެވުނުހާވެސް ކަމަކީ، އަޅުކަންކޮށް، ދުއާކުރުން އެކަންޏެވެ.

ބޮޑުވަމުން އައި ފެންގަނޑުގެ ތެރެއިން ފުރާނަ ސަލާމަތްކުރުމަށް، އިލްހާމްގެ އާއިލާއިން އެރީ ފުރާޅުމައްޗަށެވެ. ފެންގަނޑު ހިނދިލަންދެން އެ މީހުން ތިބީ ފުރާޅު މަތީގައެވެ.

ނަމަވެސް، އިލްހާމްމެންގެ އަވައްޓެރިންގެ އަތުގައި ނަސީބެއް ނުހިފިއެވެ. އެ ވާހަކަތައް ކިޔައިދިނުމަކީ، އިލްހާމްގެ ފިރިމީހާ، އަވާދަށްވެސް މާ ފަސޭހަ ކަމަކަށް ނުވިއެވެ.

ގާތްގަނޑަކަށް 120000އްހާ މީހުންގެ އާބާދީއެއް އޮތް ދާރުނާގެ ހުރިހާ ޑިސްޓްރިކްޓެއްހެން މިއަދު އޮތީ ދޮވެލާފައެވެ. ނުވަތަ މުށި ކިސަޑުން ތަޣައްޔަރުވެފައެވެ. އާންމުގޮތެއްގައި ހިކިދިޔައެއް އޮންނަ ކޯރުގެ ޑޭމްތައް ފުރި، ފަޅަފަޅައިގެން ގޮސް، ރަށުތެރެއަށް ފެންގަނޑު އަރައިގެންދިއުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައި ވާގޮތުގައި ދާރުނާ ސިޓީން އެކަނިވެސް، އެންމެ މަދުވެގެން 891 އިމާރާތެއް ވަނީ ހަލާކުވެފައެވެ. ދާރުނާގެ މޭޔަރު ވިދާޅުވެފައި ވާގޮތުގައި، ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 20000ށް އެރުންވެސް އެކަށީގެންވެއެވެ.

ގަދަ ވިއްސާރައިގެ ތޫފާނުގެ ތެރޭގައި ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ލިބުނު އިންސާނީ އަދި މާލީ ގެއްލުންތަކަކީ، ދުރާލައި އިންޒާރު ދިނުމުގެ މޫސުމީ ކަންކަމާބެހޭ ހަރުދަނާ ނިޒާމެއް އޮތްނަމަ، ކުޑަ ކުރެވިދާނެ ފުރުސަތު އޮތް ގެއްލުންތަކެއް ކަމަށް، ދުނިޔޭގެ މޫސުމާބެހޭ އިދާރާ (ޑަބްލިއުއެމްއޯ)އިން ވަނީ ބުނެފައެވެ.

ލީބިޔާލީބިޔާގައި ފެންބޮޑުވުންދުނިޔެ

އިތުރަށް ކިޔާލަން

05 ޖޫން 2025

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

05 ޖޫން 2025
12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި
07 ޖުލައި 2024

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟
02 ޖުލައި 2024

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!
25 ޖޫން 2024

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟
22 ޖޫން 2024

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު