Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިޔަނެރު ފަޅު މަޝްރޫއު

ދިޔަނެރު ފަޅާ ގުޅޭގޮތުން މުއިއްޒު ހެއްދެވީ އިތުރުފުޅެއް

16 ސެޕްޓެމްބަރު 2023 | ހޮނިހިރު 05:23

މަސައްކަތާގުޅޭ މަޝްވަރާތައް ކުރެވި، އެކަމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ސެޕްޓެމްބަރު 2023 | ހޮނިހިރު 05:23
ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަންގެ ރައީސް، އިސްމާއީލް ހަމީދު (ހައިރައިސް އިއްސެ)

ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަންގެ ރައީސް، އިސްމާއީލް ހަމީދު (ހައިރައިސް އިއްސެ)

ސަފާރީތައް ބަނދަރުކުރަން ޚާއްސަކޮށް ދިޔަނެރު ފަޅުގައި ތަރައްގީކުރާ ބަނދަރުގެ މަސައްކަތާ ގުޅޭގޮތުން ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ދައްކަވާފައިވާ ވާހަކަފުޅުތައް, ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަންގެ ރައީސް އިސްމާއީލް ހަމީދު (ހައިރައިސް އިއްސެ) ދޮގު ކުރައްވައިފިއެވެ.

ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި އިއްސެ ވިދާޅުވީ، ސަފާރީ ބޯޓުތައް އަޅާނެ އެކަށީގެންވާ ފަޅެއް ނެތުމުގެ ކަންބޮޑުވުން އަބަދުވެސް އޮންނަކަމަށެވެ.

Advertisement - newsAdvertisement

އިއްސެ ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ދިޔަނެރު ފަޅު ލިބިދާނެތޯ އެސޯސިއޭޝަނުން ސަރުކާރާ މަޝްވަރާތައް ކޮށްފައިވާނެ ކަމަށެވެ.

އެހެންނަމަވެސް ވ. އާރަށާ އެ ފަޅު މާ ކައިރީގައި އޮތުމުން، ސެކިއުރިޓީ ސަބަބުތަކަށް ކަަމަށް ވިދާޅުވެ އޭރުގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އެކަމަށް ދެކޮޅު ހެއްދެވިކަމަށް އިއްސެ ވިދާޅުވިއެވެ.

އެއަށްފަހު މި ސަރުކާރު އައިސް އެ މަޝްރޫއުގެ މަސައްކަތުގައި މަޝްވަރާތައް ކުރެވި، އެކަމުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާކަން އިއްސެ ފާހަގަ ކުރެއްވިއެވެ.

އިއްސެ ވިދާޅުވީ، ކޮވިޑުގެ ސަަބަބުންނާއި އެކި ސަބަބުތަކާހުރެ އެ މަސައްކަތް ފެށުން ލަސްވެގެން ދިޔަ ނަމަވެސް، މިހާރު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށި، ޕްލޭންތައްވެސް އެ އެސޯސިއޭޝަނާ ސަރުކާރުން ހިއްސާކޮށްފައި ވާކަމަށެވެ.

އިއްސެ އެހެން ވިދާޅުވެފައިވާއިރު، ދާދި ފަހުން ޕީޕީއެމްގެ ކެނޑިޑޭޓު ޑރ. މުއިއްޒު ވަނީ ދިޔަނެރު ފަޅާއި ގުޅޭގޮތުން ވަރަށް ކޯފާ އިސްކުރައްވައި ނޫސްވެރިއަކާ ވާހަކަދައްކަވާފައެވެ. އެގޮތުން އެ ޕްރޮޖެކްޓަކީ ޔާމީނުގެ ވެރިކަމުގެ ޕްރޮޖެކްޓެއްކަން ފާހަގަ ކުރައްވައި މުއިއްޒު ވަނީ، މި ސަރުކާރަށް އެކަމުގެ ކްރެޑިޓް ނެގެން ނެތްކަމަށް ވިދާޅުވެފައެވެ.

އިއްސެ ވިދާޅުވީ، ފުރިހަމަ އާރާއި ބާރާއެކު ޕީޕީއެމް ވެރިކަމުގައި އޮތްއިރު އެކަންކަން ކުރައްވާފައި ނުވާކަމަށާއި، މުއިއްޒުވެސް އޭރު އެންމެ ކުޑަމިނުން ބައްދަލުވެސް ކުރައްވާފައި ނުވާކަމަށެވެ.

މި އިންތިޚާބުގައިވެސް ޑރ. މުއިއްޒު ފިޔަވައި ދެން ތިއްބެވި ހުރިހާ ކެނޑިޑޭޓުންވެސް އެ އިންޑަސްޓްރީގެ އެދުމަށް އިޖާބަދެއްވައި ބައްދަލު ކުރެއްވިކަން އިއްސެ ފާހަގަކުރެއްވިއެވެ.

އިއްސެ އިތުރަށް ވިދާޅުވީ، މިހާރު ސަރުކާރުން އެ ޕްރޮޖެކްޓު ހިންގަން ފަށާފައިވާއިރު، އެކަން އެސޯސިއޭޝަނުން އުފަލާއެކު ފާހަގަކުރައްވާ ކަމަށެވެ.

ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަނަކީ 50ށްވުރެ ގިނަ އަހަރުވެފައިވާ އެސޯސިއޭޝަނެކެވެ. މުހިއްމު ކުންފުނިތަކާއި ޖަމިއްޔާތަކުގައިވެސް މި އެސޯސިއޭޝަންގެ މެމްބަރުން ހިމެނެއެވެ.

ހައިރައިޒް ޕްރައިވެޓް ލިމިޓަޑްފަށާއިރު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2025

މި ސަރުކާރުން ބިރުން އުޅެނީ ވެރިކަން ވެއްޓިދާނެތީއެއް ނޫން، ރައްޔިތުންގެ ތާއީދު ނެތް ކަން އެނގޭތީ: ފައްޔާޒު

03 އޮކްޓޯބަރު 2025
މި ސަރުކާރުން ބިރުން އުޅެނީ ވެރިކަން ވެއްޓިދާނެތީއެއް ނޫން، ރައްޔިތުންގެ ތާއީދު ނެތް ކަން އެނގޭތީ: ފައްޔާޒު
02 އޮކްޓޯބަރު 2025

25 އަހަރު މަޖިލީހުގައި، އަމިއްލަ އެއްވެސް ދަތުރެއްގައި އެއަރޕޯޓުގެ ވީއައިޕީ ބޭނުމެއް ނުކުރަން: ރައީސް އިބޫ

02 އޮކްޓޯބަރު 2025
25 އަހަރު މަޖިލީހުގައި، އަމިއްލަ އެއްވެސް ދަތުރެއްގައި އެއަރޕޯޓުގެ ވީއައިޕީ ބޭނުމެއް ނުކުރަން: ރައީސް އިބޫ
02 އޮކްޓޯބަރު 2025

އެންސްޕާއިން މިލިއަނުން ފައިސާ ނަގައިގެން ހެދި ޓީވީއެއްގައި ކޮރަޕްޝަންގެ ވާހަކަ ދެއްކުން އެހައި ރަނގަޅެއް ނޫން: ރައީސް އިބޫ

02 އޮކްޓޯބަރު 2025
އެންސްޕާއިން މިލިއަނުން ފައިސާ ނަގައިގެން ހެދި ޓީވީއެއްގައި ކޮރަޕްޝަންގެ ވާހަކަ ދެއްކުން އެހައި ރަނގަޅެއް ނޫން: ރައީސް އިބޫ
02 އޮކްޓޯބަރު 2025

''ލޫޓުވައިފި'' ނަމުގައި މުޒާހަރާ ކުރަން ނިންމެވި ސަބަބު ރައީސް އިބޫ ވިދާޅުވެއްދެއްވައިފި

02 އޮކްޓޯބަރު 2025
''ލޫޓުވައިފި'' ނަމުގައި މުޒާހަރާ ކުރަން ނިންމެވި ސަބަބު ރައީސް އިބޫ ވިދާޅުވެއްދެއްވައިފި
02 އޮކްޓޯބަރު 2025

''ލޫޓުވައިފި، ލޫޓުވައިފި'' އެއްވުމުގެ މަގުސަދު މިހާރު ވެސް ދަނީ ހާސިލްވަމުން: ކުރީގެ ރައީސް ސާލިހު

02 އޮކްޓޯބަރު 2025
''ލޫޓުވައިފި، ލޫޓުވައިފި'' އެއްވުމުގެ މަގުސަދު މިހާރު ވެސް ދަނީ ހާސިލްވަމުން: ކުރީގެ ރައީސް ސާލިހު
26 ޖޫން 2024

މޫނަށް ކަނދުރާއަށް ނުބަލައި ކޮރަޕްޝަންގެ ތުހުމަތުތައް ބައްލަވާ، ދައުލަތުގެ ބައި ލާރިއެއްގައިވެސް ނުޖެހެން: ރައީސް ސާލިޙު

26 ޖޫން 2024
މޫނަށް ކަނދުރާއަށް ނުބަލައި ކޮރަޕްޝަންގެ ތުހުމަތުތައް ބައްލަވާ، ދައުލަތުގެ ބައި ލާރިއެއްގައިވެސް ނުޖެހެން: ރައީސް ސާލިޙު
19 މެއި 2024

ސްކޫލު ހުޅުވޭއިރުވެސް ޓެކްސްްޓް ފޮތްތައް ޙަވާލުކުރެވޭނެކަމުގެ ޔަޤީންކަމެއް މިނިސްޓްރީއަކަށް ނެތް

19 މެއި 2024
ސްކޫލު ހުޅުވޭއިރުވެސް ޓެކްސްްޓް ފޮތްތައް ޙަވާލުކުރެވޭނެކަމުގެ ޔަޤީންކަމެއް މިނިސްޓްރީއަކަށް ނެތް
30 އެޕްރީލު 2024

ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް

30 އެޕްރީލު 2024
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
13 ޖެނުއަރީ 2024

ދިރާސީ އައު އަހަރު ބަދަލުކުރުމުން އޯލެވެލް އިމްތިހާން ކުރިމަތިވަނީ ޗުއްޓީ ދުވަސްވަރާ، މިއީ ބެލެނިވެރިންގެ ކަންބޮޑުވުމެއް: އިހްސާން

13 ޖެނުއަރީ 2024
ދިރާސީ އައު އަހަރު ބަދަލުކުރުމުން އޯލެވެލް އިމްތިހާން ކުރިމަތިވަނީ ޗުއްޓީ ދުވަސްވަރާ، މިއީ ބެލެނިވެރިންގެ ކަންބޮޑުވުމެއް: އިހްސާން
13 ޖެނުއަރީ 2024

ދިރާސީ އައު އަހަރު ބަދަލުކުރުމުން ގިނަ ދަރިވަރުން ހިތްހަމަ ނުޖެހި، ޕެޓިޝަނެއްގައި ސޮއިކުރަނީ

13 ޖެނުއަރީ 2024
ދިރާސީ އައު އަހަރު ބަދަލުކުރުމުން ގިނަ ދަރިވަރުން ހިތްހަމަ ނުޖެހި، ޕެޓިޝަނެއްގައި ސޮއިކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް